ޕޯސްޓަރ- އެމްޑަބްލިއުއެސްސީ
ވިޔަފާރި
27 Feb 2023 | 13:52
އެމްޑަބްލިއުއެސްސީން ލެބް އިކުއިޕްމެންޓް ކެލެބްރޭޝަންގެ ޚިދުމަތް ތަޢާރަފްކޮށްފި

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ ލެބޯޓަރީއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އައު ޚިދުމަތެއްގެ ގޮތުގައި ލެބް އިކުއިޕްމެންޓް ކެލެބްރޭޝަންގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ. 

ލެބް އިކުޕްމެންޓް ކެލިބްރޭޝަންއަކީ ފެނުގެ ތަޙުލީލްތައް ކުރުމަށް ބޭނުން ކުރާ ޢާލާތްތަކުގައި އެއްވެސް މައްސަލައެއް ހުރިތޯ ދެނެގަތުމަށް ހަދާ ޓެސްޓްތަކެކެވެ. ލެބް އިކުއިޕްމެންޓް ކެލިބްރޭޓް ޓެސްޓްތައް ހެދުމުގެ ބޭނުމަކީ ފެން ޓެސްޓް ކުރުމަށް ބޭނުންކުރާ އިކުއިޕްމެންޓްތައް މެދުވެރިކޮށް ނަގާ ރިޕޯޓް ތަކުގެ ޔަގީންކަން ކަށަވަރުކުރުމަށާއި، ފެނުގެ ޓެސްޓްތައް ކުރުމުގައި އިކުޕްމެންޓްތައް ހުންނަންވާނެ ކަމަށް ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައިވާ މިންގަޑުތަކާއި އެއްގޮތަށް އިކުޕްމެންޓްތައް ބެހެއްޓުމެވެ. 

އެމްޑަބްލިއުއެސްސީން ބުނީ، މިޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ދިވެހި މުއައްޒަފުން މެދުވެރިކޮށް ކަމަށާ، މިޚިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން، މި ޙިދުމަތް ފޯރުކޮށްދޭ އިކުއިޕްމެންޓްތަކާއި އަދި ޕެރެމީޓަރސްތަކުގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ގޮތަށް ޕެކޭޖް ތައްޔާރުކުރެވޭނެ ކަމަށެވެ. 

އަދި އެމް.ޑަބްލިޔު.އެސް.ސީއަށް އިކުއިޕްމެންޓް ގެނައުމުން ނުވަތަ ކަސްޓަމަރު އެދިލެއްވުމުން އިކުއިޕްމެންޓް ހުރިތަނައް އެމް.ޑަބްލިޔު.އެސް.ސީގެ މުއައްޒަފުން ގޮސްގެންވެސް މި ޚިދުމަތް ލިބޭނެކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ. 

އެމް.ޑަބްލިޔު.އެސް.ސީއިން ކެލިބްރޭޝަން ސަރވިސް ފޯރުކޮށްދޭ އިކުއިޕްމެންޓްތައް

- ޕީ.އެޗް މީޓަރ އިން ޕީ.އެޗް ޓެސްޓް 

- ކޮންޑަކްޓިވިޓީ މީޓަރ އިން ކޮންޑަކްޓިވިޓީ ޓެސްޓް 

- ޓަރބިޑިޓީ މީޓަރ އިން ޓަރބިޑިޓީ ޓެސްޓް 

- އޮޓޯކްްލޭވް އިން ޓެމްޕަރޭޗަރ ޓެސްޓް  

- އިންކިޔުބޭޓަރ އިން ޓެމްޕަރޭޗަރ ޓެސްޓް 

- ރެފްރިޖަރޭޓަރ އިން ޓެމްޕަރޭޗަރ ޓެސްޓް 

- ޕިޕެޓެ އިން ޕިޕެޓެ ޓެސްޓް

- ޑިޖިޓަލް/ އިލެކްޓްރޯނިކް ބެލެންސް އިން ޑިޖިޓަލް/ އިލެކްޓްރޯނިކް ބެލެންސް ޓެސްޓް

އެމްޑަބްލިއުއެސްސީން ބުނީ، ލެބް އިކުއިޕްމަންޓް ކަލިބްރޭޝަން ޙިދުމަތަށް އެދިލެއްވުމަށް، އެމް.ޑަބްލިޔު.އެސް.ސީގެ ޝޯރޫމަށް އަށް ޒިޔާރަތްކުރައްވައިގެން ނުވަތަ އެމް.ޑަބްލިޔު.އެސް.ސީގެ ޝޯރޫމްގެ ހޮޓަލްއިން 7960022 އަށް ގުޅުއްވައިގެން ކުރިޔަށްގެންދެވޭނެ ކަމަށެވެ. ނުވަތަ ބޭނުންވާ މައުލޫމާތު [email protected] އަށް ހިއްސާކުރަށްވައިގެން ކުރިޔަށްގެންދެވޭނެ ކަމަށް ބުނެފައިވެއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ކުންފުނިން ފޯރުކޮށްދޭ ޙިދުމަތްތަށް އިތުރަށް ހަރުދަނާކޮށް ކަސްޓަމަރުން ބޭނުންވާ ޙިދުމަތްތަށް ފަސޭހަކަމާއެކު ފޯރުުކޮށްދިީ ކުރިއެރުވުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. 

އެމްޑަބްލިއުއެސްސީ އަކީ މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތަކަށް ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ މައި ކުންފުންޏެވެ. އެ ކުންފުނީގެ ލެބޯޓަރީއަކީ ބައިނަލްއަޤުވަމީ ފެންވަރުގެ ސެޓްފިކެޓް ކަމަށްވާ އައި.އެސް.އޯ 17025:2005 ސެޓިފިކެޓް ލިބިފައިވާ ތަނެކެވެ.

މި ލެބޯޓަރީއިން ދޭ ޚިދުމަތްތަކުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓުތައް ހެދުމާއި، ލެބް އިކުއިޕްމެންޓް ބޭނުންކުރާނެ ގޮތާއި އަދި ސާމްޕަލް ނަގާނެ ގޮތުގެ ޓްރޭނިންގް އަދި ކޮންސަލްޓޭޝަން ދިނުންވެސް ހިމެނެއެވެ. މި ލެބޯޓަރީއިން އަންނަނީ ރިސޯޓްތަކުންނާއި އެހެނިހެން މުއައްސަސާތަކުން ބޭނުންވެގެން ހުށައަޅާ ފެނުގެ އެނަލިސްޓިކަލް ޓެސްޓްތަށް، ޒަމާނީ ވަސީލައްތަކާއި ތަޖުރިބާކާރު މުއައްޒަފުންގެ އެހީގައި ފުރިހަމަކަމާއެކު ނިންމައި ފޯރުކޮށްދެމުންނެވެ. 

 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.