މެމްބަރު އިބްރާހިމް ރަޝީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
08 Feb 2023 | 11:11
ޑްރަގު އަތުލާފަ މީހާ ދޫކޮށްލުމަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްދަކުރުން: އިބްރާހިމް ރަޝީދު

ދިވެހިރާއްޖެއަށް އެތެރެކުރާ ޑްރަގް ހިފެހެއްޓުމަށްފަހު އެތަކެތި އެތެރެކުރި މީހާ ދޫކޮށްލުމަކީ މަސްތުވާތަކެތި އެތެރެކުރުމަކީ ހުއްދަކުރުމާއި އެއްފަދަ ކަމެއްކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ. 

ބޮންޑާ މިފަދައިން ވިދާޅުވެފައިވަނީ މިއަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ބޮންޑާގެ ވާހަކަފުޅު ފެއްޓެވީ އެމްޑީޕީގެ ޕްރައިމަރީގެ ފޯރިގަދަ ކެމްޕޭނުގެ ތެރޭގައި މެމްބަރުން މަޝްއޫލުވެ އުޅުއްވި ދަނޑިވަޅެއްގައި އިމިގްރޭޝަންގެ ތެރެއިން ހިނގައިދިޔަ ހާދިސާއެއް ހިއްސާކުރައްވަމުން ނެވެ. 

ބޮންޑާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ޑްރަގް އެތެރެކުރި މީހެއް އިމިގްރޭޝަނުން ވަނީ ޑީޕޯޓުކޮށްލާފަ އެވެ. އެކަން ކޮށްފައިވަނީ ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސްއާއި ގުޅިގެން ގަވައިދެއް އުފަންކޮށް، އެ ގަވައިދުގެ ދަށުން ފޯކަލް ޕޮއިންޓެއް ކަނޑައަޅާ އޭނާގެ ނިންމުމަކަށް ކަމަށް ބޮންޑާ ވިދާޅުވި އެވެ.

"ކުއްލިއަކަށް ފޯކަލް ޕޮއިންޓެއް ހަދަނީ ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސްއާއި، އެ ފޯކަލް ޕޮއިންޓު ހަދާފަ ގަވައިދެއް އެކުލަވާލާފަ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހާ މި ފޯކަލް ޕޮއިންޓުން ބޭނުމިއްޔާ ބޭރުކޮށްލެވޭ ގޮތަށް، މި ޑެލިވަރީ މިހާރު ޑީ.އެޗް.އެލް އިން ޝިޕްމަންޓު އައިމަ ޝިޕްމަންޓު ނަގާފަ ބޭރުކުރެވޭ ގޮތަށް ކާޓެއިލެއް އުފައްދާފަ މި އޮތީ"

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) 

ބޮންޑާ ވިދާޅުވިގޮތުގައި މި ދެންނެވި އުސޫލުން އުފަންކުރި ފޯކަލް ޕޮއިންޓު ވަނީ 26 ޖެނުއަރީގައި ރާއްޖެއަށް ޑްރަގު އެތެރެކުރި މީހެއްގެ އަތުން އެ މަސްތުވާތަކެތި އަތުލުމަށްފަހު މީހާ ޑީޕޯޓުކޮށްލާފަ ކަމަށެވެ. 

އެކަން ފާހަގަކުރައްވާ ބޮންޑާ ވިދާޅުވީ ރާއްޖެއަކީ ޑްރަގް ޓްރެފިކިން ހުއްޓުވުމަށް ވަރަށް ގިނަ މުއާހަދާތަކުގައި ސޮއިކޮށްފައި އޮތް ގައުމެއްކަމަށް ވާއިރު، މިފަދަ އުސޫލުތައް ހަދައި ޑްރަގް އެތެރެކުރާ މީހުން ދޫކުރުމަކީ އެ މުއާހަދާތަކާއިވެސް ކަނޑައެޅިގެން ޚިފާލުވުންކަމަށެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ މިފަދައިން އެކަން ކުރެވޭނަމަ އެއީ ރަސްމީކޮށް ރާއްޖެއަށް ޑްރަގް އެތެރެކުރުން ހުއްދަ ކަމަށް ކަނޑައެޅުންފަދަ ކަމެއް ކަމަށެވެ. 

"ޖިނާއީ ކުށެއް ދިވެހިރާއްޖޭގެ ސަރަހައްދުގައި ކޮށްފިކަމަށް ވާނަމަ ޕްރޮސެކިއުޓާ ޖެނެރަލް އެ މައްސަލަ ބަލަން އަމުރު ނެރެން ޖެހޭނެ، ޕްރޮޖެކިއުޓާ ޖެނެރަލް ނެތް މި ފޯކަލް ޕޮއިންޓެއްގަވެސް. މިހާރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްދަކުރީއޭ! ދެން ކޮންވާހަކައެއްތޯ މިތާ ތިބެގެން ދައްކަން އޮތޯ؟ "

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) 

ބޮންޑާ ވިދާޅުވީ ކަސްޓަމްސްއިން އަތުލައިގަނެވޭ މަސްތުވާތަކެއްޗާއި ދެމު އަމަލުކުރަންޖެހޭ ވަކި ގޮތެއް ގާނޫނުގައި ކަނޑައަޅާފއިވާ ކަމަށެވެ. އަދި ކަސްޓަމްސްއާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކެއްވެސް އޮންނަކަމަށެވެ. 

އެހެން ނަމަވެސް މިހާރު އެ ހުރިހާ ގާނޫނާއި ގަވައިދެއް މުގުރާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދު ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ބާރު އެއްކޮށް ކަނޑުވާލާ، މިތަނުގައި އޮތީ އެބަޔަކަށް ފެންނަ ގޮތަކަށް ކަންކަން ކުރުމުގެ އުސޫލުކަމަށް ވިދާޅުވިއެވެ.

މަސްތުވާތެތި އެތެރެކުރާ ފަރާތްތަކަށް ފިޔަވަޅު ނާޅާ ދޫކޮށްލާނަމަ، އެއީ މުސްތަގުބަލުގައި އެއަށްވުރެ ނުރައްކާތެރި ތަކެތި ރާއްޖޭގެ މައި ދޮރޯށިން އެތެރެކުރުމަށް ދެވޭ ފުރުސަތަކަށް ވެދާނެކަން ފާހަގަކުރައްވާ ބޮންޑާގެ ވާހަކައިގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.