އެއް އަހަރުގެ ކުއްޖާގެ ސިކުނޑީގެ ސީޓީ ސްކޭން އަކާއި އެ ކުއްޖާގެ ސިކުނޑީގެ ތެރެއިން ނެގި ޓްވިންސް--
ހަބަރު
06 Mar 2023 | 20:11
އެއް މާބަނޑު ކޮއްކޮ އޮތީ ސިކުނޑީގެ ތެރޭގައި؛ މިއީ ކިހިނެއް ވީ ކަމެއް؟

އެއް އަހަރުގެ އަންހެން ކުއްޖެއްގެ ސިކުނޑީގެ ތެރެއިން އެ ކުއްޖާއާއި އެއް މާބަނޑު ޓްވިންސް ނަގައިފިއެވެ. 

ސިކުނޑީގެ ތެރެއިން ޓްވިން ފެނުނު މި އެއް އަހަރުގެ އަންހެން ކުއްޖާ އަކީ، އުފެދުމުގައި ވެސް ހެލިފެލިވެ އުޅުން ދަތި، ނުކުޅެދުން ތެރިކަން ހުރި، ބޯ، އާދަޔާ ޚިލާފަށް ބޮޑު ކުއްޖެކެވެ. 

އެ ކުއްޖާގެ ސިކުނޑީގެ ތެރޭގައި އުފެދުނު "ޓްވިން"އާއި އޭނާ އަކީ އެ ކުދިންގެ މަންމަގެ ބަނޑުގައި އޮތް އިރު އެއް ޕްލެސެންޓާއެއް ނުވަތަ މަސްގަނޑެއް ހިއްސާ ކުރި ދެކުދިން ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އެހެންނަމަވެސް، ދެކުދިންވެސް ބޮޑު ވެފައިވަނީ ވަކި "އިނާ ސެކް" ނުވަތަ ކުދިން އަށަގަންނަ ދުލީގެ ތެރޭގައި ކަމަށް ޑޮކްޓަރުން ފާހަގަކޮށްފައިވެއެވެ.  

ބޮޑު އޮޕަރޭޝަނަކަށްފަހު އެއް އަހަރުގެ އަންހެން ކުއްޖާގެ ސިކުނޑީގެ ތެރެއިން އޭނާގެ ޓްވިން ނަގާފައިވާއިރު، އޭގެ މޫނު އޮތީ އިންސާނެއްގެ މޫނު އުފެދެން ފަށާއިރު އޮންނަ ގޮތަށެވެ. އަދި ދެއަތްވެސް އޮތެވެ. ސިކުނޑިން ނެގި އެ މަސްގަނޑުގެ ދިގުމިނުގައި ގާތްގަނޑަކަށް 10 ސެންޓިމީޓަރު ހުއްޓެވެ.   

މިފަދައިން އެއް ކުއްޖެއްގެ ހަށިގަނޑުގެ ތެރޭގައި އަނެއް ކުއްޖާ އުފެދުމަށް ސައިންސް ވެރިން ކިޔައި އުޅެނީ "ފީޓަސް-އިން-ފީޓު" އެވެ. މިއީ ވަރަށް ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. 

މިފަދައިން އާއްމުކޮށް ދިމާވަނީ، ރަހިމުގެ ތެރޭގައި ކުއްޖާ ހެދިބޮޑުވުމުގެ މަރުހަލާ ތަކުގެ ތެރެއިން އުފެދޭ "ބްލާސްޓޯސިސްޓް" ވަކި ނުވެ އެ ޓުވިންސްގެ ބްލާސްޓޯސިސްޓް ގެ ތެރޭގައި އަނެއް ޓްވިންސްގެ ބްލާސްޓޯސިސްޓް އުފެދެން ފެށުމުންނެވެ. ބްލާސްޓޯސިސްޓް އަކީ ރަހިމުގެ ތެރޭގައި ކުއްޖާ އުފެދެމުން އަންނައިރު އުފެދޭ ސެލް ބޯޅައެކެވެ. އެ ބޯޅައިގެ ތެރޭގައި، ސެލްތައް ވަރަށް ބާރަށް އުފެދެއެވެ. އިންސާނާ އުފެދެނީވެސް އޭގެ ތެރޭގައި އުފެދެމުންދާ ސެލްތައް ތަރައްގީވަމުން އައިސްއެވެ. 

ޓްވިންސް ގެ ބްލާސްޓޯސިސްޓް ވަކި ނުވެ އެކަތީގެ ތެރޭގައި އަނެއް ބްލާސްޓޯސިސްޓް ހެދިބޮޑުވުމުގެ ސަބަބުން އެތެރޭގައި އޮންނަ ބްލާސްޓޯސިސްޓް އޭތި ހެދިބޮޑުވުމަށް ބޭނުންވާ މާއްދާތައް ހޯދަނީ އޭގެ ހޮސްޓް ނުވަތަ އަނެއް ބްލާސްޓޯސިސްޓް ގެ ޒަރީޢާއިންނެވެ. އެގޮތުގެ މަތިން ދެ ޓްވިންސް ހެދިބޮޑުވާއިރު، ބައެއްފަހަރު އެތެރޭގައި އޮންނަ "ކުއްޖާ" އުފެދެނީ އަނެއް ކުއްޖާގެ ސިކުނޑީގައި ނުވަތަ ހިތުގައި ނުވަތަ ބަނޑުގައި ނޫނީ އެހެން ގުނަވަނެއްގައެވެ. 

އަދި އެގޮތުން އުފެދޭ ކުދިން ދިރިހުރުމުގެ ޗާންސެއް ނޯވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.