ރާއްޖެއިން ފަލަސްތީނަށް ކަނޑައަޅުއްވާފައިވާ ސަފީރު ފަލަސްޠީނުގެ ރައީސަށް ފަތްކޮޅު އަރުވަނީ: ފޮޓޯ/ ފޮރިން މިނިސްޓްރީ
ހަބަރު
02 Mar 2023 | 09:13
ރާއްޖެއިން ފަލަސްތީނަށް ކަނޑައަޅުއްވާފައިވާ ސަފީރު އެގައުމުގެ ރައީސަށް ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ފަލަސްޠީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، އަލްފާޟިލް މުޙައްމަދު ޚަލީލް، ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސްއަށް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އުރުދުންގައި ހުންނަ ފަލަސްޠީނުގެ އެމްބަސީގައެވެ.

ރަސްމިއްޔާތަށް ފަހު ބޭއްވުނު ބައްދަލުވުމުގައި ފަލަސްޠީނުގެ ރައީސް، މަޙުމޫދު ޢައްބާސް ވަނީ ސަފީރު ޚަލީލަށް މަރުޙަބާ ދަންނަވައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި އެމަނިކުފާނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ. ސަފީރު ޚަލީލުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ރައީސް ޢައްބާސްއަށާއި ފަލަސްޠީނުގެ ރައްޔިތުންނަށާއި ސަރުކާރަށް ވެދުމާއި މުބާރިކުބާދީ އަރިސްކޮށް ޝުކުރު އަދާކުރައްވާފައެވެ.

ސަފީރު ޚަލީލުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފަލަސްޠީނުގެ އަޚުންނާއި އުޚްތުންގެ ދިފާޢުގައި ރައީސް ޞާލިޙުގެ ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ފަލަސްޠީނުގެ ޙާލަތަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައިވެސް ޚާއްޞަ ކަމެއް ދެވިފައިވާ ޙާލަތެއްކަން ފާހަގަކުރައްވައި، 1967ގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ އަދި އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ އަމިއްލަ ސިޔާދަތެއް ލިބިފައިވާ މިނިވަން ފަލަސްޠީނެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުން ތާއީދުކުރަމުންދާ ސިޔާސަތު ސަފީރު ޚަލީލު ތަކުރާރުކުރެއްވިއެވެ.

ރައީސް ޢައްބާސްގެ ވާހަކަފުޅުގައި ރައީސް އިބްރާހިމް މުޙަންމަދު ޞާލިޙު، ފަލަސްތީނާއި ދޭތެރޭ ބަހައްޓަވާ ޚާއްޞަ ގާތްގުޅުން ފާހަގަ ކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވައި، ރައީސް ޞާލިޙަށް އެމަނިކުފާނުގެ ފަރާތްޕުޅުން އިޙްތިރާމާއި އެކު ވެދުން އަރިސްކޮށްދެއްވުމަށް ސަފީރަށް އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި، މިނިވަން ފަލަސްޠީނެއް ޤާއިމުކުރުމަށް ފަލަސްޠީނު ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރުން އަބަދުވެސް ކުރަމުންދާ ތާއީދަށާއި މެދުއިރުމަތީ ސަރަޙައްދުގެ އަމަންއަމާންކަން ޤާއިމުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ރައީސް ޢައްބާސް ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެއިން ވަކާލާތު ކުރަމުންގެންދާކަމަށްޓަކައި ތަޢްރީފުކުރައްވާ، ދިވެހިސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ސަފީރު މުޙައްމަދު ޚަލީލު، ރައީސް މަޙުމޫދު ޢައްބާސްއަށް ފަތްކޮޅުއެރުވުމާއެކު މިއީ ދިވެހިރާއްޖޭގެ ފަރާތުން ސަފީރަކު ފަލަސްޠީނުގެ ރައީސަކަށް ފަތްކޮޅު އެރުވި ފުރަތަމަ ފަހަރެވެ. ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 4 އޭޕްރިލް 1982 ގައެވެ.

މިބައްދަލުވުމުގައި ސަފީރު ޚަލީލްއާއެކު ރިޔާދުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީ މަރިޔަމް ޝަފްވާ ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.