ފެމިލީ ކޯޓު-- ފޮޓޯ/ ފެމިލީ ކޯޓު
ހަބަރު
12 Jan 2023 | 11:51
ފާއިތުވެދިޔަ ޑިސެމްބަރު މަހު ވެސް އެންމެ ގިނައީ ވަރި!

ފެމެލީ ކޯޓުން މިދިޔަ މަހު ނިންމި މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ކޯޓަށް ހުށަހެޅީ ވެސް އަދި އެންމެ ގިނައިން ކޯޓުން ނިންމީ ވެސް ވަރީގެ މައްސަލަތައް ކަމަށް ދައްކައިފިއެވެ.

ފެމިލީކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޑިސެމްބަރުމަހު އެކޯޓަށް ހުށައެޅި އާއިލީ މައްސަލަތަކުގެ އަދަދު 192 އަރައެވެ. އަދި އޭގެކުރިން ހުރި މައްސަލަތައްވެސް ހިމެނޭހެން މިދިޔަ މަހު ޖުމްލަ 158 މައްސަލައެއް ކޯޓުން ވަނީ ނިންމާފައެވެ.

ފެމިލީކޯޓުގެ އާއްމުކުރި ހިސާބުތައް ފެންނަގޮތުން މިދިޔަ މަހު 94 މީހަކު ވަނީ ވަރިވެފައެވެ. އަދި އޭގެކުރިން ހުށައެޅިފައި ހުރި މައްސަލަތަކާއެކު މިދިޔަމަހު ވަރީގެ 120 މައްސަލައެއް ކޯޓުން ވަނީ ނިންމާފައެވެ.

ކޯޓުގެ ރެކޯޑްތައް ދައްކާގޮތުން މިދިޔަ މަހު އެކަނިވެސް 61 މީހަކު ވަރިވުމަށް އެދި ކޯޓަށް ހުށައެޅިއެވެ. އަދި އޭގެ ކުރިން ވަރިވާން އެދި ހުށައެޅި 84 މީހެއްގެ މައްސަލަ ދިޔައީ ކޯޓްގައި ހިނގަމުން ދިޔައިރު، އަހަރު ނިންމާލިއިރު ވަރިއާމެދު އަދި ގޮތެއް ނިންމާ ނުދެވި 49 މައްސަލައެއް އެބައޮތެވެ.

މީގެ އިތުރުން، ވަރިއާ މެދު ޝައްކު އުފެދުނު 6 ކައިވެންޏެއްގެ މައްސަލަ ކޯޓުން ބަލަމުން އަންނައިރު ކޯޓުން ބޭރުގައި ވަރިކޮށްގެން އެކަން ސާބިތުކުރުމުގެ މަރުހަލާގައި އޮތް މައްސަލަތަކުގެ އަދަދު 40 އަރައެވެ.

މިދިޔަ ޑިސެމްބަރު މަހު ކޮށްފައިވާ ކައިވެނި ތަކަށް ބަލާއިރު، ޖުމުލަ 309 މީހަކު ވަނީ ކައިވެނީގެ ގޮށް ޖަހާލާފައެވެ.

މިދިޔަ މަސް ފެށުނު އިރު ދަރިންނަށް ހަރަދު ނުދިނުމުގެ ހަތަރު މައްސަލައެއް އޮތް އިރު މިދިޔަ މަހު އިތުރު 5 މައްސަލައެއް ކޯޓަށް ހުށައެޅިއެވެ. އަދި ސާބިތު ދަރަނީގެ އިތުރުން ދަރިންނަށް ދޭންޖެހޭ އެހެނިހެން ޚަރަދުތައް ހޯދުމަށް ހުށައެޅި 6 މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ. އަދި އަނބިމީހާއަށް ދޭންޖެހޭ ޚަރަދު ނުދީގެން ހުށައެޅި މައްސަލައެއްވެސް ވެސް އެބައޮތެވެ.

ޑިސެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގެވެށި އަނިޔާކޮށްގެން ސަލާމަތަށް އެދުނު މީހުންގެ އަދަދު މިދިޔަމަހު 8 އަކަށް އަރައެވެ. އޭގެތެރެއިން 4 މީހުންނަކީ ރައްކާތެރިކަމުގެ އަމުރު ނުވަތަ ރައްކާތެރިކަމުގެ އަވަސް އަމުރެއް ނެރެދިނުމަށް އެދުނު މީހުންނެވެ.

މީގެ އިތުރުން، ދަރިން މަންމަ ނުވަތަ ބައްޕައަށް ނުދައްކާ ނުވަތަ ބައްދަލުކުރަން ފުރުޞަތު ނުދީގެން އެފަދަ 7 ޝަކުވާއެއް ކޯޓްގައި އެބައޮތެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބެލެނިވެރިކަމުގެ އަމުރެއް ނެރެދިނުމަށް އެދި 6 މައްސަލައެއް ކޯޓަށް ހުށަހަޅާފައި އެބައޮތެވެ. މީގެއިތުރުން ޤާނޫނީ ބެލެނިވެރިކަން ބަދަލުކޮށްދިނުމަށް އެދި ހުށައަޅާފައިވާ 2 މައްސަލައެއްވެސް ކޯޓުގައި އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.