ޕޯސްޓަރ-އެޗްޑީސީ
ވިޔަފާރި
06 Mar 2023 | 09:52
ހިޔާ ސަރަހައްދުން 136 ވަޒީފާގެ ފުރުޞަތު އެޗް.ޑީ.ސީގެ އޯޕަން ޑޭގައި ހުޅުވާލަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދު ވަމުންދާ ހިޔާ ސަރަހައްދުން 136 ވަޒީފާގެ ފުރުޞަތު އެޗް.ޑީ.ސީގެ އޯޕަން ޑޭގައި ހުޅުވާލަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. 

އެޗްޑީސީން ބުނީ، ހިޔާ ސަރަހައްދު ސާފުކޮށް ބޭއްވުމަށާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ސެކިއުރިޓީ އެސިސްޓަންޓުން އަދި ސަޕޯޓް ސްޓާފުން ނެގުމަށް ނިއްމާ އެ ފުރުޞަތު 10 މާރިޗު 2023 ވަނަ ދުވަހު ބާއްވާ އޯޕަން ޑޭގައި ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން އަންނަ ހުކުރު ދުވަހު 16:00 – 18:00 އަދި 20:00 – 22:00 އަށް އޯޕަން ޑޭ އަދި މި މަޤާމުތަކުގެ ވޯކް އިން އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފޭސް 2 ކާމިލް ދީދީ ސްކޫލުގައި ކަމަށްވެސް ބުނެފައިވެއެވެ.

މިފަހަރު ހުޅުވާލެވޭ ފުރުޞަތުތަކުގައި 88 ސެކިއުރިޓީ އެސިސްޓަންޓުންނާއި 48 ސަޕޯޓް ސްޓާފް ނުގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދެ މަގާމަށް ވެސް މުސާރާއިގެ ގޮތުގައި 10،500 ރުފިޔާ ވަނީ ކަނޑައެޅިފައެވެ.

އޯޕަން ޑޭގައި ބައިވެރިވެ ވަޒީފާގެ ފުރުޞަތައް އެދި ހުށަހަޅަން ބޭނުންވާ ކޮންމެ ބޭފުޅަކުވެސް އައި.ޑީ ކާޑްގެ ކޮޕީ، ތަޢުލީމީ ސެޓިފިކެޓް އަދި ސީވީ ހިފައިގެން ވަޑައިގެން އިންޓަވިއުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.