ލިސްޓުގައި ނެތް މީހަކު ވިލިނގިލީ ފޮށްޓަށް ވޯޓުލީ މައްސަލައެއް

ލިސްޓުގައި ނެތް މީހަކު ވޯޓު ލީކަމަށް ބުނެ ނަޝީދުގެ ސަޕޯޓަރުން ހިތްހަމަ ނުޖެހުން ފާޅު ކުރަނީ -- ފޮޓޯ: ރައީސް ނަޝީދު ކެމްޕެއިން ޓީމް

މިއަދު ހެނދުނު ފެށިގެން ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ގއ. ވިލިނގިލީ ވޯޓު ފޮއްޓަށް ވޯޓާސް ލިސްޓުގައި ނެތް ބަޔަކު ވޯޓުލީ މައްސަލަ ފެންމަތިވެއްޖެއެވެ.

އެ ރަށުގައި ވޯޓުލުން ފެށީވެސް ވޯޓު ކަރުދާސް ނުގުނާ އަދި ވޯޓާސް ލިސްޓު އާއްމު ނުކޮށެވެ.

އެމްޑީޕީގެ ވޯޓާސް ލިސްޓުގައި ނެތް ދެ މީހަކު ވޯޓުލީ މައްސަލަ ފެންމަތިވެ، އެކަމާ ގުޅިގެން އެ ސަރަހައްދުގައި ގިނަ ބަޔަކު އަޑުގަދަކޮށް ހަމަނުޖެހުން ފާޅު ކޮށްފައިވެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ލިސްޓުގައި ނެތި ވޯޓުލީ ނިއުޝާމް ޝިހާބް، ޝީޝާ/ވިލިނގިލި، އަދި އައިމިނަތު އަބްދުﷲ ނަމަކަށް ކިޔާ މީހެކެވެ.

ޕްރައިމަރީގެ އިންތިހާބާއި ގުޅިގެން މި ނޫން މައްސަލަތަކެއްވެސް ފެންމަތިވަމުން ދާއިރު،  ލ. މުންޑޫގައި 9:00 ޖެހުމުގެ ކުރިން ވޯޓު ލުން ފެށި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލާން ފަށާފައިވަނީ މިއަދު 9:00 އިން ފެށިގެންނެވެ. އަދި މި އިންތިޚާބުގައި ވޯޓުލުން މިއަދުގެ 5:00 އާއި ހަމަޔަށް ކުރިއަށް ދާނެއެވެ. 

Advertisement

ކޮމެންޓް