ސްވިޑެންގެ ސަރުކާރުގެ ހުއްދަ އާއި އެކު ގުރުއާން އަންދަނީ--
ހަބަރު
29 Jan 2023 | 10:51
ގުރުއާން އަންދަން ހުއްދަދިން ސްވިޑެން ސަރުކާރުގެ މުނާފިގުކަން ހާމަވެއްޖެ

ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ރައްޔިތުންނަށް އޮންނަންވާނެ ކަމަށް ބުނެ، ކީރިތި ޤުރުއާން އެންދުމަަށް ހުއްދަ ދިން ސްވިޑެން ސަރުކާރުގެ މުނާފިގުކަން ހާމަވެއްޖެއެވެ. 

ސްވިޑްންގެ ފާ-ރައިޓް ޕާޓީގެ ހަރުކަށި ލީޑަރަކު ކަމުގައި ރަސްމުސް ޕަލުޑާން އިސްވެ އެގައުމުގައި ހުންނަ ތުރުކިޔޭ އެމްބާސީ ކުރިމަތީގައި ގުރުއާން އެންދި މައްސަލައެއް ފާއިތުވި ހަފްތާގައި ވަނީ ފެންމަތިވެފައިއެވެ. 

ސްވިޑެން ގެ ފުލުހުންގެ ފުރިހަމަ ހިމާޔަތުގެ ދަށުގައި، ހިންގި މި ހަރުކަށި އަމަލު ގާތްގަޑަކަށް ގަޑި އިރެއްހާ އިރުވަންދެން ކުރިއަށް ދިޔަ އިރު، މި ހަރަކާތުގެ ތެރެއިން، ހަތިމުތަކެއް އެންދުމުގެ އިތުރުން ތުރުކިޔޭ އާއި ދެކޮޅަށް އަޑު އުފުލައި އިސްލާމް ދީނަށް ފުރައްސާރަ ވެސް ވަނީ ކޮށްފައެވެ. 

މި ހަރަކާތް ހިންގުމަށް ސްވިޑެން ގެ ސަރުކާރުން ހުއްދަދީ, އެކަން ކުރާ މީހުންނަށް އެ ގައުމުގެ ސަރުކާރުގެ ފުލުހުން ހިމާޔަތް ދީފައިވާނީ އެއީ ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކޮށްގެން ހިންގި ހަރާކާތެއް ކަމަށް ބުނެއެވެ. 

އެހެންނަމަވެސް، ސްވިޑެންގައި މުޒާހަރާ ކުރަމުންދިޔަ ގުރޫޕެއްގެ ބަޔަކު އެގައުމުގައި ހުންނަ އިސްރާއީލުގެ އެމްބަސީ ކުރިމަތީގައި، ޔަހޫދީންގެ މުގައްދަސް ފޮތެއް ކަމުގައިވާ ތައުރާތު އަންދާލަން ބޭނުން ކަމަށް ބުނެ، އެކަން ކުރުމުގެ ހުއްދައަށް ފުލުހުންގެ ކިބައިން އެދި، ފުލުހުންގެ ހިމާޔަތަށް އެދުމުން، އެގައުމުގެ ސަރުކާރުން ވަނީ އެކަން ހުއްޓުވާފައެވެ. 

ތައުރާތު އަންދަލާން މަސައްކަތް ކުރި މީހުންނަށް އެކަން ކުރަން ސްވިޑެން ސަރުކާރުން ފުރުސަތު ދީފައި ނުވަނީ، އެގައުމުގައި ތިބި އިސްރާއީލުގެ ޑިޕްލޮމެޓުން، އެއީ "ނަފްރަތު އުފެއްދުމުގެ އަމަލެއް" ކަމަށް ބުނެ އެކަން ހުއްޓުވަން ސްވިޑްންގެ ސަރުކާރަށް އެންގުމުންނެވެ. 

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސްވިޑެން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި މުސްލިމުންގެ އެންމެ މުގައްދަސް ފޮތް އެންދުމަށް ހުއްދަ ދިނުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެފައި ޔަހޫދީންގެ ފޮތް އެންދުމަކީ ނަފްރަތު އުފެއްދުމުގެ ޢަމަލެއް ކަމަށް ވުމުން އެނގިގެން ދަނީ ސްވިޑެން ސަރުކާރުގެ މުނާފިގުކަން ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.