މެމްބަރު ޝިފާއު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
06 Mar 2023 | 14:48
ގައުމުގައި އޮތް އެންމެ ބޮޑު ހުސްކަމަކީ އިދިކޮޅެއް ނެތުން: ޝިފާއު

ރިޔާސީ އިންތިޚާބު ބޯމަތިވިއިރު ގައުމުގައި އޮތް އެންމެ ބޮޑު ހުސްކަމަކީ ވާދަވެރި ސިޔާސީ ޕާޓީއެއް ނުވަތަ އިދިކޮޅު ޕާޓީއެއް ނެތުންކަމަށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ. 

ޝިފާއު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން ޝިފާއު ވިދާޅުވީ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު އޮތް އެންމެ ބޮޑު މައްސަލައަކީ ސަރުކާރާއި ވާދަކުރާނެ އިދިކޮޅެއް ނެތުން ކަމަށެވެ. އަދި ވާދަކުރުމަށް ސަރުކާރު ޖަވާބުދާރީ ކުރުވުމޭ ކީ ނަމަވެސް އެކަން ކުރާނެ ޒިންމާދާރު އޮޕޮސިޝަނެއް (ވާދަވެރި ސިޔާސީ ޕާޓީއެއް) މިއަދު ނެތްކަމަށް އޭނާ ވިދާޅުވި އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ވާހަކަ ޕީޕީއެމުން ދައްކަމުންދާއިރު، ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. 

"މިއަދުގެ އެންމެ ބޮޑުއެއް ހަގީގަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްވެސް ރައްޔިތުންގެ ވާހަކަދައްކާ ރަނގަޅު ގޮތެއް ހޯދުމަށްވެސް ގައުމުގައި އޮތް އެންމެ ބޮޑު ހުސްކަމަކީ އިދިކޮޅެއް ނެތުން. އެންމެ ކުޑަމިނުން އިދިކޮޅު ޕާޓީއަށް ރިޔާސީ ކެންޑިޑޭޓެއްވެސް ދެއްކޭވަރު ވާނެހެނެއް އަޅުގަނޑަކަށް ހިޔެއް ނުވޭ، ރިޔާސީ ކެންޑިޑޭޓެއް ދެއްކޭނެވަރު ނެތި، އެހެން ނަމަވެސް ވެރިކަންވެސް ބޭނުންވެގެން މި އުޅެނީ"

އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު

ޝިފާއު މިފަދައިން ވިދާޅުވެފައިވާއިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުކަމަށް އެ ޕާޓީން ވަނީ އިއުލާނުކޮށްފަ އެވެ. 

ރައީސް ޔާމީން މިވަގުތު ވ އާރަށުގެ މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، ހައިކޯޓުން މިނިވަންވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުންވެސް އެ ޔަގީންކަން ދެއްވައެވެ. 

އެކަން އެހެން އޮތް ނަމަވެސް މެމްބަރު ޝިފާއު ވިދާޅުވީ އިދިކޮޅަށް އަދި ރިޔާސީ ކެންޑިޑޭޓެއް ނުދެއްކޭ ކަމަށެވެ. އަދި ވިދާޅުވީ ރއީސް ޞާލިހުގެ ފަސް އަހަރު ރައްޔިތުން ދެކެނީ ރާއްޖެއަށް އައި އެންމެ އަމާން، އެންމެ ހިތްހަމަޖެހޭ ފަސް އަހަރުގެ ގޮތުގައި ކަމަށް ވުމުން، ރައްޔިތުން ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.