ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ކުރާ މުޒާހަރާގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
06 Feb 2023 | 10:08
އިދިކޮޅުގެ މުޒާހަރާއަށް ފުލުހުން ހުރަސް އަޅާ ބައިވެރިންނަށް ބޮޑެތި އަނިޔާތަކެއް ދީފި

ރައްޔިތުންގެ މަޖިލިސް ހުޅުވުމާއެކު ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ކުރަން ފެށި މުޒާހަރާއަށް ފުލުހުން ހުރަސްއަޅައިފި އެވެ. 

ފުލުހުން ވަނީ މަޖިލިސް ކުރާ ގެ ހުންނަ ސަރަހައްދަށް ނުވަދެވޭގޮތަށް ވަށައިގެން ބެރިކޭޑު ޖަހާ ބަންދުކޮށްފަ އެވެ. 

އެހެން ނަމަވެސް އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ބެރިކޭޑުތައް ޖަހާފައިވާ ސަހަރައްދުގައި މަޑުކޮށްގެން ތިބެ އަޑުއުފުލަން ފަށާފައެވެ. 

އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލަނީ

ގިނަ އަދަދެއްގެ ބަޔަކު މިއަދުގެ މުޒާހަރާގައި އަޑުއުފުލަމުން ދަނިކޮށް ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް މަސައްކަތް ފަށާފައެވެ. އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފަ އެވެ. 

މުޒާހަރާ ރޫޅާލުމަށް މިހާތަނަށް 8 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭގެ ތެރޭގައި ހުރާ ކައުންސިލްގެ ރައީސާއި ނޮޅިވަރަމްފަރު ކައުންސިލްގެ ރައީސް ހިމެނިވަޑައިގަންނަވަ އެވެ. 

ފުލުހުން މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ބާރުގެ ބޭނުން ކުރުމާއި ގުޅިގެން އަންހެނަކަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފަ އެވެ. އަދި އޭނާ މިވަގުތު ވަނީ ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންދެވިފަ އެވެ. 

އިދިކޮޅުގެ މުޒާހަރާގެ ތެރޭގައި އަނިވާވި މީހެއް 

މިއަދުގެ މުޒާހަރާ ރޫޅާލުމަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ. 

މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކުރި ނަމަވެސް، އަދިވެސް އިދިކޮޅުން މުޒާހަރާ ހުއްޓާލާފައެއް ނުވެއެވެ. 

އިދިކޮޅުން ދަނީ ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލަމުން ނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިސްތިއުފާ ދެއްވުމަށް ވެސް އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.