ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު: ފޮޓޯ/އެމްޑީޕީ
ހަބަރު
17 Jan 2023 | 15:59
"ފަސް އަހަރު ސަރުކާރަކުން ނުކުރާހާ މަސައްކަތް މި ލިބުނު ދެ އަހަރުގައި ކޮށްފިން"

ފަސް އަހަރު އެއްވެސް ސަރުކާރަކުން ނުކުރާހާ މަސައްކަތް މި ލިބުނު ދެ އަހަރުގައި މި ސަރުކާރުން ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޕެއިންގައި ހއ އަށް ކުރައްވަމުންދާ ދަތުރުގައި އެ އަތޮޅުގެ އިހަވަންދޫގެ އެމްޑީޕީ މެންބަރުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ގިނަ ވައުދު ތަކެއް ވެވަޑައިގެންނެވުމަަށް ފަހުގައި ކަމަށެވެ.  

އެގޮތުން ހއ އަތޮޅުގެ ރަށްތަކަށް ވެސް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާ ކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ ސަރުކާރުގެ ފާއިތުވެދިޔަ 4 އަހަރުގައި، އެތަނުން ގިނަ ވައުދުތަކެއް ފުއްދުމުގެ މަސައްކަތް ފެށި، އަނެއްބައި މަސައްކަތް ނިމިފައިވާ ކަމަށެވެ. 

އަދި މިސަރުކާރުގެ ޕްލޭންގައި އޮތީ ފަހު އަހަރު އަންނައިރު އެއްވެސް މަސައްކަތެއް ނުފަށައި ނުބޭއްވޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށާ، އެހެންނަމަވެސް އެފަދައިން މަސައްކަތްތައް ކުރިއަށް ނުދިޔައީ ކޮވިޑްގެ ޢާލަމީ ވަބާގެ ސަބަބުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ބައެއް ބޭފުޅުން އެ ހަނދާނެއް މިއަދަކު ނެތް. 4 އަހަރު އެކީގައި އަޅުގަނޑުމެން އާއްމު ހާލަތުގައި އުޅުނުކަމަށް ދެކިވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެބަދޭ. އެހެން ނަމަވެސް، މި ލިބުނު ގާތްގަނޑަކަށް ދެ އަހަރުތެތޭގައި، އެއްވެސް ސަރުކާރަކުން މި ވޭތުވެދިޔަ ތަނުގައި 5 އަހަރުތެރޭގައި ނުކުރާ ވަރުގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންނަށް ހިންގިއްޖެ" ރައީސް ޞާލިހު ވިދާޅުވިއެވެ.

އެގޮތުން ރައީސް ޞާލިހު ވިދާޅުވީ ހަމައެކަނި އިހަވަންދޫ އަށްވެސް ދައުލަތުގެ ބަޖެޓުން 129.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާ، އިހަވަންދޫ ދާއިރާގައި ހިމެނޭ މާރަންދޫއަށް 34 މިލިއަން އަދި މޮޅަދޫއަށް 49 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށެވެ. އެ އެންމެހައި ޚަރަދަކީވެސް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅު ކޮށްދިނުމަށް ޓަކައި ކޮށްދިން ކަންކަން ރައީސް ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.