އިދިކޮޅު މެންބަރުން ނެރެން ދެ އަންހެން ސެކިޔުރިޓީން މަސައްކަތް ކުރަނީ--
ހަބަރު
06 Feb 2023 | 13:56
މަޖިލީހުން މެންބަރުން ބޭރުކުރަން އަންހެން ސެކިޔުރިޓީން ބޭނުން ކުރުމުން ގިނަބައެއްގެ ފާޑުކިޔުން

މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، އިހްތިޖާޖް ކުރި އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުން ބޭރުކުރަން ފިރިހެން ސެކިޔުރިޓީންގެ ބަދަލުގައި އަންހެން ސެކިޔުރިޓީން ނެރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ. 

މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ ބަޔާން އިއްވަވަން ފެށްޓެވުމާއެކު އިދިކޮޅު މެންބަރުން އިހްތިޖާޖު ކޮށް ރިޔާސީ ބަޔާން އިއްވަވަން ހުރަސް އެޅިއެވެ. އަދި އިދިކޮޅު މެންބަރުން އިހްތިޖާޖާއި ގުޅިގެން ޖަލްސާ ކުރިއަށް ނުގެންދެވިގެން ބައެއް މެމްބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުގައި އިންނެވި މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވިއެވެ. 

އެހެންނަމަވެސް އެމެންބަރުން ނުނުކުތުމާއެކު ޖަލްސާ މެދުކަނޑާލައި ބާރުގެ ބޭނުން ކޮށްގެން މެންބަރުން ބޭރުކޮށްފައިވާއިރު، ފިރިހެން މެންބަރުން ތަކެއް ބޭރުކުރުމަށް ނެރެފައިވަނީ އަންހެން ދެ ސެކިޔުރިޓީންނެވެ. 

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ މަޖިލީހަށް އަމާޒުވެފައެވެ. 

އެގޮތުން ފިރިހެން މެންބަރުން ބޭރުކުރަން އަންހެން ސެކިޔުރިޓީން ބޭނުން ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާ، އެފަދަ ކަންކަން މިހާރު "ހަލާލް" ވީތޯވެސް ބައެއް މީހުން ވަނީ އަހާފައެވެ. 

މީގެ އިތުރުން ފިރިހެނުން ތަކެއް އައިސް އަންހެނެއްގެ ގައިގައި އެފަދައިން އަތްލާނަމަ ވަރަށް ބޮޑު މައްސަލަ އަކަށް ވާނެ ކަން ފާހަގަކުރައްވައި ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިން އޮފިސަރު ޢަލީ ރަމީޒް ވަނީ އަންހެނުން ތަކެއް ފިރިހެނުން ގައިގައި އެފަދައިން އަތް ލާންވީ ކޮން ހަމަ އަކުންތޯ ސުވާލު ކުރައްވާފައެވެ. 

މިކަމާއި ގުޅިގެން ސަރުކާރަށް އެންމެ ބޮޑަށް ތާއިދު ކުރައްވާ އެއް ދީނީ ޢިލްމުވެރިއެއް ކަމަށްވާ އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި އޭނާ ވެސް ވަނީ އެއީ ބަލާލަން ވަރަށް ހުތުރު މަންޒަރެއް ކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުން ވެސް މީހުން ކޮށްފައިވާ ޓުވީޓް ތަކުގައި ވަނީ އެއީ ބަލާލަން ވަރަށް ލަދުވެތި މަންޒަރެއް ކަމަށާ، އަންހެނުން ލައްވައި ގަދަ ކަމުން އެމީހުންނަށް ނުވާވާރުގެ އެފަދަ ކަންކަން ކުރުވުމަކީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.