މިނިސްޓަރ އިމްރާން އަބްދުﷲ
ހަބަރު
14 Jan 2023 | 13:42
ބޮޑު ކާމިޔާބީއެއް ހޯދުމަކީ ގިނަ ވާދަވެރިންނާ ވާދަކޮށް ކުރި ހޯދުން: އިމްރާން

ބޮޑު ކާމިޔާބީއެއް ހޯދުމަކީ ގިނަ ވާދަވެރިންނާ ވާދަކޮށް ކުރި ހޯދުން ކަމަށް ހޯމް މިނިސްޓްރު އިމްރާން ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ކޯލިޝަން ޕާޓީއެއް ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޮޑު ކާމިޔާބީއެއް ލިބުނުކަމަށް ވާނީ ގިނަ ވާދަވެރިންނާ، ބޮޑެތި އަދާވާތްތެރިންނާ ވާދަކޮށް ކުރި ހޯދުމުން ކަމަށެވެ. އަދި  ކާމިޔާބީގެ ފޮނިކަމެއް އިހުސާސް ކުރެވޭނީ ރަނގަޅަށް ވާދަ ކޮށްލައިގެން ކާމިޔާބު ލިބުމުން ކަމަށެވެ.

އިމްރާން މިހެން ވިދާޅުވެފައި ވާއިރު، އިތުރު ދައުރެއް ލިބިއްޖެނަމަ ސަރުކާރު އެކުލަވާލާއިރުވެސް ކޯލިޝަން އަކަށް ދާނެ ކަމަށް ރައީސް ޞާލިހު ވަނީ އިޝާރާތް ކުރައްވާފައެވެ.

އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީ ކެންޕެއިން ޖަލްސާގައި، މިިދިޔަ އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރިޔާސީ ކެމްޕެއިންއަށް ނުކުމެ ހުންނެވީ، ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ކުރިއަށް ދާން ކަމަށެވެ. އަދި މިކަމުގައި ކުރިއަށް ދެވޭނެ ގޮތް ވަރަށް ސާފުކޮށް އެނގިލައްޔާ ކަމަށާއި، އެއީ ވެރިކަމުގާ ތިބުން ކަމަށެވެ.

"ވެރިކަމަށް އާދެވެން އޮތް ގޮތްވެސް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް މިހާރު އެނބަ އެނގޭ. އަޅުގަނޑު ތަކުރާރުކޮށް ބުނަމުން މި އަންނަނީ ރާއްޖޭގެ ވެރިކަަމަށް އާދެވޭނީ ތަފާތު ފިކުރު އެކުލެވޭ، ގިނަ ބަޔަކު ހިމެނޭ ސަރުކާރެއް އެކުލަވާލައިގެން،" 

ރައީސް ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރުން ވެރިކަމަށް އައުުމަކީ ރާއްޖޭގެ ސިޔާސީ މަޝްހަރު މިހާރު އޮތް ގޮތް ކަމަށާއި އެމަނިކުފާނުގެ ވާދަވެރި ކެނޑިޑޭޓް އެކަން ކުރިން ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މަސައްކަތް ކުރައްވަމުން ގެންދެވީ އެކަނިމާއެކަނި ނިކުމެވަޑައިގެން، އިންތިޚާބު ކާމިޔާބު ކުރެއްވުމަށް. އެހެން ނަަމަވެސް މިއަދު އެއީ އެކަން އެހެން ކުރެވެން އޮތް ކަމެއް ނޫން ކަމަށް އެ ގަބޫލު ކުރައްވަނީ. މިއަދު ވިދާޅުވީ ކޯލިޝަނެއް ހަދާ ވާހަކަ. ސަރުކާރެއް އެކުލަވާލެވޭނީ ކޯލިޝަނަކުން،"

 ރައީސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.