ރައީސް ނަޝީދު ގެ ކެމްޕެއިން ޓީމާއި ބައްދަލު ކުރެއްވުން: ފޮޓޯ/ ފިކުރެއްގެ ދިރުން ކެންޕެއިން ޓީމް
ހަބަރު
30 Jan 2023 | 17:57
އެމްޑީޕީ އަކީ ދުވަހަކުވެސް ދޫކޮށްފައިދާން ގަސްތުކުރާ ޕާޓީއެއް ނޫން: ރައީސް ނަޝީދު

އެމްޑީޕީ އަކީ ދުވަހަކުވެސް ދޫކޮށްފައިދާން ގަސްތުކުރާ ޕާޓީއެއް ނޫން ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ކެންޕެއިން ކޮށްދިނުމުގައި ހަރަކާތްތެރިވި ޓީމާއި ބައްދަލު ކުރައްވައި ނަޝީދު ވަނީ، އެމަނިކުފާނު ދުވަހަކުވެސް އެމްޑީޕީ ދޫކޮށް ނުލައްވާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދެއްވާފައެވެ. 

އެގޮތުން ނަޝީދު ވިދާޅުވީ، އެމްޑީޕީއިން އެމަނިކުފާނު ވަކިނުވާނެ ކަމަށާއި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން ކަމަށާ، އެމަނިކުފާނު ދަންނަ ޕާޓީ އަކީވެސް އެމްޑީޕީގެ އެކަނިކަމަށެވެ. 

"އަޅުގަނޑު ދަންނަ ސިޔާސީ މަސައްކަތް ހިނގަނީ އިންތިޒާމް ވެގެން، އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީ، އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަނީ އަދި އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން، އަދި ބަލިވާނެ ޕާޓީއެއް ވެސް ނޫން، އެއީ ގަދަ ޕާޓީއެއް، އަދި އެއީ އަޅުގަނޑު ދޫކޮށްފައިދާން ދުވަހަކު ވެސް ގަސްތުކުރާ ޕާޓީއެއް ނޫން" ނަޝީދު ވިދާޅުވި އެވެ.

މިއާއެކު ނަޝީދު ވަނީ، އެމްޑީޕީ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް އުފައްދަވަން އެމަނިކުފާނު ހުށަހަޅުއްވާ ހުށަހެޅުއްވުމަށް، އެ ޕާޓީގެ ގަވައިދު ތަކާއި އުސޫލުތައްވެސް ޖާގަ ދޭނެ ކަމަށް ވިދާޅުވެފައެވެ. 

"އެމްޑީޕީ ހަދާފައި އޮތީ ވެސް މީހަކު ޖާގަ ދީގެން ނޫން، އެއީ ހަމަ އަޅުގަނޑުމެން ހަމަ ހެދި ޕާޓީއެއް އެއީ، އަޅުގަނޑުމެންގެ ފިކުރެއްގެ ދިރުން އެމްޑީޕީގެ ތެރޭގައި ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ، އެއީ އަޅުގަނޑުމެން ހިންގާ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތެއް އެއީ،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް
އިއްބެ
ނަޟީދުމިހާރުގޮވަނީމޮޔައެކިފަހަރުކިޔަނީއެކިގޮތަށް
30 Jan 2023
ގަލަން
މަޑުމަޑުން ވިސްނުން ބަދަލުވާ ކަމައް އެބަފެނޭ ރަގަޅު ވާނެ އެކުގައި މަސައްސަތްކުރާނެ އެބަ ފެނޭ މަޑުމަޑުން ވާނީ ތެޅިފޮޅި ގެން ނުވާނެ އަންނި އައް ވިސްނިގެން އިބޫއާގުޅޭނެ
30 Jan 2023
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.