ރާހުލް ގާންދީ މޯދީއަށް ކުރި ތުހުމަތުތަކާއި ގުޅޭ ފޮޓޯއެއް ހިފައިގެން--
ހަބަރު
10 Feb 2023 | 15:20
އިންޑިއާ އިން އަވަށްޓެރި ގައުމުތަކަށް ކަރަންޓް ވިއްކުމުގައި މޯދީގެ ބޮޑެތި ޚިޔާނާތް ތަކެއް ވާކަމުގެ ތުހުމަތު

އިންޑިއާ އިން އަވަށްޓެރި ގައުމުތަކަށް ކަރަންޓް ވިއްކުމުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބޮޑެތި ޚިޔާނާތް ތަކެއް ވާކަމަށް އެގައުމުގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ތުހުމަތު ކުރައްވައިފިއެވެ.

ނިމުނު ހަފްތާގެ ބުދަ ދުވަހު އޮތް، އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާހުލް ގާންދީ ވަނީ ޚިޔާނާތުގެ ބޮޑެތި ތުހުމަތު ތަކެއް މޯދީއަށް ކުރައްވާފައެވެ.

އެގޮތުން އެ ގައުމުގެ ކަރަންޓްގެ ޚިދުމަތާއި، ޕޯޓް ތަކާއި އެނޫންވެސް އެފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ އަދާނީ ގުރޫޕްގެ ފައުންޑަރ ގޯތަމް އަދާނީ އަށް ކޮރަޕްޝަންގެ ތެރެއިން ސަރުކާރުގެ އެކި އެކި ޕްރޮޖެކްޓަށް ދޭ ކަމަށް ރާހުލް ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

އެގޮތުން އަވަށްޓެރި ބަންގްލަދޭޝް އާއި ސްރީލަންކާއަށްވެސް އިންޑިޔާ އިން ކަރަންޓް ވިއްކުމުގެ މަޝްރޫޢުތައް ކޮރަޕްޝަންގެ ތެރެއިން އަދާނީ ގުރޫޕަށް ދީފައިވާ ކަމަށާ، އެފަދަ އެތަކެއް ޕްރޮޖެކްޓް ތަކެއް 2014 ވަނަ އަހަރުގެ ފަހުން މޯދީގެ ސަރުކާރުން އަދާނީ ގުރޫޕަށް ދީފައިވާއިރު، މޯދީގެ ސަރުކާރު އައި ފަހުން އެ ކުންފުނި ބޮޑުތަނުން ކުރިއަރާފައިވަނީވެސް އެފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކަމަށް ރާހުލް ތުހުމަތު ކޮށްފައި ވެއެވެ. 

"މޯދީ ބަންގްލަދޭޝް އަށް ދިޔަ ފުރަތަަމަ ފަހަރު އެގައުމަށް ކަރަންޓް ވިއްކުމަަށް ނިންމުމެއް ނިންމައިފި. އޭގެ ދުވަސްކޮޅެއް ފަހުން، ބަންގްލަދޭޝްގެ ޕަވާ ޑިވެލޮޕްމަންޓް ބޯޑުން އަދާނީ ކުންފުންޏާއިއެކު 25 އަހަރު ދުވަހުގެ ޕްރޮޖެކްޓެއްގައި ސޮއިކޮށްފި. ސްރީލަންކާއަށް ދާއިރަށް ސްރީލަންކާގެ އިލެކްޓްރިކް ސިޓީ ބޯޑުގެ ޗެއާމަންކައިރީ ރާޖަޕަކްސާ ބުނެފި، އެގައުމުގެ ވިންޑް ޕަވާ ޕްރޮޖެކްޓް އަދާނީއަށް ދޭން މޯދީ ބުނެފި އޭ." ރާހުލް ބުނެފައިވެއެވެ. 

މީގެ އިތުރުން ވެސް ރާހުލް ވަނީ، އަދާނީ ގެ ކުންފުންޏަށް ކުރެވިފައިވާ މަކަރާއި ހީލަތުގެ ތުހުމަތު ތަކާއި ގުޅިގެން މޯދީގެ ސަރުކާރުން އޭނާއާއި މެދު އެއްވެސް ފިޔަވަޅެއް ނާޅާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މޯދީއާއި އަދާނީއާއި ދެމެދު ނުހަނު ގާތް ގުޅުމެއް އޮންނައިރު، އެ ގުޅުމާއި ގުޅިގެން ކުރި އެއްވެސް ސުވާލަކަށް، އަދި އަދާނީ ގުރޫޕަށް ކޮރަޕްޝަންގެ ތެރެއިން ޕްރޮޖެކްޓް ދީފައިވާ ކަމުގެ ތުހުމަތު ތަކަށްވެސް އެއްވެސް ޖަވާބެއް މޯދީ ދީފައި ނުވާތީ އެކަމާއި ގުޅިގެން ރާހުލް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. 

ފާއިތުވި ޑިސެމްބަރު މަހުގައި ހޮވާފައިވާ އޭޝިޔާގެ އެންމެ މުއްސަނދި މީހާގެ މަގާމާއި ދުނިޔޭގެ ތިން ވަނައަށް އެންމެ މުއްސަނދި މިހާގެ މަގާމުވެސް ލިބިފައިވާ އަދާނީ އަކީ ނަރެންދުރަ މޯދީއާއި ވެރިކަންކުރާ ބީޖޭޕީއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ބިލިއަނަރެކެވެ. އެގޮތުން ވަރަށް ގިނައިން މޯދީ އާއި އަދާނީ އެކުގައި ފެނިގެން ގޮސްފައިވާއިރު، އިންޑިއާ ގުޖުރާތުގައި ހުންނަ ސަރުކާރުގެ ހަކަތަ ވިއްކާ ކުންފުންޏަކުން ނު އަގުގައި، އަގު ހެޔޮކޮށްގެން އަދާނީއަށް ގޭސް ވިއްކުމުގައި މޯދީގެ އަތެއް ވާކަމުގެ ތުހުމަތު ތަކެއްވެސް 2012 ވަނަ އަހަރު ތެރޭގައި ކުރެވުނެވެ. 

އެއަށްފަހު، ވެސް އެފަދަ ތުހުމަތުތަކެއް ކުރެވިފައިވާއިރު، ނިމުނު ޖަނަވަރީ މަހުގައި އެމެރިކާގެ ރިސާރޗް ފާމެއް ކަމަށްވާ ހިންޑެންބާރގް ރިސާރޗް އިން އަދާނީ ކުންފުނީގެ މަކަރާއި ހީލަތާއި، ތަކެތީގެ އަގުކުރުމުގައި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން އަދާނީގެ ވާހަކަ އަނެއްކާވެސް އިންޑިއާގެ ސިޔާސީ މައިދާނުގެ ހޫނު ބަހުސްތަކުގައި މިވަނީ ހިމެނިފައެވެ. 

އިންޑިއާ އިން އަވަށްޓެރި ގައުމުތަކަށް ކަރަންޓް ވިއްކުމުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބޮޑެތި ޚިޔާނާތް ތަކެއް ވާކަމުގެ ތުހުމަތު ރާހުލް ކޮށްފައިވާއިރު ދިވެހިރާއްޖޭގެ ކަރަންޓު ގްރިޑާއި އިންޑިއާގެ ކަރަންޓު ގުރިޑު ގުޅުވައިލުމާ ބެހޭ ދިރާސާއެއްވެސް އިންޑިއާ އިން ހަދާފައިވާ ކަމަށް އެގައުމުގެ ހަކަތައާ ބެހޭ ވުޒާރާއިން ބުނެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުން އެވާހަކަތައް ދޮގު ކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.