ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަަޙްމަދު ޝިޔާމް-- ފޮޓޯ/ މަޖިލިސް
ހަބަރު
01 Mar 2023 | 10:56
ކޮޗިން ފެރީވެސް ދިޔައީ ޗޮކުން؛ މިއީ އަނދުން އަޅުވާ ސަރުކާރު: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އައްޑޫ އިންޓަނޭޝަނަލް ޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަލުއިކުރުމަށް ގޮވައިލާ ޤަރާރަކަށް ބަހުސްކުރައްވަމުން ޝިޔާމް ވިދާޅުވީ ދެކުނާއި އުތުރުގެ ވިޔަފާރި ކުރިއެރުވުމަށް އައްޑޫއާއި ކުޅުދުއްފުށީ ވިޔަފާރި ބަނދަރުތައް ތަރައްޤީކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާ، އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވައުދެއްވެސް ކަމަށެވެ. 

ކަން މިހެން ހުރި ނަމަވެސް އައްޑޫ ސީ ޕޯޓާއި، އެއާޕޯޓުގެ ތަރައްޤީއަށްވެސް އެއްވެސް މަސައްކަތެއް މި ސަރުކާރުން ނުކުރާ ކަމަށާ އަދި ކުޅުދުއްފުށީ ސީ ޕޯޓު އަދި ކުޅުދުއްފުށީގައި އެޅިފައި އޮތް އެއާޕޯޓު އަޕްގްރޭޑުކުރަން ނުވަތަ ތަރައްޤީ ކުރަން ވެސް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

މިއާއެކު ޝިޔާމް ވަނީ ކުޅުދުއްފުށީގެ ޕޯޓަކީ ނަމުގައި އިންޓަނޭޝަނަލް ޕޯޓެއް ނަމަވެސް އެ ޕޯޓުގައި ބާޖު ހޭންޑުލްކުރަން ބޭނުންވާ ވަސީލަތްތަކާއި މުހިއްމު ކުރެއިނެއް ނެތްކަމަން ފާހަގަކުރައްވާފައެވެ.

އަދި ރާއްޖޭގެ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބޭނެ ގޮތް ހެދުމުގެ ވާހަކަ މީގެ ކުރިން މަޖިލީހުގައި ދެއްކެވި ބޮޑުތިލަދުންމަތީގެ މެންބަރުން މިހާރު އެ ވާހަކަ ދައްކަވަން ލަދު ގަންނަވާ ކަމަށާ، އެ މެންބަރުންނަށްވެސް ސަރުކާރުން އޭރު އެޅުވީ އަނދުނެއް ކަމަށް މިހާރު އެނގިފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ބޮޑުތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ވެސް މިއަދު އެވާހަކަތައް ދައްކަވަން ތަންކޮޅެއް ލަދުވެތިކޮށް އެ ތިއްބެވީ. އެއީ އެކަންތައްތައް ނުވާތީވެ. އެ އަނދުން އެޅުނީ އޭރުގައި، އެޅުނީމާ އެ ބޭފުޅުންނަށް އެވާހަކަތައް ދެކެވުނީ. އެހެންނަމަވެސް މިއަދު އެ ވާހަކަތައް ދައްކަވާކަށް ބޭނުންފުޅެއް ނުވޭ. މިއަދު ތެދުވެ ވަޑައިގެން ދެއްކެވިއްޔާ ދައްކަވާނީ އޭރުގައި އެޅުވީ އެ އަނދުން ކަމަށް." 

"މި ސަރުކާރަކީ އަނދުން އަޅުވާ ސަރުކާރެއް. ކޮބައިތޯ އެ ކޮޗިން ފެރީ. ޗޮކުންނެއް ނޫންތޯ އެ ދިޔައީ އިއްޒަތްތެރި ރައީސް. އޮރެންޖު، އެއް ރުފިޔާ ބަޔަށް އޮރެންޖު ލިބޭނެ ކަމަށް މަކުނުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ފަދަ ބޭބޭފުޅުން މިތަނުގައި ވިދާޅުވި. ރޯނު ވަށައިގެން ރޯނު ބޭރު ކުރާނެ ވާހަކައާއި، ބޮލި ހިލައިގެން ބޮލި އެ ފެރީގައި ބޭރު ކުރާނެ ވާހަކަ، ރައްޔިތުންގެ ޖީބު ތަނަވަސް ވާނެ ވާހަކަ، އޭރުގައި ދެކެވުނު. މާފް ކުރައްވާތި. މިއަދު އެބޭފުޅުން އެކަމު އެ ތިއްބެވީ އެވާހަކަތައް ތަކުރާރު ކުރައްވާކަށް ނޫން." ޝިޔާމް ވިދާޅުވި އެވެ.  

މިއާއެކު ޝިޔާމް ވަނީ އައްޑޫ ޕޯޓާއި އައްޑޫ އެއާޕޯޓްގެ ތަރައްގީއަށް ކުރަން ހުރި ހުރިހާ ކަމެއް އަވަސް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. 

ކޮޗިން ފެރީގެ ޚިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ ކަމަށް އެ ޚިދުމަތް ފަށަމުން ސަރުކާރުން ބުންޏެވެ. އަދި އެއާއެކު ރާއްޖޭގެ ވިޔަފާރިތައް އިތުރަށް ފުޅާވެ، އަތޮޅު ތެރޭގައިވެސް ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަންވެސް ފާހަގަކުރިއެވެ. އެހެންނަމަވެސް، އެކަން އެގޮތަށް ނުވެ އެ ފެރީގެ ކަންކަންވެސް "ޗޮކުން" ގޮސްފައިވާ ކަމަށް ބުނެ އިދިކޮޅުން މީގެ ކުރިންވެސް ވަނީ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒު ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ