ޕާކިންގ ޒޯން މައްސަލައިގައި ސަރުކާރު މުވައްޒަފުން އިހްތިޖާޖު ކުރުން-- ފޮޓޯ/ މިދުއަމް ޓުވިޓާ
ހަބަރު
28 Feb 2023 | 17:56
ޕާކިންގ ޒޯން ބަންދުކުރީ ޕްލޭނިންގ މިނިސްޓްރީގެ އެދުމުގެ މަތިން: ފުލުހުން

ވެލާނާގެއާއި އިންވެގެން އޮންނަ ސައިކަލް ޕާކިންގ ޒޯން މިވަގުތު ބަންދުކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގެ އެދުމުގެ މަތިން އެމިނިސްޓްރީގެ ބޭނުމަށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ވެލާނާގެއާއި، ދަރުމަވަންތަ ސްކޫލާ އިންވެގެން ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ހުރި ބިމުގައި ފެންސު ޖަހައި ބަންދުކޮށްފައި ހުރުމުގެ ސަބަބުން ވެލާނާގޭ އޮފީސް ޢިމާރާތުގައި ހިމެނޭ ބައެއް އޮފީސްތަކުގެ މުވައްޒަފުން ވަނީ ޕާކް ކުރާނެ ތަނެއްނެތްކަމަށް ބުނެ އެ ސަރަހައްދުގައި މިއަދު އިޙްތިޖާޖުކޮށްފައެވެ.

އެ މައްސަލާގައި ބައެއް ނޫސްތަކުން، އެ ސަރަހައްދު ބަންދު ކޮށްފައިވަނީ މާލެ ސިޓީ ކައުންސިލުން ކަމަށް ބުނެ ޚަބަރު ފަތުރާފައިވާއިރު، ފުލުހުން ކުރި  ޓުވީޓެއްގައި ބުނީ އެ ސަރަހައްދު ބަންދު ކުރީ ޕްލޭނިންގ މިނިސްޓްރީގެ ބޭނުމަކަށް ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ، ވެލާނާގޭ ކައިރި ޕާރކިން ޒޯން ބަންދުކޮށް، އެ ސަރައްހަދުގައި ހުރި އުޅަނދުތައް ޓޯ ކޮށްފައިވަނީ ކައުންސިލްގެ އެންގުމަކަށް ނޫން ކަމަށެވެ.

އަދި އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ކުރަމުން ދަނީ ވެސް މާލެ ސިޓީ ކައުންސިލަށް އެންގުމަކާއި ނުލާ ކަމަށާ، އެއީ ކައުންސިލްގެ އެއްވެސް ކަހަލަ ހުއްދައެއް ލިބިގެން ކުރާ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. 

"އަދި މި މަސައްކަތަކީ ކައުންސިލް އިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ބުނެ ފަތުރަމުން ދަނީ ތެދު މައޫލޫމާތު ނޫން ކަމުގައިވެސް ދަންނަވަމެވެ." މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. 

ޕާކިންގ ޒޯން ބަންދުކުރި މައްސަލާގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ވެލާނާގޭ ކައިރީގައި އޮތް ޕާކިން ޒޯން ބަންދުކުރީ އެސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގުމަށްކަމަށެވެ. 

އަކްރަމް ވިދާޅުވީ، އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގޭނީ ކްރެއިން އެ ސަރަހައްދަށް ވައްދައިގެންކަމަށެވެ. އެހެންކަމުން އެ ސިސްޓަމް އެތަނުން ނަގާތީ އެ ސަރަހައްދު ބަންދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސިސްޓަމް ނެގުމަށްފަހު، ވީހާވެސް އަވަހަށް ޕާކިންއަށް އެތަން ހުޅުވާލާނެކަމަށާއި، އެއިރުން ގިނަ އުޅަނދުތަކަށް ޕާކް ކުރެވޭނެކަން އަކްރަމް ފާހަގަކުރެއްވިއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.