ޕްރައިމަރީއަށް ފަހު އިންތިހާބީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް ވަހީދު ވާހަކަދައްކަވަނީ. ފޮޓޯ/ ދައުރު
ހަބަރު
29 Jan 2023 | 17:48
ނަތީޖާ ޝީޓުގައި ވޯޓު އިތުރު ކަމަށް ދައްކަނީ އަންދާޒާ އަދަދެއް ޖެހުމުން: އެމްޑީޕީ

އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ބައެއް ނަތީޖާ ޝީޓްތަކުގައި ލިޔެފައިވާ "ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން"ގެ އަދަދަށްވުރެ އިތުރަށް ވޯޓުލާފައިވާ ކަމަށް ދައްކަނީ، ވޯޓު ހައްގުވާ މީހުންގެ ގޮތުގައި އަންދާޒާ އަދަދެއް ޖަހާފައި އޮތުމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަތީޖާ ޝީޓުގައި ހުރި އަދަދަށްވުރެ ގިނަ މެންބަރުން ވޯޓުލާފައިވާ މައްސަލަ އާއި ގުޅިގެން މައުލޫމާތު ދެއްވަމުން އެމްޑީޕީ ޗެއާޕާސަންގެ ނާއިބު އަދި އިންތިޚާބު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، އެމްޑީޕީގެ އުސޫލުތަކުގެ ތެރޭގައި މެންބަރުން ވޯޓު ލުމަށް ރީ ރެޖިސްޓާ ކުރުން ނޯންނަ ކަމަށެވެ. 

އަދި އެޕާޓީގެ ގާތްގަނޑަކަށް 57،000 މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް 7000 އެއްހާ މީހުންނަކީ މާލޭ މީހުން ކަމަށާއި، ބާކީތިބި މެންބަރުންނަކީ އަތޮޅުތެރެއަށް ނިސްބަތްވާ މެންބަރުން ކަމަށްވާއިރު އެ މެންބަރުންނަށް މާލެ އަށާއި އެ މެންބަރެއް ނިސްބަތްވާ ރަށުގައި ހުންނަ ފޮށްޓަށް ވެސް ވޯޓު ލުމުގެ ފުރުސަތު އޮންނަ ކަމަށެވެ. 

"އަޅުގަނޑުމެންނަކަށް ނޭނގޭ، ކިތައް ބޭފުޅުން ކަމެއް ރަށުގައި ހުރީ. ކިތައް ބޭފުޅުން ކަމެއް މާލޭގައި ހުރީ. މީގެ ކުރީގައި ހަދާ ގޮތަކީ، ބޭނުން ވަރަކަށް ކަރުދާސް ޗާޕް ކުރަނީ. ރަށަށް ވެސް، މާލެއަށް ވެސް ބެހެއްޓެނީ އެންމެންނަށް ލެވޭ ވަރަށް،"

"ނަމަވެސް، އަޅުގަނޑުމެންނަށް ވިސްނުނީ، އެއީ އެންމެ ރަނގަޅު ގޮތެއް ނޫނޭ، ވޯޓު ކަރުދާހަކީ މެންބަރުންގެ އަދަދަށް ވުރެ އިތުރަށް ޕްރިންޓް ކުރެވޭ އެއްޗެއް ނޫނޭ." އިބުރޭ ވިދާޅުވިއެވެ. 

މިއާއެކު އިބުރޭ ވިދާޅުވީ، މިފަހަރުގެ އިންތިހާބަށް ޗާޕުކޮށްފައިވަނީ، ސިދާ މެންބަރުންގެ އަދަދަށް ކަމަށެވެ. އަދި  މާލޭގައި ވޯޓުލާ ރަށްރަށުގެ މީހުންގެ އަދަދުގެ އަންދާޒާއެއް ހެދުމަށް "ހާއްސަ ފޯމިލާއެއް" ބޭނުން ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެ ފޯމިއުލާ އަކީ ކޮބައިކަން ހާމަކުރައްވަމުން އިބުރޭ ވިދާޅުވީ، އެންމެ ފަހުން މިިދޔަ އަހަރުގެ މެއި މަހު ބޭއްވި ޗެއާޕާސަންގެ އިންތިހާބުގައި ރަށްރަށަށް ވޯޓުލީ މީހުންނާއި މާލެއަށް ވޯޓުލީ މީހުންނާއި، އެންމެ ފަހުން ރަސްމީ އިންތިހާބަކަށް 2021ގައި ބޭއްވި ކައުންސިލް އިންތިހާބުގައި ޕާޓީގެ މެންބަރުން ރީ-ރަޖިސްޓްރީވެފައިވާ ގޮތް ބަލާފައިވާ ކަމަށެވެ. 

އަދި މާލެއަށް ވޯޓުލާ މީހުންގެ އަދަދު، އަންދާޒާ ކުރީ އެ އަދަދު ތަކަށް ބަލައިގެން ކަމަށް ވެސް އިބުރޭ ވިދާޅުވި އެވެ.

މީގެ އިތުރުން އިބުރޭ ވިދާޅުވީ، މާލޭގައި ބެހެއްޓި ރަށްރަށުގެ ފޮށިތަކުގެ ނަތީޖާ ޝީޓްގައި ވޯޓު ހައްގުވާ މީހުންގެ އަދަދުގެ ގޮތުގައި ލިޔެވިފައިވާނީ، އެ ފޯމިއުލާ ބޭނުންކޮށްގެން އަންދާޒާ ކުރި ވަރު ކަމަށާ، އެހެންނަމަވެސް، އެއިން ކޮންމެ ފޮއްޓަކަށް ވެސް، އެ ރަށަކަށް ނިސްބަތްވާ ނުވަތަ އެ ދާއިރާއަށް ނިސްތްވާ މީހުންނަށް ވޯޓު ލެވޭއިރު، އެ ހުރިހާ މެންބަރުންގެ ނަން ހިމެނޭ ލިސްޓެއް ކޮންމެ ފޮއްޓެއްގައިވެސް އޮންނާނެ ކަމަށެވެ. 

"މާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫންތޯ 117 މީހުން ވޯޓުލުން ހައްގުވާ ފޮއްޓެއްގައި [ނަތީޖާ ޝީޓުގައި ވޯޓުލުން ހައްގު ކަމަށް 117 މީހުން ލިޔެފައިވާ ފޮއްޓެއްގައި] 847 މީހުންގެ ލިސްޓެއް އޮތުން. މި ބުނާ ވާހަކީ، އަޅުގަނޑުމެންނަކަށް ނޭނގެއޭ 847 މީހުންގެ ތެރެއިން މާލެއަށް ވޯޓުލާނީ ކިތައް މީހުން ކަމެއް. އަޅުގަނޑުމެން ކުރީ އަންދާޒާއެއް. އެއީ 117 މީހުން ވޯޓުލާނެ ކަމަށް،"

"އެހެންވީމަ މިއީ އެއްވެސް ހާލެއްގައި ޑަބަލް ވޯޓިންއެއް ނޫން. ރަށްރަށުގެ މީހުންގެ ތެރެއިން މާލެއައް ވޯޓުލާ މީހުން ގިނަވީ. ގިނަވީމަ އޭގެ މާނައަކީ ރަށަށް ވޯޓުލީ މީހުން މަދުވާނެ." އިބުރޭ ވިދާޅުވި އެވެ.

އިބުރޭ އިތުރަށް ވިދާޅުވީ، މި މައްސަލަ ހައްލު ކުރެވޭނީ ރީ ރެޖިސްޓްރޭޝަން ކުރެވޭނެ ގޮތެއް ހަމަޖެހިގެން ކަމަށާ، ކުރިއަށް އޮތް އިންތިޚާބަށް އެކަން ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. 

މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލައާ ގުޅިގެން އާޒިމާގެ ސުވާލު
ތުއްތު ކުއްޖަކު، އާއިލާގެ އިޒުނައެއް ނެތި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުން ބަހެއް ނުބުނާތީ، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ސުވާލު އުފައްދަވައިފިއެވެ.
12 Aug 2026
ޢަރަބިއްޔާގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި
މިހާރު ޢިމާރާތް ކުރެވެމުންދާ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ޢިމާރާތުގެ މަސައްކަތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން 12 ނޮވެމްބަރ 2024 ގައި އާރް.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
12 Aug 2026
ރަޝިޔާގެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކުރި ކަމަށް ތުހުމަތުކޮށްފި
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 12 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި، އެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފިއެވެ.
12 Aug 2026
އިންޑިއާގެ ދަނޑުވެރި އެކްސްޕޯޓުތައް އެތައް ޤައުމަކުން އެތެރެކުރުން ހުއްޓާލަނީ
ޖަޕާނުން އިންޑިއާގެ އަނބު އެތެރެކުރުން ހުއްޓައިލައި، ޗައިނާއިން ހަނޑޫ ރިޖެކްޓްކޮށް، ޔޫރަޕާއި ހޮންގް ކޮންގުން ހަވާދުގެ ސާމްޕަލްތަކުން މައްސަލަ ފެނުމާ އެކު، އިންޑިއާގެ ދަނޑުވެރި އެކްސްޕޯޓަށް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
12 Aug 2026
ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ
ރާއްޖޭގައި މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް، ޚާއްޞަކޮށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
12 Aug 2026
ފާއިތުވި ހަފްތާގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރީ ބޭރުގެ ލޯނުތައް އަދާކުރުމަށް
ފާއިތުވި ހަފްތާގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށް ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ހާމަކޮށްފިއެވެ.
12 Aug 2026
ކުދިން ދިވެހި ބަހުން ވާހަކަދެއްކުމަށް ފަސްޖެހޭ ކަމީ ސީރިއަސް މައްސަލައެއް
39 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ހުޅުވައިދެއްވަމުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވާހަކަދެއްކުންތެރިކަމުގެ ހުނަރަކީ ކުރިއަށް އޮތް ޖީލުތަކުގެ ކިބައިގައި ހަރުލެއްވުން ވަރަށް މުހިންމު ސިފައެއް ކަމަށް ވިދާޅުވެފައިވެއެވެ. ދިރިއުޅުމުގައި ކާމިޔާބީ ހޯދުމަށް އެހެން މީހުންނާ މުޢާމަލާތުކުރުމުގެ ޤާބިލުކަން ލިބިފައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް ހީނާ ވިދާޅުވެފައިވެއެވެ.
12 Aug 2026
ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު ބާރު، ފުރުސަތުތައް ފަހިކޮށްދޭނަން
ދިވެހި ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ބާރު ކަމަށާ، ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.