ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
01 Mar 2023 | 10:06
އަޅުގަނޑަކީ އިސްލާމީ ޢިލްމުގެ ޝެއިޚެއް ނޫން؛ އެކަމަކު އިސްލާމީ ތާރީޚް އެނގޭ: ރައީސް ނަޝީދު

އެމަނިކުފާނަކީ އިސްލާމީ ޢިލްމުގެ ޝެއިޚެއް ނޫން ނަމަވެސް އިސްލާމީ ތާރީޚާއި ސަގާފަތް އެނގިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)، ޒަކާތު ފަންޑުން ޚަރަދު ކުރަނީ ކޮންކޮން ބަޔަކަށްތޯ އަހައި ލިޔުމުން ޖަވާބު ހޯއްދެވުމަށް އިސްލާމިކު މިނިސްޓަރު ޑރ އަހުމަދު ޒާހިރު ޢަލީ އާއި ކުރެއްވި ސުވާލުގެ ޖަވާބު އިއްވާފައެވެ.  

އެ ސުވާލުގެ ޖަވާބުގައި ޑރ. ޒާހިރުވަނީ އެ ފަންޑުން ޚަރަދު ކުރަނީ އިސްލާމީ ޝަރީއަތުގައި ޒަކާތުގެ ބެހެނިވެރިންގެ ގޮތުގައި ބަޔާން ކޮށްފައިވާ ފަރާތްތަކަށް ކަމަށް ވިދާޅުވެފައެވެ. 

ޒާހިރުގެ ޖަވާބު އިއްވައި ނިމުމުން ބޮންޑޭ ވަނީ ނިޒާމީ ނުކުތާ ނަންގަވައި، ގުރުޢާނުގައި ޒަކާތުގެ ބެހެނިވެރިންގެ ގޮތުގައި އަންގަވާފައިވާ ފަރާތްތައް އޭނާ އަށްވެސް އެނގިލައްވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، އިސްލާމިކު މިނިސްޓްރީން އެ ޒަކާތު ފަންޑުން ބަހަނީ އެގޮތަށް ނޫން ކަމަށް ވިދާޅުވެ ބޮންޑޭ ވަނީ ހައްޖުގެ އަޅުކަމަށް ގެންދާ މީހުންގެ އަތުން ފައިސާ ނަގާވަރަށްވުރެ ގިނަ ފައިސާ އެމީހުންނަށް ޚަރަދުކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. 

ބޮންޑޭގެ ވާހަކަ އާއި ގުޅިގެން ރިޔާސަތުގައި އިންނަވައި ނަޝީދު ވަނީ ޒަކާތުގެ ފައިސާ ބަހަންޖެހެނީ 8 ބަޔަކަށް ކަން ފާހަގަ ކުރައްވައި އެ ފަރާތްތަކަކީ ކޮބައިކަން ހާމަކޮށްދެއްވާފައެވެ. އަދި އޭގެ ތެރޭގައި ދަތުރުވެރިން ހިމެނޭކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. 

"ޒަކާތް މި ބަހަންޖެހެނީ 8 ބަޔަކަށް. އެ ބައިގެ ތެރެއިން 5 ބަޔަކީ މީހުން. އިންޑިވިޖުއަލް އިން. ދެން ހުރީ ޖަމާތް ޖަމާއަތަށް. އޭގެ ތެރޭގައި އިނަ ހިމެނޭ އިބްނު ސަބީލުން. ދަތުރު ފަތުރު ކުރުމާއި، އެއްތަނުން އަނެއް ތަނަށް ގޮސް އުޅުމާ, އެކަންކަމަށް އެހީވުމަށް." ރައީސް ނަޝީދު ވިދާޅުވި އެވެ. 

މިއާއެކު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ދީނީ ޢިލްމުވެރިއެއް ނޫން ނަމަވެސް ދީނީ ތަރީޚް ދިރާސާ ކުރައްވާ ކަމަށާ، ތަރީޚް ގެ ތެރެއިންވެސް ހައްޖުގެ އަޅުކަމަށްދާ މީހުންނަށް އެހީވުމުގެ ސަގާފަތް އޮންނަކަން އެނގޭ ކަމަށެވެ. 

"ދެން އަޅުގަނޑު، އިސްލާމީ ޢިލްމުގެ ޝެއިޚެއް ނޫން. އެހެންނަމަވެސް، ސަގާފަތާއި ދީނީ ތަރީޚާއި އެކަންކަން އަޅުގަނޑުމެން އެންމެނަށްވެސް ސާފުވޭ. ހައްޖު ދަތުރުގައި އެހީތެރިވެ ދިނުމަކީ އިސްލާމީ ސަގާފަތުގެ ތެރޭގައި އޮންނަ ކަމެއް. އަދި ދަތުރު ވެރިންނަށް ޚާއްސަކޮށް އެހީތެރިވެ ދިނުމަކީ އިސްލާމީ ސަގާފަތުގައި އޮންނަ ކަމެއް. ދެން އެ ސަގާފަތް ދިރުވުމުގައި އޭގެ ތެރެއަށް އިތުރު އިޖުރާއަތުތައް ބައެއްފަހަރު ވަދެގެންދޭ. ތިޔަ ވިދާޅުވާހެން ވިޔަފާރީގެ މުޢާމަލާތްތައް މީގެ ތެރޭގައި އަބަދުވެސް ކުރެވިގެންދޭ. ކަރަވަން ތަކުގެ ތެރޭގައި ވިޔަފާރި ކުރެވެމުންދޭ. އެހެންވީމާ ވިޔަފާރި އަބަދުވެސް އޭގެ ތެރެއަށް ވަދެގެންދޭ." ރައީސް ނަޝީދު ވިދާޅުވި އެވެ 

ކޮމެންޓް
ބިސް ޓްރޭޑަރޒް
އެކައްޗެއްވެސް އިނގޭ މީހެއްނޫން ތީކީ...ރޯނުއެދުރެއް.
01 Mar 2023
ގުޅޭ ލިޔުންތައް
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ