ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުން--ފޮޓޯ/ ވޮއިސް
ހަބަރު
18 Jan 2023 | 15:25
ޗައިނާގެ ފަތުރުވެރިންނާއި އެކު ރާއްޖޭގެ އިގްތިސާދު އިތުރަށް ކުރިއަރައި ދާނެ ކަމަށް އުއްމީދު ކުރަން: ވަން ލީޝިން

ކޮވިޑް-19 އާއި ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށްފަހު، ރާއްޖެ އައި ފުރަތަމަ ޗައިނާގެ ފަތުރުވެރިންގެ ގުރޫޕަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. 

މިއަދު ޗައިނާއިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ބެއިޖިންގ ކެޕިޓަލް އެއަރލައިނުން ނެވެ. 

ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާ ކިޔާފައި ވަނީ ޗައިނާއން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން އާއި ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ އިސްވެރިންނެވެ. 

ގާތްގަނޑަކަށް، 3 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖެއަށް ޗައިނާގރ ފަތުރުވެރިން އަންނަން ފަށާފައިވާއިރު، އެކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ވަން ލީޝިން ވަނީ، ދިވެހި ސަރުކާރުންނާއި، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ ފަރާތުން ފަތުރުވެރިންނަށް ކިޔުއްވި ހޫނު މަރުހަބާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.  

"އަހަރެން ގަބޫލު ކުރާގޮތުގައި، ދިވެހި ސަގާފީ ވަންތަކަން ހިމަނައިގެން ޗައިނާގެ ފަސިންޖަރުންނަށް ރާއްޖެއިން ކިޔާފައިވާ ހޫނު މަރުހަބާ، ހުރިހާ ފަސިންޖަރުން ވެސް ވަރަށް ބޮޑަށް ބަލައިގަންނާނެ. އަދި މި މަރުހަބާގެ ވާހަކަ އެ ފަތުރުވެރިން އެމީހުންގެ އާއިލާ އާއި ރަހުނަތްތެރިންނަށްވެސް ކިޔައިދޭނެ ކަމަށް އަހަރެން ދެކެން. އެހެންކަމުން އޭގެ ސަބަބުން ވެސް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓް ވެގެންދާނެ. އަދި ޗައިނާގެ އެންމެހައި ފަތުރުވެރިންނަށް ވެސް ވަރަށް ރަނގަޅު ޚިދުމަތް ތަކެއް ރާއްޖެއިން ލިބިގެންދާނެ ކަަމަށް އަހަރެން ގަބޫލުކުރަން." ވަން ލީޝިން  ވިދާޅުވިއެވެ. 

މީގެ އިތުރުން، ވަން ލީޝިން ވަނީ، ކުރިއަށް އޮތްތަނުގައި ޗައިނާއިން އިތުރު ޑައިރެކްޓް ފްލައިޓްތައް ރާއްޖެއަށް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާ، އެއާއި އެކު، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައި، އިގްތިޞާދީ ގޮތުންނާއި އެނޫން ގޮތް ގޮތުންވެސް ރާއްޖެ ކުރިއަރައިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. 

އަދި، ޗައިނާގެ ފަތުރުވެރިންނަށް އުފާވެރި އަދި ހިތްހަމަޖެހޭ ދުވާސްތަކެއް ރާއްޖޭގައި ހޭދަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޓޫރިޒަމް މިނިސްޓްރީއާއި ޓޫރިޒަމް އެޖެންސީތަކަަށް ވެދެވެން އޮތް ހުރިހާ ގޮތަކުން އެހީ ވެދެއްވާނެ ކަމަށްވެސް ވަން ލީޝިން ވިދާޅުވި އެވެ. 

ޗައިނާއަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. ނަމަވެސް ކޯވިޑާއިއެކު ޗައިނާގައި ދަތުރުކުރުމަށް އެޅި ފިޔަވަޅުތަކާއިއެކު މިވީ 3 އަހަރުގެ ތެރޭގައި ރާއްޖެއަށް ޗައިނާއިން އެއްވެސް ވަރަކަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.