އަލްމަރައި ކްރީމް ޕެކެޓް
ވިޔަފާރި
29 Jan 2023 | 14:21
އަލްމަރައި ކުކިންގ ކްރީމް ބޭނުން ކޮށްގެން މި ކެއުން ތައްޔާރު ކޮށްލީމާ ރަހައިން ވެސް އެނގުންވާނެ!

1977 ވަނަ އަހަރު އުފެދުނު ޑެއިރީ ކުންފުންޏެއް ކަމުގައިވާ އަލްމަރައި އަކީ ދުނިޔޭގައިވެސް ނަން ހިނގާ ޑެއިރީ އުފެއްދުންތައް އުފައްދާ ކުންފުންޏެކެވެ.

ކުދި ބޮޑު ހުރިހައި އުމުރަކަށް ސިއްހަތަށް ފައިދާ ހުރި އެކި އުފެއްދުންތައް އެ ކުންފުނިން އުފައްދަމުން އަންނަ އިރު، އެ އުފެއްދުންތަކަށް ދުނިޔޭގެ ފެންވަރުގައި ރަންވަނަތައްވެސް ވަނީ ލިބިފައެވެ.

އެގޮތުން 2021 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި އޮތް ނެލްސަން އެވޯޑުގެ އެންމެ އުފެއްދުންތެރި އުފެއްދުމަކަށް ހޮވިފައިވަނީ އަލަމަރައި އެވެ. އަދި އަލްމަރައި އިން މިހާތަނަށް 40 އަށްވުރެ ގިނަ އުދެއްދުންތައް ވަނީ އުފައްދާފައެވެ. 

މި އުފެއްދުންތައް ދުނިޔޭގެ 7 ގައުމުއްގެ 110،000 އަށްވުރެ ގިނަ ރީޓެއިލް ފިހާރަތަކަށް ސަޕްލައި ކޮއްދޭއިރު ދުވާލެއްގެ މައްޗަށް 10،000 ކޮލިޓީ ޓެސްޓު އަލްމަރާއިގެ އުފެއްފުންތަކަށް ހިންގައެވެ. ނަތީޖާއަކީ ކަސްޓަމަރުންގެ މެދުގައި އަލްމަރާއިގެ އުފެއްދުންތަކާއި  ދޭތެރޭ އޮންނަ އިތުބާރާއި ޔަގީންކަން އިތުރުވުމެވެ. 

އެ އުފެއްދުންތަކުގެ ތެރެއިން މިފަހަރު މި ބަލާލާނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަލްމަރައި ކުކިންގ ކްރީމާއި އެއިން މީރު ކާއެއްޗެއް ތައްޔާރު ކުރާނެގޮތުގެ މައްޗަށެވެ. 

އަލްމަރައި ކުކިންގ ކްރީމް 

ސޫޕް ތަކާއި، ކެސެރޯލްސް އާއި ތަފާތު ވައްތަރުގެ ސޯސްތައް ކެއްކުމުގައި އަލްމަރައި ކުކިންގ ކްރީމް ބޭނުން ކޮށްލުމުން އޭގެ ރަހައަށް އިތުރު ފުރިހަމަ ކަމަކާއި، މީރުކަމެއް ގެނެސްދޭ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

އާއްމުކޮށް ކެއްކުމުގައި ބޭނުންކުރާ ކްރީމް ތަކާއި ޚިލާފަށް  އަލްމަރައި ކުކިންގ ކްރީމް އަކީ، ކެކެމުންދާވަރަށް، ރިވެތިކޮށް، އަދި އެހާމެ އަވަހަށް އޮލަވެގެންދާ ކްރީމެކެވެ. އޭގެ ސަބަބުން މި ކްރީމް އަކީ އަވަނުގައި ވިޔަސް، އުނދުން މަތީގައިވިޔަސް ނޫނީ އެހެން ގޮތަކަށްވިޔަސް ބޭނުން ކޮށްލަން އެއްވަނައިގެ އެއްޗެކެވެ. 

އާއްމު ގޮތެއްގައި ކައްކައި އުޅޭ ރިހަ އާއި، ކެސެރޯލްސް އާއި، ކަސްޓަޑާއި، ފިހެގެން ތައްޔާރު ކުރާ ޑެސާޓްސް ތަކާއި ޕާސްތާ ސޯސް އަދި މިނޫންވެސް ކެއުންތައް ތައްޔާރު ކުރާއިރު މި ކްރީމް ބޭނުން ކުރުމުން ހަމަ ޔަގީނުންވެސް ތަފާތު ފެންނާނެއެވެ. 

އަލްމަރައި ކުކިންގ ކްރީމް ބޭނުން ކޮށްގެން ޕޮޓޭޓޯސް އޮ ގްރަތޯން ތައްޔާރު ކުރާނެގޮތް 

1 1/2 ޖޯޑު އަލްމަރައި ކުކިންގ ކްރީމް ( ފުލް ފެޓް)

2 ލޮނުމެދު ( ގާނާފައި)

2 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ ( ދިޔާކޮށްފައި)

1.25 ކިލޯ އަލުވި

1 ސައިސަމުސާ ލޮނު1/4 ސައި ސަމުސާ އަސޭމިރުސް 

2 1/2 ޖޯޑު އަލްމަރައި މޮޒަރެއްލާ ޗީޒް

2 ސައިސަމުސާ ތާޒާ ތައިމް ލީފް (ބޭނުން ނަމަ) 

ތައްޔާރު ކުރާނެގޮތް

1) ކްރީމް މިކްސްޗަރ ހެދުމަށް، އަލްމަރައި ކުކިންގ ކްރީމް، ލޮނުމެދު އަދި ބަޓަރ ބޮޑު ތަށްޓެއްގެ ތެރޭގައި ރަނގަޅަށް އެކުލަވައިލާށެވެ.

2) ދެން އަލުވިތައް މަށާލުމަށްފަހު، ވަށްކޮށް ތުނިކޮށް ކޮށާލާށެވެ. 

3) އެއަށްފަހު ކޮށާފައި ހުރި އަލުވީގެ ގާތްގަނޑަކަށް 1/3 ބޭކިންގ ޓްރޭ އެއްގައި އަތުރާލުމަަށްފަހު އޭގެ މައްޗަށް ކްރީމް މިކްސްޗަރ ގެ 1/3 އަޅާލާށެވެ. 

4) ދެން ލޮނު ކޮޅަކާއި، އަސޭމިރުސް ކޮޅަކާއި ތައިމް ލީފް ކޮޅެއް އޭގެ މައްޗަށް ބުރުވާލުމަަށްފަހު 3/4 ޖޯޑު ޗީޒްވެސް އަޅާލާށެވެ.

5) މަތީގައި އެވާ ސްޓެޕް 3 އަދި 4 ގައިވާ ގޮތަށް އިތުރު ދެ ލެޔާރ ތައްޔާރު ކޮށްލާށެވެ. ނަމަވެސް އެންމެ މަތީ ލެޔާރ ބަހައްޓާނީ ޗީޒް ނާޅައެވެ. 

6) ދެން، 180 ޑިގްރީއަށް 10 ވަރަކަށް މިނެޓް ވަންދެން އަވަން ޕްރީ ހީޓް ކޮށްލާށެވެ.

7) އެއަށްފަހު ޓްރޭގެ މަތި ފޮއިލް އިން ބަންދު ކޮށްލުމަށްފަހު 1 ގަޑި އިރާއި 15 މިނެޓް ވަންދެން، ނުވަތަ އަލުވިތައް ރަނގަޅަށް މަޑުވަންދެން ފިހެލާށެވެ.

8) ދެން، ޓްރޭގެ މަތީގައި އެޅި ފޮއިލް ނެގުމަށްފަހު ބާކީ ބެހެއްޓި ޗީޒް، ކެއުންގެ މައްޗަށް އަޅާލުމަށްފަހު 10-15 މިނެޓް ވަންދެން ފިހެލާށެވެ. ޕޮޓޭޓޯސް އޮ ގްރަތޯން އެ ހުރީ ތައްޔާރު ވެފައެވެ. 

ރެސިޕީ ކިޔައި ނިމުނުއިރު، މި ކެއުން ތައްޔާރު ކޮށްލަން ކެތްމަދުވެފައި ތިބި ކިޔުންތެރިންނަށް ބުނެލަން އޮތީ، މިގޮތަށް މީރުކޮށް ޕޮޓޭޓޯސް އޮ ގްރަތޯން ތައްޔާރު ކޮށްލުމަކީ މާ އުނދަގޫ ކަމެއް ނޫނޭ އެވެ. އެހެނީ މި ކެއުން ތައްޔާރު ކުރަން އެހާ ފަސޭހައިރު، ކެއުން ތައްޔާރު ކުރަން ބޭނުންވާ ތަކެތި ހޯދަން އެއަށްވުރެ ފަސޭހަވާނެއެވެ. މި ހުރިހާ ތަކެއްޗަކީ ވެސް ވިލާ މާޓް އިން ލިބެން ހުންނަ ތަކެއްޗެވެ.  

އަދި ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ ފަސޭހައިން ވިޔަފާރި ކުރެވޭނެ މަގު ތަނަވަސް ކުރުމަށްޓަކައި ވިލާ މާޓުން މިހާރު ވަނީ ވެބްސައިޓެއްވެސް ލޯންޗްކޮށްފައެވެ. އެ ވެބްސައިޓްގައި (https://villamart.mv/home) ވިލާ މާޓް އިން ލިބެން ހުންނަ އުފެއްދުންތަކާއި ގުޅުން ހުރި މައުލޫމާތުތައް ލިބެން ހުންނައިރު، ތަކެތި ގަނެގެން ވަގުތުން ފައިސާވެސް ދެއްކެއެވެ. 

ވެބްސައިޓްގެ އިތުރުން ވިލާ މާޓްގެ ހާއްސަ އެޕް މިހާރު އެޕް ސްޓޯރުންނާއި ގޫގުލް ސްޓޯރުންވެސް ލިބެން ހުރި އިރު، ގޭގައި ތިބެގެންވެސް ކެއްކުމަށް ބޭނުންވާ ތަކެތި ގަތުމަކީ ނުހަނު ފަސޭހަ ކަމެކެވެ.

ވިލާ މާޓްގެ ހަތަރު ފިހާރައެއް މާލެ ސަރަހައްދުގައި ހުންނަނާނެއެވެ. އޭގެތެރޭގައި މާލޭގައި 3 ފިހާރަ، ހުޅުމާލެގައި 1 ފިހާރަ ހިމެނެއެވެ. އެގޮތުން ވިލާ މާޓް – 1 ހުންނާނީ މ. ސްޓާ ބިލްޑިންގް، ފަރީދީ މަގު، ވިލާ މާޓް – 2، މ. ކަޝިޝް މަޖީދީ މަގު، ވިލާ މާޓް – 3، ގ. ފަތުހުރުވެހި ރެހެންދި ހިގުން އަދި ވިލާ މާޓް – 4 ހިޔާ ފްލެޓް، ޓަވަރު 14އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.