ދިވެހި ފިލްމު ބީވީމާގެ ޕޯސްޓަރެއް/ ފޮޓޯ: ޑާކް ރެއިން އެންޓަރޓެއިންމަންޓު
ލައިފްސްޓައިލް
12 Feb 2023 | 12:30
އަދިވެސް އެއްފަހަރު ދަންނަވާލަން، ބީވީމާ އަކީ ރީމޭކެއް: ޑާކް ރެއިން

ދިވެހި ފިލްމު 'ބީވީމާ' އަކީ ރީމޭކެއް ކަމަށާއި 'ދައުރު' ނޫހުން ފިލްމުގެ އަގު ވައްޓާލަން އާޓިކަލް ލިޔުނީ ޒާތީގޮތުން ޖައްސާލައިގެން ކަމަށް ޑާކް ރެއިން އެންޓަޓައިންމެންޓްއިން ބުނެފިއެވެ.

ޑާކް ރެއިންއިން މިފަދައިން ބުނެފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހު "ދައުރު އޮންލައި"ގައި 'ބީވީމާ' ފިލްމާ ގުޅޭގޮތުން ލިޔެފައިވާ ލިޔުމަކާ ގުޅިގެންނެވެ.

ޑާކް ރެއިން އިން ބުނީ 'ބީވީމާ' ފިލްމުގެ މަސައްކަތް ފެށި ހިސާބުންވެސް މި ފިލްމަކީ ތަމަޅަ ފިލްމު '96' އަސްލަކަށް ބަލައިގެން ތައްޔާރުކުރާ ފިލްމެއްކަން ފިލްމުގެ ކާސްޓުންނަށާ އަދި މި ފިލްމާ ގުޅޭގޮތުން ނޫސްތަކަށް ދީފައިވާ ބަސްދީގަތުންތަކުގައިވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.

"މި ފިލްމު ހެދުމަށް ފިލްމުގެ ޕްރޮޑިއުސަރު ބޭނުންވީވެސް ތަމަޅަ ފިލްމު ބަލާ އެ ފިލްމަށް ހިތުގައި ދެވުނު ލޯތްބެއްގެ ސަބަބުންކަމުގައިވެސް އާންމު ޕްލެޓްފޯމުތަކުގައި ޑައިރެކްޓަރ އަދި ޕްރޮޑިއުސަރުވެސް ވަނީ އެކި ފަހަރު މަތިން ފާހަގަކޮށްފައި. އެހެންކަމުން މިފިލްމަކީ އާންމުންނަށް އޮޅުވާލާ, އޮރިޖިނަލް ޚިޔާލެއްގޮތުގައި ދައްކައިގެން ހަދާފަ އޮތް ކޮޕީއެއްގެ ގޮތުގައި އަހްމަދު ނަދީމްގެ އާޓިކަލްގައި ފާހަގަކޮށްފަ އޮތް އޮތުން މި ކުންފުނިން ކުއްވެރިކުރަން. " ޑާކް ރެއިންގެ ބަޔާނުގައި ވެއެވެ.

ޑާކްރެއިން އިން މިފަދައިން ބުނެފައިވާއިރު، ބީވީމާގެ ޕޯސްޓަރ ނެރުމަށް ބޭއްވި ހަފްލާގައި ވެސް ވަނީ ފިލްމަކީ ރޭމޭކެއް ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ދުވަހު ނޫސްތަކަށް ދީފައިވާ އިންޓަވިއުތަކުގައިވެސް މިފަދައިން ބުނެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެ އިތުރުން ޑާކް ރެއިން އިން ބުނީ، އާޓިކަލް ލިޔުނު އިރު ދޮގު މައުލޫމާތު ހިމަނައިގެން ފިލްމާއި ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުންގެ އަގު ވައްޓާލުމުގެ ނިޔަތުގައި މިފަދަ އާޓިކަލްއެއް ލިޔެފައިއެވަނީ ޒާތީގޮތުން ކުންފުންޏާ ދޭތެރޭ ލިޔުންތެރިޔާ ނަދީމްގެ ހިތުގައި އޮތް ތަޢައްސުބަކުންކަމުގައި ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.

ސަބަބަކީ އަހްމަދު ނަދީމްގެ ވާހަކައެއް ފިލްމަކަށް ހެދުމަށްޓަކައި މީގެ އަހަރުތަކެއް ކުރިން އެ ކުންފުންޏަށް ގެންދިއުމުން އެދުވަސްވަރު އެކުންފުނިން ހަދަން ބޭނުންވާ ޒާތުގެ ވާހަކަޔަކަށް އެ ނުވާވާހަކަ ބުނެ އެކަމަށް އިންކާރު ކުރި ހިސާބުން ނޫސްމަޖައްލާ ތަކުގައި ތަފާތު އެކި ގޮތްގޮތަށް ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އަގު ވައްޓާލުމަށް އަހްމަދު ނަދީމް އެކި ދުވަސްވަރު މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.

"ފިލްމް ކްރިޓިކުން ނުވަތަ ފިލްމުތަކަށް ފާޑުކިޔާ އެ ފިލްމުތަކުގެ މޮޅު ދެރަ ފާހަގަކޮށް ފިލްމުތަކުގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަމާ ރަނގަޅަށް ކޮށްފަ ހުރި ކަންކަން ފާހަގަ ކޮށްދޭ ލިޔުންތެރިންނަކީ މިއަދު ދިވެހި މުޖުތަމަޢުއަށް ކޮންމެހެންވެސް ބޭނުންވާ ބައެއް. ސަބަބަކީ ދިވެހި ފިލްމް އިންޑަސްޓްރީގެ ކުރިމަގު ބިނާވެފައިވަނީ މިފަދަ ބިނާކުރަނިވި ފާޑުކިޔުންތަކުގެ މައްޗަށް ކަމަށް ވާތީ. އެހެން ނަމަވެސް ފިލްމެއްގެ ހަގީގީ ފެންވަރަށް ފާޑުކިއުމުގެ ބަދަލުގައި އެ ފިލްމު ހެދި ފަރާތްތަކާ ޒާތީގޮތުން އޮތް ހިތްހަމަ ނުޖެހުން, ނޫސްވެރިކަމުގެ ބާރު ބޭނުންކޮށްގެން, ހަގީގަތާ މުޅުން ޚިލާފު ވާހަކަ ހިމަނައިގެން, ބޭރުކޮށްލުމަކީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން" ޑާކް ރެއިންއިން ބުންޏެވެ.

އެ ކުންފުނިން ބުނީ ޒިންމާދާރު ނޫސްވެރިކަމަކީ ޒާތީ ގޮތުން އުފެދިފައިވާ ރުޅިވެރިކަން, ނޫސްވެރިކަމާ ތެދު މައުލޫމާތު ހާމަކުރުމުގެ މުގައްދަސް ވަސީލަތް ބޭނުންކޮށްގެން ފުޅާކުރަން މަސައްކަތް ނުކުރުމުގެ މަތީގަ ބިނާވެފައިވާ ކަމެއްކަމުގައި އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ.

ފިލްމު '96' އަކީ ވަރަށް ގިނަ ބަޔަކު ރީމޭކްކޮށްފައިވާ ފިލްމެއްކަން ފާހަގަ ކުރަމުން ޑާކް ރެއިން އިން ބުނީ 'ބީވީމާ' ފިލްމަކީ ދިވެހި މުޖުތަމަޢުއަށް ފައްތައިގެން ތައްޔާރުކޮށްފައިވާ ދިވެހި ރީމޭކެއް ކަމަށެވެ. އެއީ ޑާކް ރެއިން އަދި ލިޔުންތެރިޔާގެ އޮރިޖިނަލް ޚިޔާލެއް ނޫން ކަމަށާއި އެވާހަކަ އެކި ފަހަރު އެކި ޕްލެޓްފޯމްތަކުގައި ވަރަށް ސާފުކޮށް ކިޔާދެވިފައި ވާނެ ކަމަށް ޑާކް ރެއިން އިން ބުންޏެވެ.

ޑާކް ރެއިން އެންޓަޓެއިންމަންޓުން އަބަދުވެސް އެންމެ އިސްކަމެއް ދީ އެންމެ ގަދަރު ކުރާ ބަޔަކީ ފިލްމު ބެލުންތެރިންކަން ފާހަގަ ކުރަމުން އެ ކުންފުނިން އެ ކުންފުނިން އެއްވެސް އިރަކު ބެލުންތެރިންނަކީ ތަންދޮރުނޭނގޭ ބައެއްގެ ގޮތުގައި ދެކިފައެއް ނުވާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ސްޓްރީމިންގ ޕްލެޓްފޯމަކުން ބަލާލެވެން އޮތް ފިލްމެއްގެ ރީމޭކެއް ހަދާ އެއީ އަމިއްލަ ޚިޔާލެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރަން ދުވަހަކުވެސް ވިސްނާފައި ނުވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.