ޢަބްދުޞަމަދު/ ޕީޕީއެމްގެ ޖޮއިންޓު ސެނެޓު ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ހަބަރު
13 Feb 2023 | 19:36
ޞަމަދު މާލެ އަތުވެއްޖެ

އިންޑިޔާއަށް ބޭސްފަރުވާއަކަށް ގޮސްހުއްޓައި އެ ގައުމުގެ އިމްގްރޭޝަނުން ހިފެހެއްޓި ޢަބްދުޞަމަދު މިއަދު މާލެ އަތުވެއްޖެއެވެ.

ޞަމަދު އިންޑިޔާއަށް ގޮސްގެން އުޅުނީ ބޭސްފަރުވާއަކަށެވެ.

ރާއްޖެ އައިސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރެ ޗެނަލް13 އަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ މީގެ ތިންދުވަސް ކުރިން އެނާ އާއިލާއާއި އެކު އިންޑީޔާއަށް ދިޔައީ ބޭސްފަރުވާއަކަށް ކަމަށާއި، އިންޑިޔާގެ އިމިގްރޭޝަން އޮފިސަރުން އޭނާ ހިފެހެއްޓީ މަނިޕާލް ހޮސްޕިޓަލުން ކަމަށެވެ.

ޞަމަދު ބުނެފައިވަނީ އިންޑިޔާ އިމިގްރޭޝަނުން އޭނާގެ އާއިލާއަށް ދޮގުހެދި ކަމަށާއި، ހިފެހެއްޓި ސަބަބެއް ކަމަށް އާއިލާ އަށް އެންގީ އިނގިލީގެ ނިޝާނުގެ މައްސަލައެއް އުޅުން ކަމަށެވެ. އިމިގްރޭޝަން އޮފީހަށް ގެންގޮސް 18 ގަޑިއިރުވަންދެން އެއްވެސް ސުވާލެއް ކުރުމެއްނެތި އެތަނުގައި ބެހެއްޓީކަމަށެވެ.

ވީ ގޮތަކާއި މެދު ސުވާލު ކުރުމުން ކުށްވެރި ވެފައި ހުރިކަމަށް ބުނިކަމަށާއި، އިންޑިޔާ ތެރޭގައި އުޅުން ޞަމަދު އަށް މަނާ ކަމަށް ބުނިކަމަށާއި، އިންޑިޔާ އެއް އެރުން މަނާވާނެ ކަމަށާއި ދެން އިންޑިޔާއަށް އެތެރެވެއްޖެނަމަ ޖަލަށް ލާނެ ކަމަށް ބުނި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އިތުރު ވާހަކަ ދެއްކުމަށް ފުރުޞަތު ނުދީ އޭނާގެ ފޯނު އަތުލިކަމަށާއި އާއިލާއަށް ގުޅައިދޭން އެދުމުން އެކަމަށް އިޖާބައެއް ދީފައިނުވާކަމަށް ޞަމަދު ބުނެފައިވެއެވެ.

ޞަމަދު ބުނީ އޭނާ ބަހައްޓާފައިވަނީ އެއަރޕޯޓުގެ ފިނިގަދަ ކޮޓަރިއެއް ގައި ކަމަށާއި ފިނިން ސަލާމަތްވުމަށް ރަޖައެއްވެސް ދީފައި ނުވާކަމަށެވެ. އަދި ކާއެއްޗެއްވެސް ދީފައިވަނީ ކާއެއްޗަކަށް އެދުނުތާ ވަރަށް ގިނަ އިރުވީފަހުން ކަމަށެވެ. ފިނިން ސަލާމަތްވުމަށް ބޭނުންކުރީ އެތަނުގައި އޭރުހުރި ސައުތްއެފްރިކާ މީހާ ދިއުމުން އޭނާ ބޭނުންކުރި ރަޖާކަމަށެވެ.

އަދި އޭނާ އަކީ ހިތުގެ ބަލި، ލޭ މައްޗަށް ދިއުން އަދި ކޮލެސްޓްރޯލް ވެސް ހުންނަ މީހެއް ކަމަށާއި، ބޭސް ނުލިބި މިދިޔައީ ހަތަރު ދުވަސްކަމަށެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބުނު ބަދަލު އިންޑިޔާ ސަރުކާރުން ހޯދަން ބޭނުންވާކަމަށެވެ.

ޞަމަދު ބުނީ އޭނާގެ ހަމައެކަނި ކުށަކީ ރައީސް ޔާމިނަށް ތާއީދު ކުރުން ކަމަށެވެ. ޞަމަދު އަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ހުޅުމާލެ ދާއިރާގެ ރައީސް އެވެ. 

ކޮމެންޓް
ދިވެހި މުސްކުޅިން
އަދިވެސް އެހެން އުޅެންޏާ ހިފަހަށްޓާނެ ކުރީގެ ކަތީބު ޒަމާން ތިއޮތީވާ ފެނިފާ
13 Feb 2023
ޟަރީ
މިކަލޭގެ އުފާކުރަންވީނު މާލެއާދެވުނީމަވެސް އަދިވެސް އިންޑިޔާ ކިބައިން ބަދަލު ހިފަނީޔޯ މޮޔަވެބަލަ ލަދު ނެތީމަ ރަތް މަހައްނުގޮވާ ވަރައް އެތިވަރު ގޮވާފަ މިދިޔައީވެސް ި
14 Feb 2023
ފަރިހި
ކުށަކީ ރައީސް ޔާމިނަށް ތާއީދު ކުރުމޯ😂😂 އައުޓް ގޮވުމޯ ބުނަން ނުކެރުނީ ކީއްވެބާ؟
14 Feb 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.