"ޓޯޑްޒިލާ" ގެ ނަމުން ދީފައިވާ ބޮއް؛ މި ބޮކުގެ ބަރުދަނުގައި ގާތްގަނޑަކަށް 2.7 ކިލޯ ހުރޭ-- ފޮޓޯ/ އަލްޖަޒީރާ
ހަބަރު
24 Jan 2023 | 08:04
އޮސްޓްރޭލިޔާ އިން ފެނުނު މި ބޮޑު ބޮކަށް ކިޔާ ނަން އެނގޭތަ؟

އޮސްޓްރޭލިޔާގެ އިރުމަތީ ކުއީން އައިލެންޑް އިން ފާއިތުވެދިޔަ ހަފްތާ ގައި ފެނުނު ބޮޑު ބިޔަ ބޮކަށް "ޓޯޑްޒިލާ" ގެ ނަމުން ނަން ދީފިއެވެ. 

ރޭންޖާ ކައިލީ ގްރޭ ނަމަކަށް ކިޔާ މީހަކު، ފާއިތުވި ހަފްތާގައި އޮސްޓްރޭލިޔާގެ ކްއީން އައިލެންޑް ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް، އޭނާގެ އުޅަނދު މަޑު ކޮށްލަން ޖެހުނީ ކުރިމަތިން ހަރުފައެއް ފެނިގެންނެވެ. އެގޮތުން، ހުއްޓާލުމަށްފަހު އުޅަނދުން ފޭބި ގަޑީގައި އޭނާ އަށް ފެނުނު ބޮޑު ބޮކުން ބަސް ހުއްޓިފައި ވެސް ހުންނަން ޖެހުނު ކަމަށް އޭނާ ބުނެފައިވެއެވެ. 

"އަހަރެން އެ ބޮޑު ބޮއް ކައިރިއަށް ގޮސް އޭތި ނެގިން. އެ ބޮކުގެ ބޮޑު ކަމާއި ބަރުކަމަކީ އަހަރެންނަށްވެސް ގަބޫލު ކުރަން ދަތިވި ކަމެއް. އެހެންވެ އަހަރެން އެއަށް ގޮވާލީ ޓޯޑްޒިލާ ގެ ނަމުން. ދެން އަހަރެން އަވަހަށް އޭތި ފޮށްޓަކަށް ލައިފިން. އެއީ އެ ޖަންގަލި ނޫން އެހެން ތަނަކަށް އޭތި ގެންދަން " ކައިލީ ގްރޭ ބުޏްނެވެ. 

މީގެ އިތުރުން، ކައިލީ ގްރޭ ބުނީ، އެއީ އަންހެން ބޮކެއް ކަމަށާ، އޭގެ އަނގަޔަށް ލެވޭ ސައިޒުގެ ކޮންމެ ސުއިއްޕެއް، ނުވަތަ ރެޕްޓައިލް އެއް ނޫނީ މެމަލްއެއް އޭތި ކާނެއެވެ. 

"ޓޯޑްޒިލާ" ގެ ނަމުން ނަން ދީފައިވާ ބޮޑު ބޮއް

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ބޮކުގެ ބަރުދަނުގައި ގާތްގަނޑަކަށް 2.7 ކިލޯ ހުރެއެވެ. އަދި މި ބޮކުގެ ބަރުދަނަކީ ދުނިޔޭގެ އައު ރިކޯޑަކަށް ވުމަކީވެސް ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމުގައި ބުނެފައިވެއެވެ. 

"ކުއީންސްލޭންޑް މިއުޒިއަމް އަށް އެ ބޮއް ނަގަން ބޭނުންވާ ކަމަށް އެމީހުން ބުނެފައިވޭ. އެއީ މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބޮޑު ބޮކަށް ވެދާނެ ކަމަށް ވާތީ." ގާތްގަނޑަކަށް 15 އަހަރު ވަންދެން އެ ބޮކަށް ދިރިއުޅެވޭނެކަން ފާހަގަ ކުރަމުން ކައިލީ ގްރޭ ބުނެފައިވެއެވެ. 

ކައިލީ ގްރޭ އަށް ފެނުނު ބޮކަކީ ކޭން ޓޯޑް ގެ ނަސްލަށް ނިސްބަތްވާ ބޮކެކެވެ. އެ ނަސްލުގެ ބޮއް އޮސްޓަރުލިޔާ އަށް ގެނެސްފައިވަނީ މެދު އަދި ދެކުނު އެމެރިކާއިން 1935 ވަނަ އަހަރު ތެރޭގައެވެ. އެފަދަ ބޮކަކީ، އެއަށް ހަމަލާދޭން މަސައްކަތް ކުރާ ޖަނަވާރުން ގަޔަށް ވިހަލައި އުޅޭ ބޮކެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.