ގދ. ފިޔޯރީ ބަނދަރު ތަރައްޤީ ކުރުމާއި، އެރަށާއި ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީ އާއި ހަވާލުކުރުން: ފޮޓޯ/ އެމްޓީސީސީ
ވިޔަފާރި
26 Jan 2023 | 16:05
ފިޔޯރީ ބަނދަރާއި، އެރަށާއި ފުނަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ގދ. ފިޔޯރީ ބަނދަރު ތަރައްޤީ ކުރުމާއި، އެރަށާއި ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

ފިޔޯރީ ބަނދަތު ތަރައްޤީ ކުރުމާއި އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 26,750 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 18,300  މިއުނިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 155 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 281 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 760 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުއެވެ.

މި މަޝްރޫޢަކީ 36.03 މިލިއަން ރުފިޔާއަށް 400 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.

މީގެ އިތުރުން މިއަދު އެމްޓީސީސީ އާއި ހަވާލު ކުރެވުނު ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 21,023 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 670 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 18.56 މިލިއަން ރުފިޔާއަށް 280 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.