އަލްހާން ފަހުމީ--
ހަބަރު
20 Jan 2023 | 17:14
ފުލުހުން، އަލްހާންގެ އޮފީސް ބަލައި ފާސްކޮށްފި

ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ބޯޑް މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ އޮފީހާއި ދިރިއުޅޭ ތަން ބަލައި ފާސްކޮށްފި އެވެ.

ކިންގްސް ކެޕިޓަލް ޕްރައިވެޓް ލިމިޑެޓް އިން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާ އުސޫލުތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކާ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ނިމިދިޔަ އަހަރުގެ ކުރީކޮޅު އަލްހާން ވަނީ ފުލުސް އޮފީހަށް ހާޒިކޮށްފައެވެ. 

އެކަމާއި ގުޅިގެން އިތުރަށް މައުލޫމާތު ދެމުން، ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާ އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެފައެވެ. 

އަދި ކިންގްސް ފޮރެކްސް ޓްރޭޑިންގުން ހިންގާ އިންވެސްޓްމަންޓް ފަންޑުގެ މައިގަނޑު މުއާމަލާތްތައް ކުރަމުން ދިޔަ އެކައުންޓްވެސް ބީއެމްއެލް އިން ފްރީޒްކޮށްފައިވެސް ވެއެވެ.

މި މައްސަލަ އާއި ގުޅޭ މާ ބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވޮއިސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އަލްހާން ފަހުމީގެ އޮފީހާއި ދިރިއުޅޭ ތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.