ފެރިދުއާއި ނާވައިދޫގެ ބަނދަރާއި، ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އެމްޓީސީސީ
ވިޔަފާރި
16 Jan 2023 | 18:40
ފެރިދުއާއި ނާވައިދޫގެ ބަނދަރާއި، ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރަން ޙަވާލުކޮށްފި

އއ. ފެރިދުއާއި ހދ. ނާވައިދޫގެ ބަނދަރު ތަރައްޤީކުރުމާއި، ނ. ހޮޅުދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލު ކޮށްފި އެވެ. 

މި ޕްރޮޖެކްޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

އއ. ފެރިދޫ ބަނދަރު އަަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ތެރެއިން 147 މީޓަރ ބްރޭކްވޯޓަރ ޖެހުން, 10 މީޓަރ ސަބްމާޖް ބްރޭކްވޯޓަރ ޖެހުން, 90 މީޓަރ ރިވެޓްމެންޓް ޖެހުން, 213 މީޓަރ އެއްގަމު ތޮށި ޖެހުން, 213 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން, 51 މޫރިންގ ރިންގް ހަރުކުރުން, 10 މޫރިންގ ބޮއި ހަރުކުރުން, 90 އަކަ މީޓަރ ރޭންޕެއް ހެދުން, އެކްސެސް ޕްލެޓްފޯމް އެޅުން ހިމެނެއެވެ.

އަދި މީގެ އިތުރުން، 02 ނެވިގޭޝަން ލައިޓް ހަރުކުރުން، 29 މަގު ބައްތި ހަރުކުރުން، 2,481 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ. 

ފެރިދޫ ބަނދަރު އަޕްގްރޭޑްކުރަން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުން ނިންމާގޮތަށް، 50 މިލިއަން ރުފިޔާއަށެވެ.

މީގެ އިތުރުން، ހދ. ނާވައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގައި 231 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 73 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި 290 މީޓަރުގެ ބޭރު ތޮށި ލުން ހިމެނެއެވެ.

އަދި މީގެ އިތުރުން، 02 ނެވިގޭޝަން ލައިޓް ހަރުކުރުން، 18 މަގު ބައްތި ހަރުކުރުން، 2,087.85 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ. 

މި މަސައްކަތް ހަވާލުކޮށްފައިވަނީ 15 މަސް ދުވަހުން ނިންމާގޮތަށް، 51.3 މިލިއަން ރުފިޔާއަށެވެ.

އެމް.ޓީ.ސީ.ސީއާއި ދެން ޙަވާލުކޮށްފައިވަނީ ނ. ހޮޅުދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއެވެ.

ހޮޅުދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން، 570 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ އަދި 375 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެއެވެ. އަދި ރަށުގެ އޮޑިއެހެލާ ސަރަޙައްދުގައި އެއްގަމު ތޮށްޓެއް ޤާއިމްކުރުމާއި 14 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ގާއިމުކުރާނެއެވެ.

މި މަސައްކަތް ޙަވާލުކޮށްފައިވަނީ 13 މަސް ދުވަހުން ނިންމާގޮތަށް، 46.7 މިނިލިއަން ރުފިޔާއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.