ފޮޓޯ/ އެމްޓީސީސީ
ވިޔަފާރި
10 Jan 2023 | 16:30
ބީއެމްއެލްގެ މާސްޓަރ ކާޑާއި ވިސާ ކާޑުން އާރްޓީއެލް ބަހަށް ފައިސާދެއްކޭގޮތް ހަމަޖައްސައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން އޮޕަރޭޓްކުރަމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތަށް ވިސާ އަދި މާސްޓަރކާޑު މެދުވެރިކޮށް ފައިސާދެއްކޭނެ އިންތިޒާމް މިއަދު ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައިފިއެވެ.

މިއަށްފަހު އާރްޓީއެލް މާލެ ސިޓީ ބަސް ވިއުގަ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް އިން ދޫކުރާ ކޮންޓެކްޓްލެސް މާސްޓަރކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ދަތުރަށް ފައިސާ ދެއްކޭނެއެވެ. ކާޑު ޕޭމަންޓްގެ އިތުރުން، އާރްޓީއެލް މޯބައިލް އެޕް މެދުވެރިކޮށް ބަސް އަދި ފެރީ ޓިކެޓް ކަސްޓަމަރުންނަށް ގަނެވޭނެއެވެ. 

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ  ބީއެމްއެލްގެ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރައްކާތެރިކާމާއި ފަސޭހަކަމާއެކު އާރްޓީއެލް ވިއުގައި ޓެޕް-އެންޑް-ގޯ ޕޭމަންޓް ހަދާލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާރޓްނަރުންނާއެކު އިތުރު ޕޭމަންޓް ނިޒާމުތައް ގާއިމްކުރަން މަސައްކަތް ކުރަމުންދާނަން. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ކަސްޓަމަރުން ބޭނުންވާފަދަ އީޖާދީ ހިދުމަތްތަކަށް އިންވެސްޓް ކުރުން." ކާރލް ސްޓުމްކަ ވިދާޅުވި އެވެ. 

މިކަމާ ގުޅޭގޮތުން މާސްޓަރކާޑުގެ ކަންޓްރީ މެނޭޖަރ، ސްރީލަންކާ އެންޑް މޯލްޑިވްސް، ސަންދުން ހަޕުގޮޑަ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޓީސީސީ އިން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ މިކަމަށް އެހީތެރިވެވޭކަމީ މާސްޓަރކާޑަށް ވެސް ލިބޭ އުފަލެއް ކަމަށެވެ.

އަދި ކޮންޓެކްޓްލެސް މާސްޓަރކާޑު އޯޕަން ލޫޕްގައި ބޭނުންކުރެވޭގޮތް ހަމަޖެހިގެންދިޔުމާއެކު ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ހޯދައިދެވި، ހަމައެހެންމެ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރުން ގިނަވެ، މި ހިދުމަތް ބޭނުންކުރާ ދަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މާސްޓަރކާޑުން ދުނިޔޭގެ އެތައް ސިޓީއެއްގައި ދަތުރުވެރިންގެ ކޮންމެ ދުވަހެއްގެ ދަތުރުތަކަށް މިދަނީ ލުއިފަސޭހަކަން ފޯރުކޮށްދެމުން. އަޅުގަނޑުމެންނަށް ރާއްޖޭގައި މިހިދުމަތް ދިނުމުގެ އެހީތެރިކަންފޯރުކޮށްދީ  މިކަމުގައި ބައިވެރިވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. ދުނިޔޭގެ އެކިއެކި ސްމާޓް ސިޓީ ތަކުގައި އެންމެ ގިނައިން ބޭނުންކުރާ ޕޭމަންޓް މެތަޑްގެ ގޮތުގައި އޯޕަން ލޫޕް ހިމެނޭއިރު އަޅުގަނޑުމެންގެ މަސައްކަތުން މި ލިސްޓަށް ދިވެހިރާއްޖެ އިތުރުވެގެންދާކަމީ އަޅުގަނޑުމެން ފަޚުރުވެރިވާކަމެއް." ސަންދުން ހަޕުގޮޑަ ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ އާރްޓީއެލް ބަސް ވިއުގަ ގައި ކޮންޓެކްޓްލެސް މާސްޓަރކާޑު އަދި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑުން ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމްކުރުމަށް އެ ކުންފުނީގެ ބައިވެރިއެއް ކަމަށްވާ، ބީއެމްއެލް އަދި މާސްޓަރކާޑުން ވެދެއްވި އެހީއާއި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ހިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް. އަދި އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރެވޭކަމީ އަޅުގަނޑުމެންގެ އާރޓީއެލް ބަހުގެ ހިދުމަތް އިތުރު ފަރާތްތަކުން ބޭނުންކުރުމަށް މަގުފަހިވެގެންދާނެކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ ފަސޭހަކަމާއެކީ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފެންވަރަ ރަނގަޅު ހިދުމަތެއް ދިނުން." އާޒިމް ވިދާޅުވިއެވެ. 

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.