އިންތިހާބު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު--
ހަބަރު
26 Jan 2023 | 12:05
ރިޔާސީ ޕްރައިމަރީ އާއި ގުޅިގެން 500 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ: އެމްޑީޕީ

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ގުޅިގެން 500 އަށްވުރެ ޝަކުވާ ހުށަހެޅިފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ކޮމިޓީން ހާމަކޮށްފިއެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިހާބު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމާއި އެކު، ތިން މީހުންގެ މައްޗަށް އެކުލެވޭ ޝަކުވާ ބަލާ ކޮމިޓީއެއްވެސް އެކަލަވައިލާފައިވާނެ ކަމަށެވެ. 

"އެ ކޮމިޓީއަށް މިއަދުގެ މިހާތަނަށް 555 ޝަކުވާއެއް ހުށަހެޅިފައިވޭ. އެ ހުރިހާ ޝަކުވާ އަކަށްވެސް ޝަކުވާ ބަލާ ކޮމިޓީން ވާނީ ޖަވާބުވެސް ދީފައި. އަދި ޕާޓީގެ ގުނަންތަކުގެ ތެރެއިން ޝަކުވާ ތަކާއި މެދު ހިތްހަމަ ނުޖެހިގެން ހުށަހެޅޭ، ފަރާތްތަކަށް ހުށަހެޅި، އެ ފަރާތްތަކުން ވެސް އެ ޝަކުވާއަށް އެޓެންޑްވެ ޖަވާބު ދީފައިވާނެކަން ފާހަގަކޮށްލަން." އަނަސް ވިދާޅުވި އެވެ. 

މިއާއެކު އަނަސް ވަނީ ވޯޓުލާ ގަޑީގައިވެސް ޝަކުވާ ބަލާ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާ، އެ ޝަކުވާތަކަށް އެދުވަހުން އެދުވަހަށް ޖަވާބުދާރީ ވަމުންދާނެ ކަންވެސް ފާހަގަކުރައްވާ ފައެވެ. 

މީގެއިތުރުން، މިހާތަނަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ވޯޓާސް ލިސްޓް ގައި ނަންނެތީގެން ހުށަހެޅުނު ޝަކުވާތައް ކަމަށްވެސް އަނަސް ވިދާޅުވި އެވެ. 

"555 ޝަކުވާގެ ތެރެއިން މައިގަނޑު ގޮތެއްގައި ހުރީ ވޯޓާސް ލިސްޓް ގައި ނަންނެތިގެން ހުށަހެޅިފައި ހުރި ޝަކުވާ. އޭގެތެރެއިން އެޅިފައި ހުރި ފިޔަވަޅު ތަކަށް ބަލާއިރު، އޭގެތެރެއިން 457 ނަމެއް އުނި ކުރު ކުރުން ވެސް އެއީ އެޅުނު ފިޔަވަޅެއް." އަނަސް ވިދާޅުވި އެވެ. 

އަނަސް ވިދާޅުވީ ޝަކުވާ ބަލާ ކޮމިޓީން މައްސަލަ ބެލުމަށްފަހު އިސްލާހުކުރެވެން ކަމެއް ހުރި ނަމަ އެކަން ކޮށްފައިވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.