ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: ދެން
ހަބަރު
15 Jan 2023 | 18:20
ރައީސް ޞާލިހަށް 2ވަނަ ދައުރެއް ދީފިނަމަ ވާނީ ގައުމީ ތަކުލީފަކަށް: ސައީދު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެ ވަނަ ދައުރެއް ދީފިނަމަ އެކަން ވާނީ ގައުމީ ތަކުލީފަކަށް ކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ، އައްޑޫގައި ރަނގަޅަށް ހިނގަމުން ދިޔަ ޝަންގްރިލާ ބަންދު ކޯށްފައިވާތާ ފަސް އަހަރު ވެފައިވާ ކަމަށާއި އައްޑޫ މަގުހަދަން ދިނީ އެކަން ނުވެސް ދަންނަ އިންޑިޔާ ބަޔަކަށް ކަމަށެވެ.

މީގެ އިތުރުން މައި އެއަރޕޯޓްގެ ކާގޯ ޓާމިނަލް ވަރުވެސް ނިއްމާ ނުލެވުނުކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ ސީޒަން ފެށުނުއިރު އެތަނުގައި ދުވާ ބަހެއްހާހިސާބުވެސް ނެތް ކަމަށެވެ.

ޝަންގްރިއްލާއާއި ހެރެތެރެ ހުއްޓިފައި އޮތުމުން އައްޑޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާތީ ކެމްޕެއިނުގައި އައްޑޫއަށް ވަޑައިގެން އެ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ އައްޑޫ ރައްޔިތުން އެދޭނަމަ ދޫކޮށްލައްވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. އަދި ޝަންގްރިއްލާގެ މައްސަލަ ބަލައި އިހުމާލުވީ ބަޔަކަށް ފިޔަވަޅުއަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫގައި މަގުހެދުމުގެ މަސައްކަތްކުރާ ތިލަމާލެ ބުރިޖުވެސް އަޅާ ކުންފުނިކަމަށްވާ އެފްކޯންސްއިން މަސައްކަތްކުރާ ގޮތާމެދު އެ ސިޓީގެ ގިނަ ރައްޔިތުން ހިތްހަމަނުޖެހެއެވެ.

ސައީދު އެފަދައިން ވިދާޅުވެފައި ވާއިރު، ރައީސް ޞާލިހު ވަނީ ދާދި ފަހުން އައްޑުއަށް ވަޑައިގަންނަވައި، ކެމްޕޭނަށް ދޮރުން ދޮރަށް ހިންގަވާފައެވެ.

އައްޑޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ތާއީދު ބޭނުންވަނީ ހަމައެކަނި އައްޑޫ ތަރައްގީކުރަން ނޫން ކަމަށާއި މުޅި ރާއްޖެ ތަރައްގީކުރުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދު ބޭނުންވާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި މީގެ ކުރިން ނާންނަ ވަރުގެ ބޮޑު ތަރައްގީއެއް އައްޑުއަށް ގެނެސްދީފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.