ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ފޮޓޯ/ސަން
ހަބަރު
12 Jan 2023 | 13:25
800 މިލިއަން ކަމައްބުނާ ތިޔަ ރިޒާވަކީ 2 ކޮޅުންކާވެނެއް: ސައީދު

ފާއިތުވި ޑިސެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ރިޒާވުގައި 800 މިލިއަން ހުރި ކަމަށް ބުނާއިރު، އެ ރިޒާވަކީ ދެކޮޅުންކާ ވެނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރި ވަރު 827 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ސަރުކާރުން ހާމަކުރުމާއި ގުޅިގެން އެ ވާހަކައަށް ރައްދު ދެއްވައި ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރާއި ސަރުކާރުގެ މީޑިއާ އިން ރިޒާވާއި ގުޅޭ ހަޤީގަތް އޮޅުވާލަނީ އެމްޑީޕީގެ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކަމަށެވެ. 

"800 މިލިއަން ކަމައްބުނާ ތިރިޒާވަކީ 2 ކޮޅުންކާވެނެއް! ސިއްރަކީ އިންޑިއާ! ބަހުސްކޮއްލަމާ؟" ސައީދު ވިދާޅުވި އެވެ. 

މީގެ އިތުރުން ސައީދު ވިދާޅުވީ ރިޒާވުގައި 800 މިލިއަން ހުރި ކަމަށް ބުނި ނަަމަވެސް ބޭނުންކުރެވޭ ރިޒާވް ހުރީނުރައްކަލުގައި ކަމަށެވެ. 

"އިންފްލޭޓްކުރި ރިޒާވްގެ ލައިބިލިޓީ ބޮޑު، އަޅުވެތި އަދި ވަރަށް ބޮޑަށް ސިޔާސީ" ސައީދު ވިދާޅުވި އެވެ. 

ދައުލަތުގެ ރިޒާވް 800 މިލިއަނަށް އެރި އިރު ފާއިތުވެދިޔަ އަހަރުގެ ބަޖެޓާ ގުޅިގެން އާންމު ކުރި ހިސާބުތަކުގައި ސަރުކާރުން ލަފާ ކުރީ ދައުލަތުގެ ރިޒާވް އަހަރު ނިމޭ އިރު 632 މިލިއަން ޑޮލަރުގައި ހުންނާނެ ކަމަށެވެ.

ރިޒާވް އިތުރުވި އިރު މިދިޔަ މަހު އެމްއެމްއޭ އިން ވަނީ އިންޑިއާގެ ރިޒާވް ބޭންކު (އާރްބީއައި) އިން ކަރެންސީ ސްވޮޕްގެ ގޮތުގައި 100 މިލިއަން ޑޮލަރު ނަގައިފަ އެވެ.

ކަރެންސީ ސްވޮޕް ފެސިލިޓީ ރާއްޖެއިން ނަގަނީ އިންޑިޔާގެ ރިޒާވް ބޭންކަށް އެ ނަގާ އަދަދަކާ އެއްވަރަށް ދިވެހި ރުފިޔާ ބަހައްޓައިގެންނެވެ. އެގޮތުން 400 މިލިއަން ޑޮލަރު އިންޑިޔާގެ ރިޒާވް ބޭންކުން ނަގާ ނަމަ އެއާ އެއްވަރަށް ދިވެހި ރުފިޔާ އެ ބޭންކުގައި ބަހައްޓަން ޖެހޭނެ އެވެ. ކަރެންސީ ސްވޮޕުގެ ތެރެއިން ނަގާ ފައިސާ ލޯނު ނަގާ އުސޫލުން އަނބުރާ ދައްކަންޖެހެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.