ޣައްޒާގައި މީގެ ކުރިން އޮތް ޖަނާޒާއެއް-
ދުނިޔެ
04 Aug 2026 | 11:47
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު؛ މިއީ ނިރުބަވެރިން ޝަހީދުކޮށްލި އެއް އާއިލާއެއް 112 މީހުން

އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.

މި ހަށިގަނޑުތަކަކީ އިސްރާއީލުން ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ 308 މީހުން ޝަހީދުކޮށްލި ބޮޑު ގަތުލުއާއްމަށްފަހު، ފެނުނު މީހުންގެ ހަށިގަނޑުތަކެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ކުޑަކުދިންނާއި އާންމުން ދަނީ އަމާޒުކުރަމުންނެވެ.

އެގޮތުން ޣައްޒާ ސިޓީގެ ހުޅަނގުގައި ހުރި އަލް-ސަވާފިރު ސްކޫލުގައި ކިޔަވަން އިން ހަވަނަ ގްރޭޑްގެ ދަރިވަރު ޚާލިދު އަލް-އަޝްރަމްގެ ގަޔަށް އިސްރާއީލް ސިފައިން ބަޑިޖަހައި ވަނީ ޒަޚަމްކޮށްލާފައެވެ. އޭނާގެ ގަޔަށް ވަޒަން އަރާފައިވަނީ ޑެސްކު ކައިރީގައި ފަންސޫރު ހިފަހައްޓައިގެން ފިލާވަޅު ހަދަން އިންދައެވެ.

ފަލަސްތީނުގެ ތައުލީމީ ވުޒާރާއިން ވަނީ މިއީ ކުޑަކުދިންނަށާއި ތައުލީމީ މުއައްސަސާތަކަށް ދޭ ސީދާ ހަމަލާއެއްގެ ގޮތުގައި ސިފަކޮށް، މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ދަރިވަރުންނާއި ސްކޫލްތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޚާން ޔޫނިސްގެ އަލް-މަވާސީ ސަރަހައްދުގައި ދިން ހަމަލާތަކުގައި ދެ ކުޑަކުދިންނާއި އިތުރު ބަޔަކު ޒަޚަމްވެފައިވާއިރު، ރަފަހްގެ ހުޅަނގު އުތުރު ސަރަހައްދަށް ޑްރޯން ބޭނުންކޮށްގެން ވަނީ ގޮވާތަކެތި އަޅާފައެވެ. 2025 އޮކްޓޯބަރު 11 ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުންވެސް 1,250 މީހުން ވަނީ ޝަހީދުވެފައެވެ.

2023 އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޖުމްލަ 73,375 މީހުން ޝަހީދުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.

ޣައްޒާގެ ސިއްހީ ދާއިރާވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ކެންސަރާއި ލޭގެ ބަލިތަކަށް ބޭނުންވާ ބޭހުގެ 61 އިންސައްތަ ހުސްވެފައިވާއިރު، ލެބޯޓްރީ ތަކަށް ބޭނުންވާ ތަކެތީގެ 85 އިންސައްތަ ވަނީ ހުސްވެފައެވެ.

ހުޅަނގު އައްސޭރީގައިވެސް އިސްރާއީލުން ދަނީ ގެދޮރު ސުންނާފަތިކޮށް، ފަލަސްތީނު މީހުން ހައްޔަރުކޮށް، ވަޒަންވެރިންގެ އައު އައުޓްޕޯސްޓްތައް ހަދަމުންނެވެ. 2023 އޮކްޓޯބަރުން ފެށިގެން ހުޅަނގު އައްސޭރިން އެކަނިވެސް 1,177 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 210 ކުޑަކުދިން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.