އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު: ފޮޓޯ/ ސަން
ހަބަރު
15 Jan 2023 | 14:18
އިންތިހާބަށް ސަރުކާރުންވެސް އެބަ ނުފޫޒް ފޯރުވާ: ހަބީބު

ސަރުކާރުންވެސް އިންތިހާބުތަކާ ދިމާކޮށް ވޯޓަށް ނުފޫޒު ފޯރުވާ ކަމަށާއި ވޯޓުލާ މީހާއަށް ވޯޓުލާން ޖެހެނީ އެތައް ނުފޫޒް ތަކަކާއި އެކުގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެ އެވެ.

ހަބީބު މިފަދައިން ވިދާޅުވެފައި ވަނީ އިލެކްޝަންސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ހަބީބު ވަނީ ސަރުކާރުންނާއި އަދި އެނޫންވެސް ފަރާތްތަކުން ވޯޓަށް ނުފޫޒު ފޯރުވަމުންދާކަމަށާ، އަދި އެއީ އަބަދުވެސް ކަންހިނގާގޮތް ކަން ފާހަގަކުރައްވައި އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.  

"ހަގީގަތަކީ ހަމައެކަނި ސަރުކާރުން އެކަންޏެއް ނޫން ނުފޫޒު ފޯރުވަނީ. ސަރުކާރުންވެސް ނުފޫޒު ފޯރުވާނެ. އެއީ ހަމަ ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރު ހިންގާ ޕާޓީ ނޫން ޕާޓީތަކަށް އޮންނަ ފުރުސަތުތައް ތަންކޮޅެއް މަދުވާނެ.... މިސާލަކަށް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ ބޭފުޅަކު ހަމަ ރައީސުލްޖުމްހޫރިއްޔާގެ އެ ލަގަބާ އެކީގަ ކެމްޕެއިން ކުރައްވަން ވަޑައިގަންނަވާނީ ވެސް. އެހެންވީމަ ފަހަރުގައި ހަމަ އެހެން ކެންޑިޑޭޓަކާ ތަފާތު ގޮތަކަށް އިތުރު އިނާޔަތްތަކަކާއެކު ފުރުސަތުތަކެއް ހުރެދާނެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން މި ދަންނަވަނީ ވޯޓަށް އެބަ ނުފޫޒު ފޯރުވައޭ ހުރިހާ ފެންވަރެއްގައިވެސް." ހަބީބު ވިދާޅުވިއެވެ. 

މިއާއެކު ހަބީބުވަނީ، ވޯޓުލާ މީހާއަށް ކިތަންމެ ގިނަ ނުފޫޒް ތަކެއް އޮތް ނަމަވެސް އޭގެ އިލެކްޝަންސް ކޮމިޝަނުން ބޯޓުލާ މީހާ  ބޭނުންވާ މީހާއަށް ވޯޓު ދިނުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. 

"ވޯޓުލާ މީހާގެ މައްޗަށް ކިތަންމެ ނުފޫޒެއް އޮތަސް އިލެކްޝަންސް ކޮމިޝަނުން ފަހިކޮށްދޭނަމޭ އޭނާގެ ވޯޓު އޭނާ ބޭނުންވާ މީހާއަށް ދިނުމަށްޓަކައި ވޯޓު ކަރުދާސްކޮޅު ފޯރުކޮށްދޭނަމޭ،" ހަބީބް ވިދާޅުވި އެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ދާނީ އިންސާފުވެރިކަމާ އެކުގައި ކަމަށާ، އެ ކޮމިޝަނުން ސަރުކާރުގެ ފަޅިއަށް ވެސް ސަރުކާރާ ވާދަވެރި ފަޅިއަކަށް ވެސް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ ފަރާތްތަކާ ވެސް ގެންގުޅޭނީ ހަމަހަމަ އުސޫލެއް ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.