މީދޫގައި އޮތް ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާފައި ހަސަންޓޭ ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
07 Jan 2023 | 13:13
ރައީސް ޞާލިހު ވެރިކަމަށް އަންނަންދެން ރ އަތޮޅު ރައްޔިތުން ބުއީ ނަޖިސް ފެން: ހަސަން

ރ އަތޮޅުގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައިކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ) ތައުރީފު ކުރައްވައިފި އެވެ. 

ރ އަތޮޅު މީދޫގައި އޮތް ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހަސަންޓޭ ވިދާޅުވީ އޭނާ ރައީސް ޞާލިހަށް ތައީދުކުރައްވަން ނިންމެވީ އެމަނިކުފާނު ރ އަތޮޅުގައި ހިންގަމުންދާ މަޝްރޫއުތަކުގެ ސަބަބުންކަމަ ށެވެ. 

އެގޮތުން ރ އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވީ ރައީސް ޞާލިހުކަމަށް ހަސަންޓޭ ވިދާޅުވިއެވެ. އަދި ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބި ފައިތުވި އަހަރުތަކުގައި ރައްޔިތުން ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނުކަމަށް ހަސަންޓޭގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފަ އެވެ. 

"މިތަނަށް އަޅުގަނޑުމެން އައިސް ވައްޓާލިއިރު އެއްވެސް ރަށެއްގައި ފެނާ ނަރުދަމާއެއް ނެތް. މިއީ 15 ރަށް 24000 އާބާދީ. ނަޖިސްފެނުން ބޮއިގެން ތިބީ. މި ނިންމަނީ އެކަން"

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ)

ހަސަންޓޭ ވިދާޅުވީ އޭނާ ތާއީދު ކުރައްވާނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭނެ ލީޑަރަކަށްކަމަށެވެ. އޭނާ އަކީ އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރާ މީހެއްކަމަށާއި، ސަރުކާރު ގޯސްކޮށް ކަމެއް ކުރާނަމަ އެކަމަށް ފާޑުވިދާޅުވާން ފަސްޖެހިވަޑައި ނުގަންނަވާނެކަމަށް ހަސަންޓޭ ވިދާޅުވިއެވެ. 

އޭގެ އިތުރުން ވިދާޅުވީ އޭނާ އަބަދުވެސް އިސްކުރަނީ ރައްޔިތުންނަށް އެންމެ ލާބަ ހުރި ގޮތްކަމަށާއި، ރައީސް ޞާލިހުގެ ފަހަތްޕުޅުގައި ހުންނެވީ ރައްޔިތުންނަށް ތަރައްގީ ގެނެސްދެވޭނި ލީޑަރަކީ ރައީސް ޞާލިހުކަން ގަބޫލުކުރައްވާތީކަމަށެވެ. 

ކޮމެންޓް
ޢާލް
ޙަސަންޓޭ އަށް އޮޅިފަ ތިއޮތީ.. އަހަރެމެން ތިޔަ އިބޫ ވެރިކަމަށް ނާންނަ އިރުވެސް ބޯނީ ސާފު ބޯފެން. އެއީ އިބޫ ކޮށްދިން ކަމެއް ނޫން.
07 Jan 2023
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.