ފުލުހަކު ޓޭޒަރ ގަން ހިފައިގެން: ފޮޓޯ/ އަހުމަދު އަޒާން
ހަބަރު
10 Mar 2023 | 16:02
‏ޓޭޒަރ ގަން ބޭނުންކުރުން ހުއްޓާލަން އެންޖީއޯ ތަކުން ގޮވާލައިފި

ކުށްކުރުން ހުއްޓުވުމަށް ފުލުހުން ބޭނުންކުރަން ފަށާފައިވާ ޓޭޒަރ ގަން ބޭނުންކުރުން ހުއްޓާލުމަށް ގިނަ އަމިއްލަ ޖަމްއިއްޔާތަކަކުން ގޮވާލައިފިއެވެ.

ފުުލުހުން ޓޭޒަރ ގަން ބޭނުން ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. 

އެހެން ނަމަވެސް، ޓޭޒަރ ބޭނުންކުރަން ނިންމި ނިންމުމުގައި ދެފުށްފެންނަ ގޮތެއް ނެތް ކަމަށް ބުނެ، އެ ނިންމުން ބަދަލު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ގޮވާލައި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް)، ހޭންޑްސް ޓުގެދާ، މެންޓަލް ހެލްތު ސަޕޯޓް ގްރޫޕް (އެމްއެޗްއެސްޖީ)، ރައިސް އަޕް މޯލްޑިވްސް، އަދި ސޭވް މޯލްޑިވްސްއިން ވަނީ ބަޔާނެއް ނެރެފަ އެވެ. 

އެ ބަޔާނުގައި ބުނީ ޓޭޒަރ ބޭނުންކުރުމުން 'ޝޮކް' ލިބޭ ފަރާތަށް ނުރައްކާތެރި ގެއްލުން ލިބި ބައެއް ފަހަރު މަރާ ހަމައަށް ދާކަން 2016 ވަނަ އަހަރު އިނގިރޭސިވިލާތުގެ ސައިންޓިފިކް އެޑްވައިޒަރީ ކޮމިޓީ އޮން މެޑިކަލް އިމްޕްލިކޭޝަންސް އޮފް ލެސް ލީތަލް ވެޕަންސް އިން ބުނެފައިވާ ކަމަށެވެ. އަދި އެފަދައިން ޝޮކް ލިބޭ ފަރާތްތަކުގެ ހިތް ހުއްޓޭ ހާލަތްތައް ވެސް ކުރިމަތިވެފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ފުލުހުންގެ ނާގާބިލުކަމާއި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން މީގެ ކުރިން ވެސް ރާއްޖޭގައި އެތައް ބަޔަކަށް ޖިސްމާނީ އަދި ނަފުސާނީ ގެއްލުން ލިބިފައިވާކަން  ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ޓޭޒަރ ގަން ސަބަބުން މީހުންނަށް ދިގުމުއްދަތަކަށް ދެމިގެންދާފަދަ ބޮޑެތި ގެއްލުންތައް މީހުންނަށް ލިބިގެންދާނެ ކަމަށާ، ޚާއްސަކޮށް ނަފްސާނީ، އަދި ޖިސްމާނީ ގޮތުން ނުކުޅެދުން ތެރިކަން ހުންނަ މީހުންނަށް މީގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ. 

މިއާއެކު އެ ބަޔާނުގައި މައިގަނޑު 4 ކަމަކަށް ގޮވާލާފައެވެ. އެއީ؛

1) ވަގުތުން ވަގުތައް ފުލުހުން ޓޭޒަރ ބޭނުންކުރުން ހުއްޓާލުން

2) ފުލުހުން ޓޭޒަރ ބޭނުންކުރަން ނިންމުމުގައި ބެލި ކަންކަން ހާމަކުރުން

3) ޓޭޒަރގެ ނާޖާއިޒު ބޭނުން ނުހިފޭނެކަން ކަށަވަރު ކުރުމަށް އެޅިފައިވާ ފިޔަވަޅުތައް ހާމަކުރުން

4) ފުލުހުން ޒިންމާދާރުކުރުމަށް ދީފައިވާ ޕަބްލިކް ފަންޑުތަކުގެ ރަނގަޅު ބޭނުންކޮށް ފުލުހުން ޕްރޮފެޝަނަލް ކުރުވުން

ކޮމެންޓް
ހަސަން
ފުލުހުންގެ ނަމުގަ ހިންގާ ގޭންގަކުން ކޮއްފާނެ ކޮންމެފަދަ ކަމެއްވެސް
10 Mar 2023
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.