ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --
ހަބަރު
30 Jan 2023 | 15:46
ޑެންމާކުގައި މުޞްޙަފުތަކެއް އަންދާލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޑެންމާކުގެ ކޯޕަންހޭގަނުގައި ހުންނަ މިސްކިތެއް ކުރިމަތީގައި ކީރތި ޤުރުއާން އެންދި އެންދުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ސްވިޑެންގެ ސްޓޮކްހޯމުގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާން އެންދި ޑެންމާކުގެ ސިޔާސީ ލީޑަރު ރަސްމުސް ޕެލުޑާން، ޑެންމާކުގެ މިސްކިތެއް ކުރިމަތީގައި ކީރިތި ޤުރުއާން އެންދީ ފާއިތުވި ހުކުރުދުވަހުއެވެ. 

ޕެލުޑާންއަކީ މުސްލިމުންނަށް ފުރައްސާރަކުރުމާއި، މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ ރެކޯޑެއް އޮންނަ މީހެކެވެ.

ޕެލުޑާން ފުރަތަމަ މުޞްޙަފުގައި ރޯކޮށްލާފައި ވަނީ ޑެންމާކުގެ ވެރިރަށް ކޯޕެންހާގަންގައި ހުންނަ މިސްކިތެއްގެ ކުރިމަތީގައެވެ.

އެހޮތުން، ހުކުރު ނަމާދުން މުސްލިމުން ފައިބާ ވަގުތާ ދިމާކޮށް ހެލްމެޓެއް އަޅައިގެން މިސްކިތް ކުރިމަތީގައި ހުރެ އޭނާ މުޞްޙަފެއް އަންދާލައި، ކީރިތި ރަސޫލާ ޞޢވ އަށާއި، މުސްލިމުންނަށް އޭނާ ވަނީ ފުރައްސާރަކޮށްފައެވެ.

އެއަށްފަހު އޭނާ ވަނީ ކޯޕެންހާގަންގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައި އިތުރު މުޞްޙަފެއްގައި ހުޅުޖަހާފައެވެ.

މި އަމަލު ހިންގާފައި ވަނީ، ސްވިޑެން ނޭޓޯއާ ގުޅުމަށް ކުރަމުންދާ މަސައްކަތަށް ތުރުކީވިލާތުން ހުރަސްއަޅާތީ ކަމުގައި އޭނާ ބުނެއެވެ.

މިކަމާއި ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިންގޭ މިފަދަ ޢަމަލުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންގެ ދީނީ އިޙްސާސްތަކަށް ގެއްލުންދޭ ވަރަށް ދަށު ދަރަޖައިގެ ޢަމަލުތަކެއްކަމަށެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަކުރުމަށް ހިންގޭ މިފަދަ ޢަމަލުތަކުގެ ސަބަބުން ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އަސާސްތައް ދަމަހައްޓަން ކުރާ ހުރިހާ މަސައްކަތްތަކަށް ބުރު އަރާކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.

އަދި މިފަދަ މުސްލިމުންނާއި މެދު ނަފުރަތު އުފެއްދުމުގެ އަމަލުތަކަކީ ތަހައްމަލުކުރުމުގެ އަގުކުރުންތައް ނެތިކޮށްލާ ކަންކަން ކަމަށާއި، އެކަމުގެ ސަބަބުން މުސްލިމުންނަށް ރުޅިއައުމާއި ނަފުރަތުކުރުން އިތުރުވާ ކަމަށް ސަރުކާރުން ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.