ހުކުރު ޚުތުބާ: ފޮޓޯ/ ސަން
ދީން
13 Jan 2023 | 13:24
"ގުރުއާނުގައިވާ އަގީދާ ޅަދަރިންގެ ހިތުގައި ބިންވަޅު ނަގައި ނުދެވިއްޖެނަމަ ގައުމު ނިކަމެތިވާނެ"

ކީރިތި ޤުރުއާނުގައިވާ މަތިވެރި ޢަޤީދާއާއި ޢިލްމު އަހަރަމެންގެ ޅަދަރީންގެ ހިތްތަކުގައި ބިންވަޅުނުނެގިއްޖެ އެއްދުވަހުން އަނެއް ދުވަހަށް، ޤައުމު ދާނީ ނިކަމެތިވެ ދަށު ދަރަޖައަށް ވެއްޓެމުން  ކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ. 

"އިސްލާމީ އަހްލާގީ ޖީލެއް ބިނާކުރުމުގައި ކީރިތި ގުރުއާނުގެ ދައުރު" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ޢިލްމާއި އަޚުލާޤުގެ މަތީގައި އާ ޖީލެއް ބިނާކުރަން ބޭނުންނަމަ، އަހަރެމެންވެސް ކުރަންވީ ކަމަކީ، ކީރިތި ޤުރުއާނުގައިވާ މަތިވެރި ޢަޤީދާއާއި، އެ ޤުރުއާނުގައިވާ މަތިވެރި ޢިލްމު، އަހަރެމެންގެ ޅަދަރީންގެ ހިތްތަކުގައި ބިންވަޅުނަގައި ދީގެން ކަމަށެވެ. 

އެކަން ކޮށްނުދެވިއްޖެނަމަ އެއްދުވަހުން އަނެއް ދުވަހަށް، ޤައުމު ދާނީ ނިކަމެތިވެ ދަށު ދަރަޖައަށް ވެއްޓެމުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

"ކީރިތި ނަބިއްޔާ ހަދީޘެއްގެ މާނަގައިވެއެވެ. “ހަމަ ކަށަވަރުން، މިފޮތުގެ ސަބަބުން ﷲ ތަޢާލާ، ޤައުމުތަކެއް މަތިވެރި ކުރައްވައެވެ. އަދި އަނެއްބަޔަކު ނިކަމެތި ކުރައްވައެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

އެހެންކަމުން އިސްލާމީ އަހްލާގުގެ މަތީގައި ރަނގަޅު ޖީލެއް ބިނާކުރެވޭނީ އަހަރުމެންގެ ދަރިންގެ އުނގެނުމާއި ތަރުބިއްޔަތުގައި ހުރިހާ ދިމާއަކުންވެސް ގުރުއާނުގެ މަންހަޖު ހިމަގައިގެން ކަން ފާހަގަކޮށް ހުތުބާގައި ވަނީ ގުރުއާނުގެ އާޔަތްތަކުގެ މާނަ ބޭރުފުށުން ކިޔަވައިދިނުމުގެ ބަދަލުގައި އެ އާޔަތްތަކުގައިވާ އިލްމީ ހަގީގަތަކާ ހަމައަށް، ކިޔަވާ ކުދިންގެ ވިސްނުން ވާސިލުކޮށްދިނުމުގެ މުހިންމުކަން ހާމަކޮށްދީފައެވެ. 

އަދި މާތް ރަސްކަލާނގެ މައުރިފާކޮށްދެއްވި ނުގުޑާފަދަ ތައުހީދުގެ ބިންގަލެއްގެ މަތީގައި ޖީލެއް ތަރުބިއްޔަތު ކުރެވިއްޖެނަމަ އިސްލާމީ އުއްމަތް އޭގެ އަސްލު މަގާމަށް ރުޖޫއަވެގެން އަންނާނެކަމީ ޝައްކެއް ވަސްވާހެއް އޮތްކަމެއް ނޫން ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.