ރައީސް ޞާލިހް ރ. އިންނަމާދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން---ފޮޓޯ: ވޮއިސް
ހަބަރު
07 Jan 2023 | 16:00
އެމްޑީޕީން ވަކިވިމީހުންގެ ތެރޭގައި މެޑަމް ފަޒްނާ ހިމެނޭކަން ރައީސް ޞާލިހް ހާމަކުރައްވައިފި

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމެރީއާ ދިމާކޮށް އެމްޑީޕީގެ ދަފްތަރު ސާފުކުރުމުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އަނބިކަބަލުންވެސް ޕާޓީން ވަކިވިމީހުންގެ ތެރޭގައި ހިމެނޭކަން ހާމަކުރައްވައިފިއެވެ.

ރައީސް ޞާލިހް މިފަދައިން ހާމަކުރައްވާފައިވަނީ އެމްޑީޕީގެ އެންމެ އިސްލީޑަރުގެ ހައިސިއްޔަތުން މިހާރު މެދުރާއްޖެތެރޭގެ ރައްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. އިންނަމާދޫގެ އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިންނަމާދޫގެ އެމްޑީޕީ މެންބަރުގެ ފަރާތުން ވެސް ދަފްތަރަށް ގެނައި ބަދަލާގުޅިގެން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

ރައީސް ޞާލިހް ރ. އިންނަމާދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން---ފޮޓޯ: ވޮއިސް

އެމައްސަލާގައި ރައީސް ޞާލިހް ވަނީ ދަފްތަރުގެ މައްސަލާގައި އެމަނިކުފާނުގެ އާއިލީ ގިނަ ބޭފުޅުންތަކެއްވެސް އެމްޑީޕީން ވަކިވެފައިވާކަން ހާމަކުރައްވާފައެވެ. އަދި ދަފްތަރަށް އައި ބަދަލަކީ މިދިޔަ މޭ މަހު ބޭއްވި ކޮންގްރެސްގައި ފާސްކޮށްގެން ކުރަމުންދާ ކަމެއް ކަމަށެވެ.

އަޅުގަނޑުގެ އެންމެ ބޮޑު ދައްތަ, އެންމެ ހަގު ކޮއްކޮ އަދި އަންހެނުން ވެސް އޮތީ ވަކިވެފައި. ޖެހުނީ އަލުން ފޯމު ލާން

ރައީސް އިބްރަހިމް މުހައްމަދު ޞާލިހް

ރައީސް ޞާލިހްގެ އާއިލީ ގިނަ ބޭފުޅުންތަކެއް ޕާޓީގެ ދަފްތަރުން ވަކިވެފައިވާއިރު، ރައީސް ނަޝީދުގެ ފެކްޝަނުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރައީސް ނަޝީދުގެ އަނބިކަބަލުން ލައިލާ ވަކިކުރައްވާފައިވާކަމަށް ވިދަޅުވެފައެވެ.

ރައީސް ޞާލިހް ރ. އިންނަމާދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން---ފޮޓޯ: ވޮއިސް

ރައީސް ޞާލިހް އިތުރަށް ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ދާއިރާ (ހިންނަވަރު ދާއިރާ) އިން އެކަނިވެސް 250 ވޯޓު ވަނީ ދަފްތަރަށް ގެނައި ބަދަލާއެކު ގެއްލިފައިކަމަށެވެ. އަދި މިބަދަލަކީ ޕްރައިމެރީއާއި ގުޅިގެން އައި ބަދަލެއްނޫންކަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ. 

ކޮމެންޓް
އިއްބެ
‏‎އެމްޑީޕީ އަށް ވަރަށް ސަލާން. ދެ ރައީސުން ދެބޯގެރި ދުއްވަނީ. ކޮންމެ މީހަކަށް ވެރިކަން ލިބުނަސް އަސްލު އޯކޭ. ގެއްލުން ވަނީ ރައްޔިތު މީހާއަށް
07 Jan 2023
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.