ކަސްޓަމްސްގެ ބިލްޑިންގެ
ހަބަރު
17 Jan 2023 | 18:11
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް މަސްތުވާތަކެއްޗެއް ނުގެއްލޭ: ކަސްޓަމްސް

މިހާތަނަށް އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެދަށުގައި ހުއްޓާ ގެއްލިފައިނުވާނެކަމަށް އެ އިދާރާއިން ބުނެފިއެވެ. 

މިމަހު 8 ވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، ނަމަވެސް އޭނާގެ ލަގޭޖު ހަވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

މިކަމާއި ގުޅިގެން ކަސްޓަމްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތުންނާއި، ކަސްޓަމްސްގެ ސަރވެއިލެންސް ނިޒާމުގެ ތެރެއިން ޝައްކުކުރެވިގެން ބަލާފާސްކޮށް، އަތުލެވޭ މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގައި ޓެސްޓްކުރުމަށްފަހު، މަސްތުވާތަކެއްޗާއި އެކަމުގައި ޝާމިލުވާ ފަސިންޖަރު ދިވެހި ފުލުހުންގެ ޚިދުމަތަށް ވަގުތުން ހަވާލުކުރާ ކަމަށެވެ.

"އަދި މިހާތަނަށް އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެދަށުގައި ހުއްޓާ ގެއްލިފައިނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ކަސްޓަމްސް އިން ބުނެފައިވެއެވެ.

މީގެ އިތުރުން، ކަސްޓަމްސް އިން ބުނީ، އެ އިދާރާއަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތާއިގުޅިގެން ބަލާފާސްކުރެވޭ ކޮންމެ ފަހަރަކީ މަސްތުވާތަކެތި އަދި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ފެންނަ ފަހަރެއްނޫންކަންވެސް އެހެންނަމަވެސް، ލިބޭ ކޮންމެ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ބަލާ ފާސްކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ވަރުބަލިކަމެއްނެތި ކަސްޓަމްސް އޮފިސަރުންކުރަމުންދާކަމަށެވެ. 

ކަސްޓަމްސްގެ ޤާނޫނުން ދިވެހިރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމަށް ކަސްޓަމްސްއަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭފަދަގޮތަކަށް އެއްވެސް ފަރާތަކުން މަސައްކަތްކުރުމަކީ ބަލައިގަންނާނެކަމެއްނޫން ކަން ފާހަގަކޮށް އެ އިދާރާއިން ވަނީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. 

"ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަސްޓަމްސްއިން ތަންފީޒްކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒްކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ފުރުސަތުގައިވެސް އަރުވަމެވެ." ކަސްޓަމްސްއިން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.