އިންޑިއާ ގައި ހުރި ބީބީސީގެ އޮފީސްތައް ބަލައި ފާސްކުރުމަށް އިންކަމް ޓެކްސް އޮތޯރިޓީން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ--
ހަބަރު
17 Feb 2023 | 07:31
މޯދީގެ އަނިޔާވެރިކަމާއި ބެހޭ ޑޮކިއުމެންޓްރީ ހެދި ބީބީސީގެ އޮފީސްތައް ބަލައި ފާސްކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަނިޔާވެރި ކަމާއި ގުޅޭ ޑޮކިއުމެންޓްރީ ހެދި ބީބީސީގެ އޮފީސްތައް ބަލައި ފާސްކޮށްފިއެވެ. 

އިންޑިޔާގެ މުމްބައި އަދި ވެރިރަށް ނިޔު ދިއްލީގައި ހުންނަ ބީބީސީގެ އޮފީސްތައް ސަރުކާރުގެ އެންގުމަށް ބަލައި ފާސްކޮށްފައިވާ ކަން ބީބީސީގެ ރަސްމީ ޓުވިޓާ އެކައުންޓުން ވަނީ ބުނެފައެވެ. 

އެގޮތުން އިންޑިއާގެ އިންކަމް ޓެކްސް އިދާރާއިން އެ އޮފީސްތައް ބަލައި ފާސްކުރީ، އެގައުމުގައި ބީބީސީ ހިންގުމުގައި ޓެކްސްއަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށެވެ. 

މިމަހު 14 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ރެއިޑްގެ ސަބަބުން ބީބީސީގެ އެ އޮފީސްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ރޭގަނޑު އެއްކޮށް އޮފީހުގައި ހޭދަކުރަން ޖެހުނު ކަމަށް ބީބީސީން ބުނެއެވެ. 

"އަހަރެމެންގެ ސްޓާފުންނަށް ހިތްވަރުދެމުން މިދަނީ. އެތަނުން އެއްބަޔަކަށް އިންކަމް ޓެކްސް އޮތޯރިޓީގެ ފަރާތުން ވަރަށް ދިގު ސުވާލުތައް ކުރެވުނު. އަނެއް ބަޔަކު މުޅި ރޭ އެއްކޮަށް އޮފީހުގައި ހޭދަކުރަންޖެހުނު. އަހަރެމެންނަށް އެންމެ މުހިންމު ކަމަކީ މުވައްޒަފުންގެ ދުޅަހެޔޮކަން." ބީބީސީން ބުނެފައިވެއެވެ. 

އަދި އެ ތަހުގީގު ތެރެއިން އެ އޮފީސްތަކުގެ ބައެއް މުވައްޒަފުންގެ ފޯނު ހޯދައި، އެމީހުންގެ ކޮމްޕިއުޓަރު ވެސް ޗެކްކޮށްފައިވާ ކަމަށް މުވައްޒަފުން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ނޫހުން ބުނީ، ބީބީސީ އަކީ މިނިވަން މީޑިއާ އެއް ކަމަށާ، އަދި އެފަދަ ރެއިޑް ތަކުގެ ސަބަބުން އެމީހުން ޚަބަރު ފެތުރުމަށް ކުރާ މަސައްކަތައް އެއްވެސް ބުރޫއެއް ނާރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، އެއްވެސް ބިރެއް ނެތި، ވަކި ފަރާތަކަށް ބުރަވުމެއް ނުވާ، މައުލޫމާތު ތައް ފޯރުކޮށްދިނުމުގައި ސާބިތުވެ ތިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

އިންޑިއާ ސަރުކާރުން އަންގައިގެން އެ ގައުމުގެ އިންކަމް ޓެކްސް އޮތޯރިޓީން ބީބީސީގެ އޮފީސްތައް ރެއިޑް ކޮށްފައި މިވަނީ، އެ ނޫހުން މޯދީގެ އަނިޔާވެރި ކަމާއި ގުޅޭގޮތުން ހެދި ޑޮކިޔުމެންޓްރީ އިންޑިޔާ ގައި ދެއްކުން މަނާކުރިތާ މަހެއްހާ ދުވަސް ވެފައި ވަނިކޮށެވެ.   

'އިންޑިއާ: ދަ މޯދީ ކުއެޝަން' ގެ ނަން ދީފައިވާ އެ ޑޮކިއުމެންޓްރީއަކީ 2002 ވަނަ އަހަރު ގުޖުރާތުގައި ހިނގި ހަމަނުޖެހުންތަކުގައި، އޭރު ޗީފް މިނިސްޓަރުގެ ގޮތުގައި ހުރި މޯދީ އަމަލުކުރި ގޮތާ މެދު ސުވާލު އުފައްދައި ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއެކެވެ.

މުސްލިމުންނަށް އަމާޒުކޮށް ހަމަލާދިން އެ ހާދިސާގައި 2،000އަށް ވުރެ ގިނަ މީހުން ނިޔާވިއިރު، އެ ހަމަނުޖެހުންތައް ހުއްޓުވަން ފިޔަވަޅު ނާޅަން ފުލުހުންނަށް މޯދީ އެންގި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް މޯދީ ގެންދަނީ އެ ހަމަނުޖެހުންތަކުގައި އިހުމާލެއްވާ ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގު ކުރަމުންނެވެ.

ބީބީސީން މިދިޔަ މަހުގެ 17ގައި އެ ޑޮކިއުމެންޓްރީ ދެއްކީ ހަމައެކަނި 'ބީބީސީ ޓޫ' ޗެނަލްއިންނާއި އިނގިރޭސިވިލާތުގައި ބީބީސީ އައިޕްލޭޔާއިން އެކަންޏެވެ. އެއާއެކު އިންޑިއާ ސަރުކާރުން ވަނީ އެ އެޕިސޯޑު ޔޫޓިއުބާއި ޓްވިޓާއިން ނުދެއްކުމަށް އަމުރުކޮށްފައެވެ. އެއީ އެ ގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ގަވާއިދުގެ ދަށުން، ސަރުކާރަށް ލިބިފައިވާ ކުއްލި ބާރުތައް ބޭނުންކޮށްގެންނެވެ.

އެ އަމުރާ އެއްގޮތަށް ޔޫޓިއުބާއި ޓްވިޓާއިން އަމަލު ކުރި ނަމަވެސް، އެ ޑޮކިއުމެންޓްރީގެ ފުރަތަމަ އެޕިސޯޑު ވަނީ ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ފެތުރިފައެވެ. އެގޮތުން އިންޑިއާގައި ޓެލެގްރާމްއާއި ވަޓްސްއެޕް މެދުވެރިކޮށް އެ އެޕިސޯޑު ގިނަ ބަޔަކު ހިއްސާކޮށް، ބަލާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.