ބިލެއްދޫގެ ފުރަތަމަ ހާފިޒާ، އައިފާ އަށް މަރުހަބާ ކިޔުން--
ހަބަރު
29 Jan 2023 | 14:41
ބިލެއްދޫ ފުރަތަަމަ ހާފިޒާއަށް ހޫނު މަރުހަބާއެއް؛ ރައްޔިތުން ދެއްކީ ކާމިޔާބީގެ އަގުވަޒަން ކުރުމުގެ ފުރިހަމަ ނަމޫނާއެއް!

ފ.ބިލެއްދޫއަށް އުފަން، އެރަށުގެ ފުރަތަމަ ހާފިޒާ އައިމިނަތު އައިފާއަަށް، ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ނަގައިގެން ރަށަށް އައުމުން ކިޔާފައިވާ ހޫނު މަރުހަބާއަަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ. 

އުމުރުން އެންމެ 17 އަހަރުގެ އައިފާ އަކީ ބިލެއްދޫގެ ފުރަތަމަ ހާފިޒާއެވެ. 2022 ވަނަ އަހަރު އައިފާ ވަނީ ޤުރުއާން ހިތުދަސްކޮށްފައެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީން ދޭ ޓެސްޓުތަކަށް ފަހު، ހާފިޒު ކަމުގެ ސަނަދު ހިފައިގެން އޭނާ ރަށަށް ދިޔައީ ބުރާސްފަތި ދުވަހު އެވެ. 

އެފަދަ ބޮޑު ކާމިޔާބީއެއް ހޯދި ނަމަވެސް، ރަތް ދޫލައިން އޭނާއަށް މަރުހަބާ ކިޔުމަށްޓަކައި ރަށު އެންމެން ބަނދަރުގައި އެއްވެ ތިބޭނެކަން އޭނާއަށް ނޭނގޭނެއެވެ. 

އައިފާގެ އެ ކާމީޔާބީގެ އަގު ވަޒަންކޮށް، މަރުހަބާ ކިޔުމަށް މުޅިރަށުން ކޮށްފައިވާ އިންތިޒާމް ފެށި އޭނާއަށްވެސް ވަނީ އުފަލުން ރޮވިފައެވެ. 

މި ފުރިހަމަ މަރުހަބާގެ ވީޑިއޯތައް މީސްމީޑިއާގައި މިހާރު ދައުރުވަމުންދާއިރު، އައިފާ ރަށަށް އައުމުން ރަތް ދޫލައަކުން އޭނައަށް މަރުހަބާ ކިޔަން ރަށު އެންމެން ބަނދަރުމައްޗަށް ޖަމާވެ ތިއްބާ ފެނުމުން އޭނާ ހުރީ ގަބޫލުކުރަންވެސް ދަތިވެފައި ކަން ފާހަގަކޮށްލަންޖެހެއެވެ. 

ބިލެއްދޫގެ ފުރަތަމަ ހާފިޒާ، އައިފާ އަށް މަރުހަބާ ކިޔުން--ފޮޓޯ: ބިލެއްދޫ ކައުންސިލް

ރަށުގެ ކުދި ބޮޑު އެންމެން މާބޮނޑިއާއި، ފައިސާގެ މާފަތިތަކުން އައިފާއަށް މަރުހަބާ ކިޔައި، ހޫނު ތަރުހީބު ދެމުންދިޔައިރު އެމީހުންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އައިފާއަށްޓަކައި މުޅި ރަށްވެސް ފަޚްރާއި ޝަރަފުން ފުރިފައިވާ ކަމެވެ. 

ބިލެއްދޫ އިން އައިފާއަަށް ކިޔާފައިވާ މި ހޫނު މަރުހަބާ އާއި ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ބިލެއްދޫ ކައުންސިލްގެ މެންބަރ އާސިފާ ސުލައިމާނު ވިދާޅުވީ، ބިލެއްދޫ އިން ހާފިޒް ކަމުގެ ސަނަދު ހޯދާ ކޮންމެ ދަރިވަރަކަށްވެސް އެ ރަށުގެ ކައުންސިލްގެ ފަރާތުން 25,000 ރުފިޔާގެ ފައިސާގެ އިނާމު ދޭނެ ކަމަށް ފާއިތުވެދިޔަ ރަމަޟާން މަހު އެ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ގުރުއާން މުބާރާތުގެ ތެރެއިން އިއުލާން ކުރެވިފައިވާނެ ކަމަށެވެ. 

ބިލެއްދޫގެ ފުރަތަމަ ހާފިޒާ، އައިފާ އަށް މަރުހަބާ ކިޔުން-- ފޮޓޯ: ބިލެއްދޫ ކައުންސިލް

އަދި އެފަދައިން އިއުލާން ކޮށްފައިވަނިކޮށް، މިފަދަ ބޮޑު ކާމިޔާބީއެއް އައިފާ ހޯދުމުން އެކަމުގެ އަގު ވަޒަން ކުރުމަށް ކައުންސިލުން ބޭނުންވިކަމަށާ، އެކަމުގައި ބިލެއްދޫގެ ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކާއި ޖަމިއްޔާ ޖަމާއަތްތަކާއި މުޅި ރަށުގެ ހުރިހާ ރައްޔިތުންގެ ކިބައިންވެސް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުން ލިބިގެން ގޮސްފައިވާ ކަން އާސިފާ ފާހަގަކުރެއްވިއެވެ. 

ބިލެއްދޫގެ ފުރަތަމަ ހާފިޒާ، އައިފާ އަށް މަރުހަބާ ކިޔުން-- ފޮޓޯ: ބިލެއްދޫ ކައުންސިލް

"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން މިކަމުގައި ރަށުގެ ހުރިހާ މުއައްސަސާތަކާ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް. މަރުހަބާ ކިޔުމަށްފަހު މުޅި އައިފާ އަށާއި މުޅި ރަށުގެ އެންމެނަށް ހަވީރު ސައެއްވެސް ވަނީ ތައްޔާރު ކުރެވިފަ. އެކަމުގައިވެސް އެންމެންގެ އެހީ ވަރަށް ލިބުނު. އައިފާ އަށްވެސް ނޭނގޭނެ އޭނާއަށް މިހާ ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވާ ކަމެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިފަދަ ގޮތް ގޮތުން ރަށަށް ރީތި ނަން ހޯދައިދޭ ހުރިހާ ކުދިންގެވެސް އަގު ވަޒަން ކުރުމަށް މިގަފަ ކުލަ ގަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުން. ކުރިއަށް އޮތް ތަނުގައިވެސް ގުރުއާން ހިތުދަސްކުރާ ހުރިހާ ދަރިވަރަކަށް ކައުންސިލްގެ ފަރާތުން 25,000 ރުފިޔާ ލިބިގެންދާނެ." އާސިފާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.