ޕީޕީއެމްގެ ޖޮއިންޓު ސެނެޓު ބައްދަލުވުމުގައި ސަމަދުބެ ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
13 Feb 2023 | 08:22
ޞަމަދު ހުރީ އިމްގްރޭޝަން ބަންދުގައި، މިއަދު ރާއްޖެ ގެންނާނެ: ފޮރިންގ މިނިސްޓްރީ

އާއިލާއާއި އެކު ބޭސްފަރުވާ އަށް އިންޑިޔާއަށް ގޮސް ހުއްޓައި ހިފެހެއްޓި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ހުޅުމާލެ ދާއިރާގެ ރައީސް ޢަބްދުއް ޞަމަދު (ސަމަދުބެ) ހުރީ އިމިގްރޭޝަން ބަންދުގައި ކަމަށާއި، މިއަދު އޭނާ މާލެ ގެންނާނެ ކަމަށް ފޮރިންގ މިނިސްޓްރީ އިން ބުނެފިއެވެ.

މިމަހުގެ 11 ވަނަ ދުވަހު ޞަމަދުބެ ހައްޔަރުކޮށްފައިވަނީ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގެ ތެރެއިންކަމަށް "ވޮއިސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭނާ ހައްޔަރުކުރުމުގައި ހަރަކާތްތެރި ވެފައިވަނީ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންތަކެކެވެ.

ޞަމަދު މިއަދު މާލެ ގެނައުމަށް ހަމަޖެހިފައިވަނީ މާދަމާ 12:10 ގައި އަންނަ AI265 ބޯޓުގައެވެ.

ފޮރިންގ މިނިސްޓްރީ އިން އާއިލާ އަށް މައުލޫމާތު ދީފައިވަ ގޮތުން ޞަމަދުގެ ހާލުރަނގަޅެވެ. އަދި މެންދުރުގެ ކެއުންވެސް އިންޑިޔާގެ އިމިގްރޭޝަން އިން ޞަމަދަށް ފޯރުކޮށްދިން ކަމަށްވެސް އެމިނިސްޓްރީއިން ވިދާޅުވެފައިވާކަމަށް ޞަމަދުގެ އާއިލާއިން "ވޮއިސް" އަށް މައުލޫމާތު ދީފައިވެއެވެ.

ޞަމަދުގެ އިންޑިއާއަށް ދިޔައީ އާއިލާގެ އިތުރު 3 މީހަކާއި އެކު ޑޮކްޓަރަށް ދެއްކުމަށް، މިމަހު 10 ވަނަ ދުވަހުއެވެ. އަދި އޭނާ އިންޑިއާއަށް ދިޔައިރު، އެއާޕޯޓުން އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެއެވެ. 

އެހެން ނަމަވެސް ހޮސްޕިޓަލުގައި ހުއްޓާ އޭނާ ހައްޔަރުކޮށް ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފަ އެވެ. 

އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، ބެންގަލޫރުގައި ހުރި ދިވެއްސަކު 11 ފެބްރުއަރީ 2023ގައި އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، މިމައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަންޖެހޭ ކަންކަން އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރަމުންދާ ކަމަށެވެ. 

ކޮމެންޓް
ހުސޭނުބެ
އިންޑިޔާ އައުޓް މިފަހަރު މިވީ އިންޑިޔާއިން އައުޓަށް! އަދިވެސް ޕީޕީއެމްގެ މަޅީގައި ޖެހޭތި!
13 Feb 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.