ކޮފީ ތައްޓަކުން މޫސުން ލަފާކުރެވޭނެތަ؟
ފުލޯކު ވާހަކައެއްހެން ހީވިއަސް، ކޮފީ ތައްޓަކުން މޫސުން ލަފާކުރުން މިއީ ހަމަ އަސްލަށްވެސް ކުރެވިދާނެކަމެކެވެ.
ސައިންސް ގެ އެކި އުސޫލުތަށްވެސް މިހެން ލަފާ ކުރެވޭ މޫސުމީ ބަދަލުތަކަށް ބާރުދެއެވެ. ކޮފީ ތަށި ހަދާ ސަރަހައްދުގައި ހުރީ ހައި ޕްރެޝާރ ތޯ ނުވަތަ ލޯ ޕްރެޝާރ ތޯ ދެނެގަނެވުމުން ދެން މޫސުމަށް އަންނާނީ ކޮން ބަދަލެއްކަމަށް ލަފާކުރެވިދާނެއެވެ. އަދި މޮޅު ތަންކޮޅަކީ، މިކަން ކުރަން މީހަކު ޖެހޭނީ ހަމައެކަނި ބޮކި އަރާނެ ކަހަލަ ގޮތަށް ތަށްޓަކަށް ކޮފީ އަޅާލާށެވެ.
ކޮފީ ތައްޓަށް އަޅާ ގަޑީގައި ދެން ޖެހޭނީ ތަށީގައި އުފެދޭ ބޮކިތަކަށް ސަމާލުވާށެވެ. ތަށީގެ އަރިމައްޗާ ދިމާލަށް ބޮކިތައް ހަލުވިކަމާއެކު ދަތުރުކުރާނަމަ އެވީ ކުރިއަށް އޮތް 12 ގަޑިއިރު އުޑުމަތި ސާފުވާނެކަމަށެވެ.
މީގެ ފަހަތުގައި އޮތް ސައެންސްގެ ހެއްކަކީ، ބޮކިތަށް ތަށީގެ އަރިމައްޗަށް ބަދަލުވާންޖެހެނީ ވަށައިގެންވާ ޖައްވުގެ ޕްރެޝާރ މަތިވީމައެވެ.
މިފަދައިން ހައި ޕްރެޝާރ ތަޖުރިބާ ކުރެވޭ ސަރަޙައްދުތަކުގައި އާންމުކޮށް އަވި ދޭގޮތަށް މޫސުން ވެސް ރަނގަޅުވާނެއެވެ.
އަދި ކޮފީ ތައްޓަށް އަޅާ ވަގުތު އުފެދޭ ބޮކިތަށް ތަށީގެ މެދުން ނުގުޑާނަމަ އެވީ ވިއްސާރައަށް ތައްޔާރުވާށެވެ.
ވަށައިގެންވާ ޖައްވުގެ ޕްރެޝާރ ދައްވުން، ނުވަތަ ލޯ ޕްރެޝާރ ތަޖުރިބާ ކުރަަން ޖެހުން އެއީ އާންމުކޮށް މޫސުން ގޯސްވުމުގެ އަލާމާތެކެވެ.
ޖައްވުގެ ޕްރެޝަރުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަށް ދިރާސާ ކުރުމަކީ މޫސުމާބެހޭ ސައިންސްގެ ވަރަށް ބޮޑު ބައެއްކަން ފާހަގަކޮށްލެވެއެވެ. އަދި އެންމެ އާދައިގެ ގޮތަކަށް ކޮފީ ތައްޓަކުންވެސް މިކަން ކުރެވިދާނެކަން މިހާރު ވަނީ ސާބިތުވެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists