އާރޓް ގެލެރީ -- ފޮޓޯ/ ދައުރު
ހަބަރު
16 Jan 2023 | 11:05
އާރޓް ގެލެރީ ބަންދުކޮށްފައި ހުންނަތާ ގިނަދުވަސް ވާތީ އާޓިސްޓުން ކަންބޮޑުވުން ފާޅުކޮށްފި

ނޭޝަނަލް އާރޓް ގެލެރީ މަރާމާތަށް ބަންދުކޮށް، ވަރަށް ގިނަ ދުވަސްތަކެއް ވަމުންދާތީ, 'މޯލްޑިވިއަން އާރޓިސްޓް ކޮމިއުނިޓީ'އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޖަމްޢިއްޔާއިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި ބުނީ، އާރޓް ގެލެރީ ގިނަ ދުވަސްތަކެއްވަންދެން ބަންދުކުރެވިފައި ހުރުމުން ރާއްޖޭގެ ގިނަ ޕްރޮފެޝަނަލް ވިޝުއަލް އާޓިސްޓުންނަށް އެކަމުގެ ދަތިތައް ކުރިމަތިވަމުންދާކަމުގެ މަޢުލޫމާތު އެ ޖަމްޢިއްޔާއަށް ލިބިފައި ވާކަމަށެވެ.

މި ބަންދާއި ގުޅިގެން އެ ޖަމްޢިއްޔާގެ ފަރާތުން ރާވާ ހިންގަން ހުރި ގިނަ އާރޓް އިވެންޓްތައްވެސް ނުބޭއްވި ގިނަ ދުވަސްތަކެއް ވަމުންދާކަން ފާހަގަ ކުރަމުން އެ ޖަމިއްޔާ އިން ބުނީ ޚާއްސަކޮށް ގިނަ ހުނަރުވެރި ޒުވާނުން ބައިވެރިވާ އެގްޒިބިޝަންތައް ނުބޭއްވި ލަސްވަމުންދާ ކަމަށެވެ. އަދި އެއީ ރާއްޖޭގެ އާރޓްގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

"ނޭޝަނަލް އާރޓް ގެލެރީ މަރާމާތައް ގިނަދުވަސްތަކެއް ބަންދުކޮށްފައި ހުރުމުން ކަމާބެހޭ ފަރާތްތަކާ ވަރަށް ގިނަފަހަރު ވާހަކަ ދަކެވި މަޝްވަރާ ކުރެވުނު. މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އާއި މިނިސްޓްރީގެ ބައެއް ސިޔާސީ މާގާމުތަކުގައި ތިންބެވި ބޭފުޅުންނާއި އަދި އެން.ސީ.އޭގެ ބައެއް ބޭފުޅުންނާއި މީގެކުރިން އެތައްފަހަރު ވާހަކަދެކެވުނު،" އެ ޖަމިއްޔާގެ ބަޔާނުގައި ވެއެވެ.

ނަމަވެސް މި ހިނގާ 2023 ފެށިގެން ދާއިރުވެސް އެކަމަށް އެދެވޭ ނަތީޖާއެއް ނުލިބޭ ކަމަށް އާޓިސްޓުން ފާހަގަ ކުރިއެވެ.

އެހެންކަމުން، ވީހާވެސް އަވަހަށް ނޭޝަނަލް އާރޓް ގެލެރީ ހުޅިވި، އާޓިސްޓުންނަށް ތަނުގެ ބޭނުން ހިފަން ފުރުސަތު ލިބުމަށް އުންމީދު ކުރާ ކަމަށް އާޓިސްޓުންގެ ޖަމިއްޔާއިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.