މެންބަރު ސައީދު ނެރުމަށް އަންހެން ސެކިޔުރިޓީން މަސައްކަތް ކުރަނީ: ފޮޓޯ/ ދިޔަރެސް
ހަބަރު
06 Feb 2023 | 13:09
މަޖިލީހުން އިދިކޮޅު މެންބަރުން ބޭރުކުރަން ނެރުނީ އަންހެން ސެކިޔުރިޓީން

މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، އިހްތިޖާޖް ކުރި އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުން ބޭރުކުރަން ފިރިހެން ސެކިޔުރިޓީންގެ ބަދަލުގައި އަންހެން ސެކިޔުރިޓީން ނެރުމުން ފާޑުކިޔުން އަމާޒު ވެއްޖެއެވެ. 

މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ ބަޔާން އިއްވަވަން ފެށްޓެވުމާއެކު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ތެދުވެވަޑައިގެން އިހްތިޖާޖު ފެށްޓެވިއެވެ. އަދި އެއާއެކު އިދިކޮޅު އެހެން މެންބަރުން އެ އިހުތިޖާޖުގައި ބައިވެރިވެ ރިޔާސީ ބަޔާން އިއްވަވަން ހުރަސް އެޅިއެވެ.

އިދިކޮޅު މެންބަރުން އިހްތިޖާޖާއި ގުޅިގެން ޖަލްސާ ކުރިއަށް ނުގެންދެވިގެން ބައެއް މެމްބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުގައި އިންނެވި މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވިއެވެ. 

އޭގެ އިތުރުން ނަން އިއްވި މެންބަރުންގެ ތެރޭގައި ޝިޔާމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފް، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ.

އެހެންނަމަވެސް އެމެންބަރުން ނުނުކުތުމާއެކު ޖަލްސާ މެދުކަނޑާލައި ބާރުގެ ބޭނުން ކޮށްގެން މެންބަރުން ވަނީ ނެރެފަ އެވެ. 

އެގޮތުން މެންބަރުން މަޖިލީހުން ބޭރުކުރުމަށް އަންހެން ސެކިޔުރިޓީން ނެރެފައިވާއިރު، ދެ އަންހެން ސެކިޔުރިޓީން ވެގެން އެއް މެންބަރެއް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާތަން ދައުރު ވަމުންދާ ވީޑިއޯ ތަކުން ވަނީ ފެނިފައެވެ. އެ ސެކިޔުރިޓީންނަށް މެންބަރު ކޮންޓްރޯލް ނުވެގެން އުޅޭ މަންޒަރު ވެސް ވީޑިއޯ ތަކުން ވަނީ ފެނިފައެވެ. 

އެއަށްފަހު، ފިރިހެން ސެކިޔުރިޓީން އައިސް ބައެއް މެންބަރުން ނެރޭ މަންޒަރު ވެސް ވަނީ ފެނިގެން ގޮސްފައެވެ.

ފިރިހެން މެންބަރުންތަކެއް ނެރުމަށް އަންހެން ސެކިޔުރިޓީން މަޖިލީހުން ނެރުނު ސަބަބު ހާމަވެފައި ނުވި ނަމަވެސް، މީގެ ކުރިން މިފަދަ ކަންކަމުގައި އާއްމުކޮށް ނެރެފައިވަނީ ފިރިހެން ސެކިޔުރިޓީންކަން ފާހަގަކޮށްލަން ޖެހެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.