ޝެއިޚް ފަޟްލޫން މުހައްމަދު--
ހަބަރު
16 Jan 2023 | 11:14
ފަތުރުވެރިން ގާތު ނިވާވުމަަށް ބުނުމުގެ ހިތްވަރު ރައްޔިތުންގެ ހުންނަންޖެހޭ: ޝެއިޚް ފަޟްލޫން

ރަށުތެރޭގައި ނިވާކަން ކުޑަ ހެދުން ލައިގެން އުޅޭ ފަތުރުވެރިން ގާތު ނިވާވާން ބުނުމުގެ ހިތްވަރު ރައްޔިތުންގެ ކިބައިގައި ހުންނަންޖެހޭ ދީނީ އިލްމުވެރިޔާ އައްޝެއިޚް ފަޟްލޫން މުހައްމަދު ވިދާޅުވެއްޖެއެވެ. 

ލޯކަލް ޓޫރިޒަމް ފައްކާވެ ރަށްރަށުގައި ގެސްޓް ހައުސްތައް ހުޅުވި، ފަތުރުވެރިން ގިނަވަމުން ދިޔަ ވަރަކަށް، އިސްލާމްދީނާއި ޚިލާފް ކަންކަން ދިވެހި މުޖުތަމައުގައި ދަނީ އާއްމު ވަމުންނެވެ. ވަކިން ޚާއްޞަކޮށް، ރަށުގެ ކުޑަކުދިންނާއި، އުމުރުން ދޮށީ މީހުންނާއި ޒުވާނުން އާއްމުކޮށް އެއްވެ އުޅޭ ތަންތަނުގައި ނިވާކަންކުޑަ ހެދުން އަޅައިގެން ފަތުރުވެރިން އުޅުމާއި، ގާތްގޯޅިކޮށް އުޅުން ފަދަ ކަންކަން ދަނީ އާއްމު ވަމުންނެވެ. 

އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޝެއިޚް ފަޟްލޫން ފޭސްބުކް ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަށުތެރޭގައި ނިވާކަންކުޑަ ހެދުން އަޅައިގެން އުޅޭ ފަތުރުވެރިންނަށް ނިވާވުމަށް އަމުރުކުރުމުގެ ހިތްވަރު ރައްޔިތުންގެ ހުންނަންޖެހޭ ކަމަށެވެ. 

އަދި އެފަދަ ކަންކަން މަނާ ނުކޮށް ހިތްވަރުދީ، ރަށް ފަސާދަކުރާ ވިޔަފާރިވެރިން ރަށުން ބޭރުކުރުމުގެ ހިތްވަރުވެސް ރައްޔިތުންގެ ކިބައިގައި ހުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ސަރުކާރުން ނުކުރާތީ، ކައުންސިލުން ނުކުރާތީއޭ ބުނެ މުންކަރާތްތަށް މަނާނުކޮށް ރައްޔިތުން ތިބޭކަށް ނުޖެހޭ! މުންކަރާތް މަނާކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް!" ޝެއިޚް ފަޟްލޫން ވިދާޅުވިއެވެ. 

މީހުން ދިރިއުޅޭ ރަށްރަށުގައި "ބިކިނީ ބީޗް" ހަދާފައި ހުންނައިރުވެސް، އެފަދަ ނިވާކަން ކުޑަ ހެދުން އަޅައިގެން މަގު ތަކާއި، އާއްމުންނަށް ޚާއްސަ އަތިރި މަތީގައި ފަތުރުވެރިން އުޅޭ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު, ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން އެކަންކަން މަނާ ނުކޮށް ހިތްވަރުދޭ ކަމީ އާއްމުންގެ ނުހަނު ކަންބޮޑުވުމެކެވެ.

އަދި އެފަދަ ކަންކަން މަނާ ކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ބުނެ، އެމީހުންނަށް ޖެއްސުން ކުރުމުގެ ކަންކަންވެސް ގެސްޓްހައުސް ތަކުގެ ވެރިންނާއި އެނޫންވެސް މީހުން ކުރަމުންދާއިރު، އޭގެ ސަބަބުން މުންކަރާތްތައް ހުއްޓުވުމަށް މަސައްކަތް ކުރާ މީހުންނަށް ވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.