މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ހަބަރު
24 Jan 2023 | 09:41
"ކެފޭ ތާސީރު" ހުރިތަނުން ބަދަލުކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި

އެގްރީމެންޓާއި ޚިލާފަށް ބޮޑުތަކުރުފާނު މަގުގައި ހިންގަމުންދާ "ކެފޭ ތާސީރު" އެތަނުން ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭގެ 358 ނަންބަރު ކޮށީގައި، މާލޭގެ ދެކުނު ފަރާތު ވިލާގޭސް ބޮޑުތަކުރުފާނުމަގާއި އިންވެގެން ހުރި 7 ނަންބަރު ފާޚާނާބަރީގައި ހިންގަމުންދާ"ކެފޭ ތާސީރު" ގެ ވިޔަފާރި ހުއްޓުވާ އެތަނުން އެ ކެފޭ ނެގުމަށް އަންގަންޖެހޭ ހުރިހާ އެންގުންތައް އަންގާ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމުގެ ބިރުއޮތުމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

”މިކަން ހުއްޓުވަން ނިންމީ ކެފޭ ތާސީރު ބަދިގެ އަކީ ގިނަ އަދަދެއްގެ ގޭސްފުޅި ގުދަންކުރެވިފައި ހުންނަ ތަނަކާއި އިންވެގެން ހުންނަ ބަދިގެއެއް ކަމުން ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރުއޮތުމުން“ ޑރ. މުއިއްޒު ވިދާޅުވި އެވެ. 

މޭޔަރު ވިދާޅުވީދާދިފަހުންވެސް ވަނީ ކެފޭއެއްގެ ބަދިގޭގަ ރޯވެގެން ވަރަށްބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިކަމަށާއި، މީގެ އިތުރުން ދާދި ފަހުން ނީލަން ފިހާރަ ހުރިތަނުގައި ރޯވެ، ކައުންސިލްގެ މުވައްޒަފުންތިބޭ އެކޮމޮޑޭޝަން ބްލޮކްވެސް އަނދައިގެންގޮސްފައިވާކަމަށެވެ. އެ ހާދިސާގައިވެސް ގޭސްފުޅި ފަދަ ތަކެތި ގޮވި މަންޒަރު ވަނީ ފެނިގެންގޮސްފައި ކަމަށާއި، ތާސީރު ކެފޭގެ ވާހަކަ މަޝްވަރާކޮށް ގޮތެއް ނިންމަން ބޭނުންވީ މިހުރިހާ ކަމަކާއި ގުޅިގެން ކަމަށް މޭޔަރު ވިދާޅުވިއެވެ.

”އެއީ މި ކެފޭ އާއި ޖެހިގެން ހުރީ ވިލާ ގޭސް އަދި މޯލްޑިވްގޭސް ގެ ގޭސްފުޅިތައް، އަދި މާ ދުރުނޫން ހިސާބުގަ ޕެޓްރޯލް ޝެޑްވެސް އެބަހުރި. ކަމެއް ދިމާވާނީ ބުނެފައެއްނޫން. މިތަނުގަ އަލިފާނުގެ ހާދިސާއެއް ހިނގައިފި ޙާލަތެއްގަ އިމޭޖްވެސް ނުކުރެވޭ ވަރުގެ ސްކޭލަކަށް ވެދާނެ“ ޑރ. މުއިއްޒު ވިދާޅުވި އެވެ. 

މިކަމަކީ ޤާނޫނީ ވަރަށް ގިނަ މަރުޙަލާތައް ހިނގާފައިއޮތް ކަމެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ އަސްލު މައްސަލައަކީ އެބިމަކީ ޕޭ ޓޮއިލެޓް ހިންގަން ހުއްދަ ދެވިފައިވާތަނެއް ނަމަވެސް އެގްރީމެންޓާއި ޚިލާފްވެ ޕޭ ޓޮއިލެޓް ނުހިންގައިގެން ކައުންސިލުން ކޯޓަށް ގޮސް މައްސަލަ ކައުންސިލާއި އެއްކޮޅަށް ވަނީ ނިމިފައިކަމަށެވެ.

”ދާދި ފަހުންވެސް ކައުންސިލުން އެތަން ހުސްކުރަން ދިޔަ ނަމަވެސް، އެފަރާތުން ވަނީ ކައުންސިލާއި ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް ދަށު ކޯޓަށް މައްސަލަ ހުށަހަޅާފަ. އެހެން ނަމަވެސް ކޯޓުން ކައުންސިލާއި ދެކޮޅަށް އެ އަމުރު ނެރެދީފައެއް ނުވޭ“ޑރ. މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ކެފޭ ތާސީރު ހިންގާ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ކަމަށާއި، މި މައްސަލަ މިހާރުވެސް ދަނީ ހައި ކޯޓުގައި ހިނގަމުންކަމަށެވެ. މޭޔަރުގެ އިތުރުން ކައުންސިލަރުންވެސް ވަނީ މި ކެފޭ މިތަނުން ބަދަލު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިންނަވާކަން ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.