އިދިކޮޅުގެ އިހްތިޖާޖު ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
14 Mar 2023 | 14:02
މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާ މައްސަލަ ބެލުމަށް ގޮވާލައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާ މައްސަލަ ބެލުމަށް ޓްރާންޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ. 

ޓްރާސްޕޭރެންސީ މޯލްޑިވްސް އިން މިފަދައިން ގޮވާލާފައިވަނީ އެ ޖަމިއްޔާއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައެވެ. 

ޓްރާސްޕޭރެންސީ މޯލްޑިވްސް އިން ބުނީ، ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމާއި ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން ކޮންމެ ރެއަކު ސިލްސިލާކޮށް ކުރިއަށް ގެންދާ ސުލްހަވެރި އިހްތިޖާޖު ގެ ތެރެއިން އިހްތިޖާޖުގެ ބައިވެރިންނާއި، އިހްތިޖާޖު ކަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ނޫސްވެރިންނަށް އަމާޒުކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރަމުންދާ ކަމަށާ، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. 

އިދިކޮޅުން ރޭގައި ކުރިއަށް ގެންދިޔަ ސުލްވެރި އިހްތިޖާޖު ގެ ވީޑިއޯތަކުންވެސް، އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަން ހާމަވެގެންދާކަމަށާ، އަދި ސުލްހަވެރިކަމާއިއެކު އިހްތިޖާޖު ކުރުމުގެ ހައްގު ނިގުޅައިގަނެ ރޭވެސް 12 މީހުން ހައްޔަރު ކޮށްފައިވާކަން ޓްރާސްޕޭރެންސީން ވަނީ ފާހަގަކޮށްފަ އެވެ. 

"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ސުލްހަވެރި އިހްތިޖާޖަކީ އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ދެކަންތައް" ޓްރާންސްޕޭރަންސީން ބުނެފައިވެއެވެ. 

މީގެ އިތުރުން ޓްރާސްޕޭރެންސީން ބުނީ، ސުލްހަވެރިކަމާއި އެކު ކުރަމުންދާ އިހްތިޖާޖު ތައް، ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމަކީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއިވެސް ޚިލާފް ކަމެއް ކަމަށެވެ. 

އެހެންކަމުން، ފުލުހުންގެ މި ޢަމަލުތައް ތަހުގީގުކޮށް، ޖިނާޢީ އިޖްރާއަތުގެ ގާނޫނުގެ ދަށުން، އެ މުވައްސަސާގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޓްރާސްޕޭރެންސީން ވަނީ، ދިވެހިރާއްޖޭގެ ހިޔުމަންރައިޓްސް ކޮމިޝަނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ގޮވާލާފައެވެ. 

"ދިވެހި ފުލުހުންގެ މުވައްސަސާ އާއި، އެ މުވައްސަސާގެ މުވައްޒަފުންނާއި ގުޅޭ ފުރިހަމަ ތަހުގީގެއް ވީއެންމެ އަވަހަށް ކުރަންޖެހޭ" ޕީޖީ އޮފީހާއި، ހިޔުމަންރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ޓެގްކޮށް ޓްރާސްޕޭރެންސީން ކޮށްފައިވާ ޓުވީޓުގައި ބުނެފައި ވެއެވެ. 

މިއާއެކު ޓްރާންޕޭރެންސީން ވަނީ މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފައިވާ އެންމެހައި ފަރާތްތައް ވަގުތުން ވަގުތަށް ދޫކޮށްލައި، މުޒާހަރާ އާއި ގުޅިގެން ބަންދުކޮށްފައިވާ ނޫސްވެރިން މިނިވަން ކޮށް، އަމާން ކަމާއި އެކު މުޒާހަރާ ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ގޮވާލާފައެވެ. 

މީގެ އިތުރުން، ސުލްހަވެރި އިހްތިޖާޖެއް ކުރުމަށް ހުރަސްއެޅޭ ގޮތަށް، ބައިނަލްއަގުވާމީ އިންސާނީ ހައްގުތައް ހިމާޔާތްކުރާ ގާނޫނަށް ފުށުއަރާގޮތަށް ރާއްޖޭގައި ހެދިފައިވާ ގަވާއިދުތަށް އިތުރަށް ދިރާސާ ކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން މަސައްކަތް ކުރުމަށް ވެސް ޓްރާސްޕޭރެންސީން ވަނީ ގޮވާލާފައެވެ. އޭގެތެރެއިން، އިހްތިޖާޖު ކުރުމުގެ ކުރިން ހުއްދަ ހޯދަންޖެހޭ ގޮތަށް އޮންނަ އޮތުން އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.