ހައްދުންމަތީގެ ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމަށާއި، އެއަތޮޅު ކަލައިދޫއާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމަށް އެމްޓީސީސީއާއި ހަވާލުކުރުން: ފޮޓޯ/ ޕްލޭނިންގެ މިނިސްޓްރީ
ވިޔަފާރި
22 Jan 2023 | 21:17
ހައްދުންމަތީގެ 4 ރަށެއް ގުޅާލާ ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

ހައްދުންމަތީގެ ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމަށާއި، އެއަތޮޅު ކަލައިދޫއާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފިއެވެ. 

ވަކިވަކި 2 މަޝްރޫޢެއްގޮތަށް ކުރިއަށްގެންދާ މި މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

ލ. ދަނބިދޫ އާއި ކަލައިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢު 

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 550 ދުވަހުން (1 އަހަރާއި 8 މަސް) މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން 42،624 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 271 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާ، 752 މީޓަރުގެ ސްކައުރިންގ އޭޕްރަން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 315 މީޓަރުގެ ބްރިޖެއް ހެދުމާއި، 714 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުމުގެ އިތުރުން 7266 އަކަ މީޓަރުގެ މަގު ހެދުމާއި، މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ.

ކަލައިދޫއާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢަށް ގާތްގަނޑަކަށް 155.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މި 2 ރަށުގެ ތެރެއިން ކަލައިދޫއަކީ އެއަތޮޅު އިސްދޫއާއި ބިމުގެގޮތުން ގުޅިފައިވާ ރަށެކެވެ. މި ރަށުގެ އާބާދީ 1000 އަކަށްވުރެ ގިނައިރު، ދަނބިދޫގެ އާބާދީވެސް 1000 އަކަށްވުރެ ގިނައެވެ. މި ދެ ރަށަކީވެސް ތާރީޚީގޮތުން ފާހަގަކޮށްލެވޭ ޚާއްސަ ކަންތައްތަކެއް ހުރި ދެ ރަށެވެ.

މި ދެ ރަށް އެއްކޮށްލުމުން އިސްދޫވެސް ހިމެނޭހެން 3 ރަށުގައި ދިރިއުޅޭ 3500 އަށްވުރެ ބޮޑު އާބާދީ ގުޅާލެވިގެންދާނެއެވެ. މިކަމުގެ ސަބަބުން 3 ރަށުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. އަދި އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުންވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫޢު 

ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 500 ދުވަހުން (1 އަހަރާއި 6 މަސް ދުވަސް) ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން 22،408 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 20،040 އަކަ މީޓަރުގެ ސަރަޙައްދެއް ސާފުކޮށް، 390 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ 130 މީޓަރުގެ ސްކައުރިންގ އޭޕްރެންއެއް ހެދުމާއި، 225 މީޓަރުގެ ބްރިޖެއް ހެދުމާއި، 85 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުމާއި، 3006 އަކަ މީޓަރުގެ މަގު ހަދާ، މަގު ބައްދި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ.

މި މަސައްކަތަށް 81.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މި 2 ރަށް ކޯޒްވޭއަކުން ގުޅާލުމަށް ހަމަޖެހިފައިވަނީ ހިތަދޫއާއި ކުނަހަންދޫއާއި އެއްފަޅެއްގައި އޮންނަ ފަޅު ރަށެއްކަމަށްވާ މެންދޫވެސް ހިމެނޭހެންނެވެ.

މި ދެ ރަށަށް ބަލާއިރު، ހިތަދޫއަކީ އާބާދީގައި 1100 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ބިން ބޮޑު ރަށެކެވެ. ތާރީޚީގޮތުން ފާހަގަކޮށްލެވޭ މުހިއްމު ބިނާތަކެއްވެސް ހުރި މި ރަށުގައި ގުދުރަތީ ހިތްގައިމު ބޮޑު ކުޅިއެއްވެސް އޮވެއެވެ. އަދި ކުނަހަންދޫގައި 800 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާއިރު، މިރަށަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ ރަށެކެވެ.

މި ދެރަށުގެ މެދަށްވާގޮތަށް އެއް ފަޅެއްގެ ތެރޭގައި އޮންނަ މެންދޫއަކީ ދަނޑުވެރިކަމުގެ މަސައްކަތަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ރަށެކެވެ. މެންދޫއަކީ ކުރިއަށްއޮތްތަނުގައި މި ދެ ރަށުގެ ރައްޔިތުންނަށްވެސް އިޤްތިޞާދީ މަސައްކަތްތައް ކުރުމުގެ ފުރުޞަތުއޮތް ރަށެއްކަމުން މި ކޯޒްވޭ ވެގެންދާނީ ހިތަދޫއާއި ކުނަހަންދޫއަށްވެސް އިތުރު ދިރުމެއް ގެނުވާނެ ކަމަކަށްކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް
އާދަމް
ޕުރައިމަރީން ބަލިވާތީ ދަމާލި ކިރު ރޮއްޖެއްތޯ އައްޗި! އައްޗިޗީޑި ހުތުރުދޯ
22 Jan 2023
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.