އުރީދޫ ސްޓެމް ފެއަރ 2023 އޯވަރަލް ބެސްޓް ސްކޫލްގެ މަގާމަށް އައި އިސްކަންދަރު ސްކޫލަށް އިނާމް އަރުވަނީ: ފޮޓޯ/ އުރީދޫ
ވިޔަފާރި
05 Mar 2023 | 11:26
އުރީދޫ ސްޓެމް ފެއާރ: އޯވަރަލް ބެސްޓް ސްކޫލް އަށް ހޮވުނު އިސްކަންދަރަށް 50,000 ރުފިޔާ

ޙަޤީޤީ ދުނިޔޭގެ މައްސަލަތަކަށް ދަރިވަރުންގެ އީޖާދީ ހައްލުތައް ދައްކާލާ، އިސްކަންދަރު ސްކޫލުން 50،000 ރުފިޔާ އާއި އެކު އޯވަރޯލް ބެސްޓް ސްކޫލް އެވޯޑް ހާސިލްކޮށް އުރީދޫ ސްޓެމް ފެއަރ 2023 ނިންމާލައިފިއެވެ. 

އިއްޒުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ހަރަކާތުގެ ސަބަބުން ޒުވާން ވިސްނުންތެރިންނަށް އެމީހުންގެ ސްއަންސް، ޓެކްނޮލޮޖީ، އިންޖެނިއަރިންގް އަދި މެތެމެޓިކްސް މާއްދާތަކުން އީޖާދީ ހައްލުތައް ދައްކާލައި ވާދަކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

އިއްޔެ ބޭއްވުނު އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޖޫނިއަރ، ސީނިއަރ އަދި ނޮވިސް ކެޓަގަރީން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވުނު ފަރާތްތަކަށް ރިބަން ދީފައިވެއެވެ.

އޯވަރަލް ބެސްޓް ސްކޫލްގެ ގޮތުގައު އިސްކަންދަރު ސްކޫލަށް 50،000 ރުފިޔާ ލިބުނުއިރު، ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ދާ ޕްރޮޖެކްޓް ހުށަހަޅާފައިވާ ސްކޫލަށް 10،000 ރުފިޔާ ވަނީ ދީފަ އެވެ. މީގެ އިތުރުން ހުރިހާ ބައިވެރިންނަށް ވެސް ވަނީ ބައިވެރިވުމުގެ ސެޓްފިކެޓް ދީފަ އެވެ.

ނޮވިސް ކެޓަގަރީން (ގްރޭޑް 4 އިން 6 އަށް) އެއްވަނަ ހޯދީ އިސްކަންދަރު ސްކޫލުގެ އިކޯ ފާމް ޕްރޮޖެކްޓްއެވެ. އަދި ދެވަނަ އަށް އިސްކަންދަރު ސްކޫލުގެ ވޭސްޓް ޓު އިލެކްޓްރިސިޓީ ޕްރޮޖެކްޓް އާއި މަޖީދިއްޔާ ސްކޫލުގެ ބައިސްކަލް އޮޕަރޭޓް ކުރާ ވެންޑިން މެޝިން ޕްރޮޖެކްޓާއި ޣިޔާސުއްދީން ސްކޫލުގެ ސޯލާ ޑީހައިޑްރޭޓް ޕްރޮޖެކްޓް ހޮވުނު އިރު ތިން ވަނައަށް އިސްކަންދަރު ސްކޫލުގެ އެއާ ޕޮލިއުޝަން ޑިޓެކްޓާ ޕްރޮޖެކްޓް ވަނީ ހޮވިފައެވެ.

ޖޫނިއަރ ކެޓަގަރީ (ގްރޭޑް 7 އިން 8 އަށް) އެއްވަނަ ޣިޔާސުއްދީން ސްކޫލްގެ ވޭވް ބެރިއާ ޕްރޮޖެކްޓް، ދެވަނަ އަށް އިސްކަންދަރު ސްކޫލްގެ އޮއި ވާށި ޕްރޮޖެކްޓް އަދި ތިން ވަނައަށް ކަލާފާނު ސްކޫލުގެ މޮޑަނައިޒްޑް ޒެބްރާ ކްރޮސިން ޕްރޮޖެކްޓާއި ޣިޔާސުއްދީން ސްކޫލުގެ ވޭވް އެނާޖީ ބޯއީ ޕްރޮޖެކްޓް ހިމެނެ އެވެ.

ސީނިއާ ކެޓަގަރީ (ގްރޭޑް 9 އިން 10 އަށް) އެއްވަނަ އިސްކަންދަރު ސްކޫލުގެ އެކުއަޕޮނިކްސް ޕްރޮޖެކްޓަށް ލިބުނުއިރު، ދެވަނަ އަށް އިސްކަންދަރު ސްކޫލުގެ މަންފާ ޕްރޮޖެކްޓް އަދި ކަލާފާނު ސްކޫލުގެ އިލެކްޓްރިސިޓީ ބައި ފްލައިވީލް ޕްރޮޖެކްޓް ހޮވުނު އިރު ތިން ވަނަ ހޯދީ މަޖީދިއްޔާ ސްކޫލުގެ ކޮކޮނަޓް ސައިންސް ޕްރޮޖެކްޓެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އުރީދޫ ސްޓެމް ފެއަރ އާއި އެކު ޒުވާން ދަރިވަރުން އެކުދިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ސްޓެމް ފެއާގެ ސަބަބުން އަޅުގަނޑުމެންގެ މުސްތަގުބަލުގެ ލީޑަރުންގެ ގާބިލްކަން ފެނިގެންގޮސްފި. އަދި މި ގޮތުގައި މި ދާއިރާ ތަކުން ދަރިވަރުން ބިނާ ކުރެވިއްޖެނަމަ ރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް އެހެން ގައުމުތަކާ އެއހަމައެއްގައި ކުރިއަރެމުގެ ފުރުސަތު ބޮޑުވެގެންދާނެ." ނިޔާޒު ވިދާޅުވި އެވެ. 

އުރީދޫ ސްޓެމް ފެއާގައި ދައްކާލި ހުނަރު ތަކަށް ސާބަސް ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މި ހުނަރުވެރި ޒުވާން ވިސްނުންތަކުން ހުށަހަޅައިދީފައިވާ ޕްރޮޖެކްޓްތަކުން ދައްކުވައިދެނީ ސްޓެމް ގެ ދާއިރާއިން މުސްތަގުބަލުގެ ލީޑަރުން ކަމަށެވެ. އަދި ޒުވާނުންގެ މެދުގައި ސްޓެމް ތަޢުލީމު ކުރިއަރުވައި، މިދާއިރާތަކުން އެކުދިންގެ ހުނަރާއި ޝައުޤުވެރިކަން ކުރިއެރުވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ އަރުއްވާފައެވެ.

މީގެ އިތުރުން ވިމެން އިން ޓެކްގެ ވައިސް ޕްރެޒިޑެންޓް މަރިޔަމް ޝިމާނަތު ވަނީ ސްޓެމް ފެއާގެ ބައިވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި ކޮންމެ ކުއްޖަކަށްވެސް ސްޓެމް ޙަރަކާތްތައް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބެންޖެހޭނެ، އެއީ އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަންކޮށްދޭ ކަމެއް. އުރީދޫ ސްޓެމް ފެއަރއަކީ މިދާއިރާގެ ކުރިމަގަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ފެއަރއެއްކަން ޔަޤީން. ސްޓެމްގައި ބައިވެރިވުމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަރ އަދި މުޖުތަމަޢުގެ މެދުގައި އެއްބާރުލުން ދިނުން މުހިންމު." ޝިމާނަތް ވިދާޅުވިއެވެ. 

ސްޓެމް ދާއިރާތަކުން މާހިރުން ބިނާކުރުމަށް އަންނަން އޮތް ޖީލަށް ހިތްވަރު ދިނުމުގައި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން އަރުވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.